ފަލަސްތީނާ އެކު ދިވެހީން ނަމުގައި މިއަދު ހަވީރު ހުޅުމާލޭގައި ބޭއްވި އުޅަނދުބުރުގެ ތެރެއިން:
ސަން ވީޑިއޯ - ނާއިލް ހަފީޒް
ތަފުސީލު - https://sun.mv/192910
ސައިކަލުތަކެއްގައި ރޯކޮށްލާފައި:
ރޯކޮށްލި ކަމަށް ތުހުމަތުކުރެވޭ މީހާ ދެނެގަނެވުން ނަމަވެސް އަދި ހައްޔަރު ނުކުރެވޭ ކަމަށް ފުލުހުން ބުނި. މި ހާދިސާގައި ތިން ސައިކަލެއް ވަނީ ބޭނުންނުކުރެވޭ ވަރަށް އަނދާފައި.
ސަން ވީޑިއޯ - މާހިލް އާތިފް
އިތުރު ތަފުސީލު - https://sun.mv/192807
އިޒްރޭލުން ފަލަސްތީނަށް ދެމުންދާ ހަމަލާތަކާ ގުޅިގެން އިޒްރޭލުގެ މީހުންނަށް ރާއްޖެ ނާދެވޭގޮތަށް އެ ގައުމުގެ ޕާސްޕޯޓު މަނާކުރަން މިއަދު އޮތް ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ނިންމައިފި
ތަފުސީލު: https://sun.mv/192738
ސިޑްސް ކޮންފަރެންސްގެ ހަވާސާގައި ރައީސް އިއްޔެ ވަނީ ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލްގެ އިތުރުން އިނގިރޭސިވިލާތުގެ މިނިސްޓަރު އޮފް ސްޓޭޓް ފޯ ފޮރިން އެންޑް ކޮމަންވެލްތާއި ޓޮންގާގެ ބޮޑުވަޒީރާ ބައްދަލުކުރައްވައިފަ
ތަފުސީލް: https://sun.mv/192573
ރާއްޖެ ޑިޖިޓަލް އިގުތިސާދަކަށް ބަދަލުކުރުމަށް ކުރަމުންދާ މަސައްކަތުގައި، ބައިނަލްއަގުވާމީ އެއްބާރުލުމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު އެދިވަޑައިގެންފި
ތަފުސީލް: https://sun.mv/192552
އިރާދަކުރެއްވިއްޔާ، މަޖިލިސް ތެރެއިން ކޮށްދޭން ޖެހޭ ކަމެއް ސަރުކާރުން ބޭނުންވާ ސްޕީޑެއްގައި ނުގެންދެވިފަކާއެއް ދެން ނޯންނާނެ. އަޅުގަނޑުމެން އެކަން ޔަގީންކުރާނަން - ވިހިވަނަ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް
އިތުރު މައުލޫމާތު: https://sun.mv/192536
ރިޔާސަތާ ހަވާލުވެވަޑައިގެން އަބްދުއްރަހީމް: ''ތަފާތު ހިޔާލަށް ފުރުސަތު އޮންނާނެ''
އިތުރު ތަފްސީލް: https://sun.mv/192542
ޣައްޒާއިން ސަލާމަތްވެގެން ރާއްޖެއަށް އައި، އިސްލާމީ ޔުނިވާސިޓީގެ ޕްރޮފެސަރު ޑރ. ހަސަން އަލް ކުރްދީގެ އާއިލާއިން، އެ ގައުމުގައި އެ މީހުން ތަހައްމަލުކުރި ބިރުވެރިކަން ހިއްސާކޮށް، ރާއްޖެއިން ފޯރުކޮށްދިން އެހީއަށް ޝުކުރު އަދާކުރުން
ތަފުސީލް: https://sun.mv/192455
އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އަށް ގާނޫނީ މިނިވަންކަން ދިނުމުގެ ވިސްނުމެއް ސަރުކާރުން ނުގެންގުޅޭ ކަމަށް އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގު އިބްރާހީމް މިއަދު ވިދާޅުވެއްޖެ
ތަފުސީލު: https://sun.mv/192341
ސަރުކާރުގެ ހިންގުމުގެ ކަންކަން ރަނގަޅުކުރަން ނުވަތަ ކަންކަން ފަސޭހަކުރަން ގެންނަންޖެހޭ ބަދަލުތައް މަގާމުތަކަށް އަބަދު ވެސް ގެންނަމުންދާނެ ކަމަށް ސަރުކާރުން މިއަދު ބުނެފި
ތަފުސީލު: sun.mv/192338
ސަން ސިޔާމް ގުރޫޕުގެ އަހަރީ ދުވަހުގެ މުނާސަބަތުގައި މި އަހަރު ވެސް ކުރިއަށްގެންދާ ލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާމްގެ ތެރެއިން، ސަން ސިޔާމް ހެޑް އޮފީސް މުވައްޒަފުންގެ ލޭ ހަދިޔާ ކުރުމުގެ ހަރަކާތް މިއަދު ފަށައިފި
ތަފުސީލް: https://sun.mv/192252
ހުޅުމާލޭގައި އިމާރާތެއްގެ ފެންސް ބޯވާރެޔާއި ވަޔާއެކު ވެއްޓި ބޮޑު ނުރައްކަލަކަށް!
އިތުރު ތަފްސީލް: https://sun.mv/192091
ރާއްޖޭގައި އޯގަން ޓްރާންސްޕްލާންޓުގެ ޚިދުމަތް ދިނުމަށްޓަކައި، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް އެ ކަމާ ގުޅޭ ބިލެއް ތައްޔާރުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ހެލްތު މިނިސްޓަރު ޑރ. ޢަބްދުﷲ ޚަލީލް މިއަދު ވިދާޅުވެއްޖެ.
ތަފުސީލު - https://sun.mv/192049
ގައިންގަޔަށް ނާރާ ބަލިތައް ރާއްޖޭގައި އާދަޔާ ޚިލާފަށް އިތުރުވެފައިވާތީ، ދިރާސާތަކެއް ކޮށްދިނުމަށް ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)ގެ އެހީތެރިކަމަށް އެދިފައިވާ ކަމަށް ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް މިއަދު ވިދާޅުވި
ތަފްސީލް: https://sun.mv/192044
ރާއްޖެއިން އަނބުރާ ފޮނުވާލީ އިންޑިއާގެ 76 ސިފައިން ކަމަށާއި އެ މީހުންގެ ބަދަލުގައި، އެ އަދަދަށް މަދަނީން މިހާރު ގެނެސްފައިވާ ކަމަށް ސަރުކާރުން ބުނޭ. ެ މީހުން އަނބުރާ ދާން އެއްބަސްވެފައިވަނީ 2026ގައި ކަމަށް ފޮރިން މިނިސްޓަރު ވިދާޅުވި
ތަފުސީލް: https://sun.mv/191771
ބޯންމެރޯ ހެދުމަށް ސަރުކާރުން ރާއްޖޭން ބޭރަށް ފޮނުވި ފަސް ކުދީންގެ ތެރެއިން ދެ ކުއްޖެއްގެ އޮޕަރޭޝަން ކާމިޔާބުކަމާއެކު ނިމިފައިވާ ކަމަށް ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް މިރޭ ވިދާޅުވި
ތަފްސީލް: https://sun.mv/191721
ސަލްމާން މިސްކިތުގެ މެއިންޓެނެންސް މަސައްކަތްތައް ނުކޮށް ހުރުމުން ގެއްލުންތައް ވެފައިވާ ކަމަށާއި މަރާމާތަށް ހަ މިލިއަން ރުފިޔާ ބޭނުންވާ ކަމަށް އިސްލާމީ ކަންކަމާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް ޢަލީ ސައީދު ވިދާޅުވި
ތަފްސީލް: https://sun.mv/191714
މި ސަރުކާރުން މިސްކިތްތައް މަރާމާތު ކުރަން 19 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވަނީ ވިދާޅުވެފައި
ތަފްސީލް: https://sun.mv/191713
ތަކުރާރުކޮށް މެންބަރުން ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ހާޒިރުވާން އެދުމުން ވެސް، މަޖިލީހުގެ ޖަލްސާ ފަށަން ބޭނުންވާ ގާނޫނީ އަދަދަށް މެންބަރުން ހާޒިރުނުވުމުން އެންމެ ފަހުން މިއަދުގެ ޖަލްސާ ނިންމާލައިފި.
އިތުރު ތަފުސީލު - https://sun.mv/191698
ކުނިބުނިން ފުރައި، ގޮންޑުކޮށްފައި އޮތް މާލޭ އިންޑަސްޓްރިއަލް ވިލެޖު މުޅިން ސާފުކުރުމަށް ފަހު ދެން ބޭނުންކުރާނީ، މާލޭގެ ޕާކިން މައްސަލައާއި ތޮއްޖެހުމުގެ މައްސަލަ ހައްލުކުރަން ކަމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެ
ތަފުސީލު: sun.mv/191697