Ekaavees mv

Ekaavees mv Together we can

އުފަން ދަރިއަކުނެތް އުމުރުން ދުވަސްވީ އަންހެނަކަށް ރަހިމުގެ ކެންސަރުޖެހި އާންމުންގެ އެހީއަށްއެހީތެރިވެވެން ނެތް ބޭފުޅުން...
03/06/2024

އުފަން ދަރިއަކުނެތް އުމުރުން ދުވަސްވީ އަންހެނަކަށް ރަހިމުގެ ކެންސަރުޖެހި އާންމުންގެ އެހީއަށް

އެހީތެރިވެވެން ނެތް ބޭފުޅުން މި ޕޯސްޓް ޝެއަރ ކޮށްދެއްވާ، އެހީތެރިކަމަކަށް އެވަރުވެސް ފުދެއެވެ.💔 😥

ހދ. ނޮޅިވަރަމަށް އުފަން، އުމުރުން 74 އަހަރުވެފައިވާ ސިއްތިއަށް ދިމާވީ އެ އުމުރުގެ އަންހެނުންނަށް އާންމުކޮށް ދިމާވާ ކަމެއް ނަމަވެސް އެއީ ސިއްތިއަށް އާ ކަމެކެވެ. އިއްދައިން ކެނޑިފައި އިން ނަމަވެސް ގަދަޔަށް ބަނޑުގައި ރިއްސުމަށްފަހު ލޭ އައުން މިއީ ބައްޔެއްގެ ފެށުންކަން ސިއްތިއަށް އިހުސާސްވިއެވެ. އެކަމަކު މިއީ ކިހާ ބޮޑު ބައްޔެއް ކަމާއި މިބަލި ޖެހުމުން ދެން ވާނެ ގޮތަކާއި، ބައްޔާ ގުޅޭ އެއްވެސް މައުލޫމާތެއް ސިއްތިއަކަށް ނޭނގެއެވެ.

އުފަން ދަރިޔަކު ނެތް ސިއްތިގެ ކަންކަން ބަލަހައްޓަނީ އެނާގެ ދޮންދަރިއެކެވެ. ސިއްތިގެ ވާހަކަ "ވަން"އާ ހިއްސާކުރަމުން އޭނާގެ ދޮން ދަރި ނާހިދު ހަސަން ބުނީ، ސިއްތިއަށް އުނދަގޫތަކެއް ވާންފެށީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ކަމަށެވެ. ގިނަ ޓެސްޓުތަކެއް ހެދި ކަމަށާއި ބޮޑުބައްޔެއް ހުރިކަން އެނގުނީ އެ ޓެސްޓުތަކުގެ ނަތީޖާ ލިބުމުން ކަމަށެވެ.

"މަންމަ ޑޮކްޓަރަށް ދައްކައި ހުރިހާ ކަމެއް މި ކުރަނީ އަޅުގަނޑު. ހިއެއް ނުކުރަން މާބޮޑު ބައްޔެއް ހުރެދާނެ ކަމަށްވެސް. ޓެސްޓުތައް ހަދައި އޭގެ ނަތީޖާ އައިއިރު މަންމައަށް މިހުރީ ރަހިމުގެ ދޮރަށް ޖެހޭ ކެންސަރުޖެހިފަ. ހުރީ ސްޓޭޖް 2ގަ." ސިއްތިގެ ބަލި ދެނެގަނެވުނު ގޮތް ހިއްސާ ކުރަމުން އޭނާ ބުންޏެވެ.

ނާހިދު ބުނީ ސިއްތިގެ ހާލު ދުވަހެއް ދުވަހަކަށް ދަށަށް ދާކަމަށެވެ. ލޭމަނާ ނުވެގެން ހޮސްޕިޓަލުގައި އެޑްމިޓުކޮށްގެން ފަރުވާދޭން ޖެހޭ ދުވަސްތައް އަންނަ ކަމަށާއި މިހާރު ބާރުގަދަ އިންޖެކްޝަނާއި ބޭސްދީގެން ލޭ މަނާކުރަމުން އަންނަ ކަމަށެވެ. އެހެން ނަމަވެސް ވީހާވެސް އަވަހަކަށް އިތުރުފަރުވާއަށް ރާއްޖެއިން ބޭރަށް ދިއުމަށް ޑޮކްޓަރުން ލަފާދީފައިވާ ކަމަށްވެސް އޭނާ ބުންޏެވެ.

އާސަންދައާއި އެންސްޕާގެ އެހީތެރިކަން މިހާރު ލިބިފައިވީނަމަވެސް ސިއްތި ގޮވައިގެން އިންޑިއާގައި އެކަނި އުޅުން ނާހިދުއަށް ދަތިކަމަކަށްވާތީ އާއި ނާހިދަކީ ފިރިހެނެއް ކަމުން ސިއްތިގެ ފިރިމީހާ (ނާހިދުގެ ބައްޕަ) ގޮވައިގެން ދިއުމަށް ނިންމާފައިވާ ކަމަށް އޭނާ ބުންޏެވެ. ނަމަވެސް އެ އާއިލާއަކީ ތަނަވަސް އާއިލާއެއް ނޫން ކަމަށާއި އިންޑިއާގައި މަދުވެގެންވެސް ދޮޅުމަސް ހޭދަވާނެ ކަމަށް ޑޮކްޓަރުން ބުނެފައިވާތީ ހުރުމާއި ކެއުންފަދަ ކަންކަމަށް ބޮޑު ހަރަދެއްދާނެ ކަމަށް އޭނާ ބުންޏެވެ.

"އޮޕަރޭޝަން ކުރަންޖެހުނަސް އެނގޭނީ އިންޑިއާއަށް ގޮސްފަ. ފަރުވާތައް ވީހާވެސް އަވަހަށް ފަށަން މިކޮޅުން ޑޮކްޓަރު ލަފާދެއްވީ. މަންމަ އާއި ބައްޕައަށް ލިބޭނީ 65 އަހަރުވީމަ ލިބޭ އެލަވަންސް އެކަނި. އިތުރަކަށް އާމްދަނީ ލިބޭނެ ވަސީލަތެއް ނެތް. ދެން އަޅުގަނޑަކީވެސް އެހާ ތަނަވަސް މީހަކަށް ނުވުމުން އެދެނީ އާންމުންގެ އެހީއަކަށް. ބޭސްފަރުވާގެ ކަންކަން އާސަންދައިން ހަމަޖެއްސިޔަސް އެކޮޅުގައި ހުރުމާއި ކެއުންފަދަ ކަންކަމަށް ބޮޑު ހަރަދެއް ދާނެ." އޭނާ ބުންޏެވެ.

ރަހިމުގެ ދޮރަށް ޖެހޭ ކެންސަރު ނުވަތަ "ސާވިކަލް ކެންސަރު"އަކީ ރަހިމުގެ ދޮރުގެ ސެލްތަކަށް އަންނަ ބަދަލަކުން ޖެހޭ ކެންސަރެކެވެ. ދިވެހިރާއްޖޭގައި އާންމުކޮށް ފެންނަ 10 ބާވަތުގެ ކެންސަރުގެ ތެރޭގައި ރަހިމުގެ ދޮރަށް ޖެހޭ ކެންސަރު ހިމެނެއެވެ.

ރަހިމުގެ ދޮރުގެ ކެންސަރު ޖެހެނީ އެހިސާބުގައި ހުންނަ ސެލްތަކަށް ބަދަލުތަކެއް އައިސް ދުވަސްތަކެއް ވަންދެން ހުރުމަށް ފަހުގައެވެ. މިވައްތަރުގެ ކެންސަރު ޖެހޭ މީހުންނަށް އޭގެ އަސަރު ފެންނަނީ ބަލި ޖެހުމަށްފަހު ގިނަ ދުވަސްވެ، ރަހިމުގެ ބޮޑު ބަޔަކަށާއި އަދި އެހެނިހެން ގުނަވަންތަކަށް ބަލީގެ އަސަރު ފޯރާ ފަހުންނެވެ.

ރަހިމުގެ ދޮރަށް ޖެހޭ ކެންސަރަށް ދެވޭ ފަރުވާ ބިނާވެގެންވަނީ ބަލީގެ މަރުހަލާ އަށެވެ. މިކެންސަރުގެ ހަތަރު މަރުހަލާއެއް ވެއެވެ. އެއީ ފުރަތަމަ، ދެވަނަ، ތިންވަނަ، އަދި ހަތަރުވަނަ މަރުހަލާ އެވެ. އެކި މަރުހަލާތަކުގައި ދެވޭ ފަރުވާ ތަފާތު ވާނެއެވެ. މިބަލީގެ ނުރައްކާތެރިކަން ފެށެނީ ދެވަނަ މަރުހަލާއާއި ހިސާބުންނެވެ. އެއީ ރަހިމުގެ ދޮރުން ބޭރަށް ކެންސަރުގެ އަސަރުކުރަން ފަށާ ހިސާބެވެ.

އެހީވާން ބޭނުންވާ ފަރާތްތަކުން
އިންފޯ7334517
އެކައުންޓު:އައިމިނަތް ރަމީސަ،
7770000162888 ރުފިޔާ
7730000653527 ޑޮލަރު

https://oneonline.mv/745287

މީސްތަކުންނަށް އެހީވުމާއި ބެހޭގޮތުން ބައެއް އާޔަތްތަކާއި ޙަދީޘްތައް

ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ.

(وَأَحْسِنُوا ، إِنَّ اللَّـهَ يُحِبُّ الْمُحْسِنِينَ) سورة البقرة: 195

މާނައީ: "އަދި ތިޔަބައިމީޙުން އިޙުސާންތެރިވާށެވެ. ހަމަކަށަވަރުން ﷲ އިޙުސާންތެރިވާ މީސްތަކުންދެކެ ލޯބިވެވޮޑިގަންނަވައެވެ."

ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.

(الْمُسْلِمُ أَخُو الْمُسْلِمِ لَا يَظْلِمُهُ وَلَا يُسْلِمُهُ وَمَنْ كَانَ فِي حَاجَةِ أَخِيهِ كَانَ اللَّهُ فِي حَاجَتِهِ) متفق عليه.

(رواه البخاري 6551 و مسلم 2850)

މާނައީ: އެއްމުސްލިމަކީ އަނެއްމުސްލިމްގެ އަޚާއެވެ. އޭނާ (އެމީހެއްގެ އަޚާގެ މައްޗަށް) އަނިޔާވެރިއެއްނުވާނެއެވެ. އަދި އަނިޔާ ލިބެން ދޫނުކުރާނެއެވެ. އެމީހެއްގެ އަޚާގެ ޙާޖަތް ފުއްދުމުގައި ދެމިހުރި މީހާގެ ޙާޖަތުގައި ﷲ ވޮޑިގެންވާނެއެވެ."

އަދި ވެސް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.

(مَنْ نَفَّسَ عَنْ مُؤْمِنٍ كُرْبَةً مِنْ كُرَبِ الدُّنْيَا، نَفَّسَ اللهُ عَنْهُ كُرْبَةً مِنْ كُرَبِ يَوْمِ الْقِيَامَةِ، وَمَنْ يَسَّرَ عَلَى مُعْسِرٍ، يَسَّرَ اللهُ عَلَيْهِ فِي الدُّنْيَا وَالْآخِرَةِ، وَمَنْ سَتَرَ مُسْلِمًا، سَتَرَهُ اللهُ فِي الدُّنْيَا وَالْآخِرَةِ، وَاللهُ فِي عَوْنِ الْعَبْدِ مَا كَانَ الْعَبْدُ فِي عَوْنِ أَخِيهِ) رواه مسلم في صحيحه: 2699

މާނައީ: "އަދި އެމީހެއްގެ އަޚާގެ ކިބައިން ދުނިޔެ މަތީގައި ދަތިކަމެއް ފިލުވައިދީފި މީހަކަށް، އެމީހަކަށް ޤިޔާމަތްދުވަހުން ޖެހޭ މުޞީބާތްތަކުގެ ތެރޭން މުޞީބާތެއް ﷲ ފިލުއްވައިދެއްވާހުއްޓެވެ. އަދި އުނދަގުލެއް ޖެހިފައިވާ މީހާއަށް ފަސޭހަކޮށްދީފިމީހަކަށް، ﷲ އެމީހަކަށް ދުނިޔެމަތީގަޔާއި އާޚިރަތުގައި ފަސޭހަކޮށްދެއްވާނެއެވެ. އަދި މުސްލިމެއްގެ (ޢައިބު ފޮރުވައިދީފިމީހާ)ގެ ޢައިބު، ދުނިޔެއާއި އާޚިރަތުގައި ﷲ އެމީހެއްގެ ޢައިބުފޮރުވައިދެއްވާ ހުއްޓެވެ. އަދި ހަމަކަށަވަރުން އެމީހެއްގެ އަޚާއަށް އެހީވުމުގެ މަތީގައި ހުންނަމީހާއަށް އެހީތެރިވޮޑިގަތުން މަތީގައި ﷲ ވޮޑިގެންވެއެވެ."

މާތްﷲ އަށްޓަކައި އެހީ ތެރިވެދެއްވާ! މާތްﷲ އަށްޓަކައި ކުރާ އެއްވެސް ހޭދައަކީ ގެއްލިގެންދާނެ އެއްޗެއް ނޫން! 2 ދުނިޔޭގައި ވެސް މަތިވެރި ވެގެންވާ ސަވާބާއި ދަރުމަ ލިބޭނެ, إن شاء الله☝️❤

މިޕޯސްޓް ޝެއާ ކޮށް ދެއްވާ!

އާދަމް ފާރޫޤް( ދޮންމިދިލިމާގެ ހދ.ކުމުންދޫ ) ހަމުގެ ބައްޔަށް ފަރުވާކުރަމުންދާ ފަރާތެކެވެ. އިތުރު ފަރުވާ ހޯދުމަށް ރާއްޖެއި...
31/05/2024

އާދަމް ފާރޫޤް( ދޮންމިދިލިމާގެ ހދ.ކުމުންދޫ ) ހަމުގެ ބައްޔަށް ފަރުވާކުރަމުންދާ ފަރާތެކެވެ. އިތުރު ފަރުވާ ހޯދުމަށް ރާއްޖެއިން ބޭރަށް ދިއުމަށް ތިޔަ ފަރާތުގެ ދީލަތި އެހީއަށް އެދެމެވެ. އިތުރު މައުލޫމާތު ހޯދުމަށް:9672480
7730000603071 MVR
7730000603071 USD

ފައިސާގެ އެހީތެރިކަމެއް ފޯރުކޮށްލަ ދެވޭފަދަ ތަނަވަސްކަމެއް ނެތްނަމަ މި ޕޯސްޓް ޝެއާރ ކޮށްލަ ދެއްވުމަކީވެސް ވަރަށް ބޮޑު އެދުމެކެވެ.

އިސްލާމްދީނުގައި އެއްބަޔަކު އަނެއްބަޔަކަށް އެހީވުމަށް ބާރުއަޅުއްވާ މިންވަރު، މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވާ މި ޙަދީޘްބަސްފުޅުން އަޅުގަނޑުމެންނަށް އެނގިގެން ދެއެވެ.

“وَمَنْ نَفَّسَ عَنْ أَخِيهِ كُرْبَةً مِنْ كُرَبِ الدُّنْيَا ، نَفَّسَ اللَّهُ عَنْهُ كُرْبَةً مِنْ كُرَبِ يَوْمِ الْقِيَامَةِ، وَإِنَّ اللَّهَ فِي عَوْنِ الْعَبْدِ مَادَامَ الْعَبْدُ فِي عَوْنِ أَخِيهِ” روا مسلم

މާނައީ: “އަދި އެމީހެއްގެ އަޚާގެ ކިބައިން ދުނިޔެ މަތީގައި ދަތިކަމެއް ފިލުވައިދީފި މީހަކަށް، އެމީހަކަށް ޤިޔާމަތްދުވަހުން ޖެހޭ މުޞީބާތްތަކުގެ ތެރޭން މުޞީބާތެއް ﷲ ފިލުއްވައިދެއްވާހުއްޓެވެ. އަދި ހަމަކަށަވަރުން އެމީހެއްގެ އަޚާއަށް އެހީވުމުގެ މަތީގައި ހުންނަމީހާއަށް އެހީތެރިވޮޑިގަތުން މަތީގައި ﷲ ވޮޑިގެންވެއެވެ.”

އަޅުގަނޑުމެންގެ އެދުމަކީ ވީހާވެސް ގިނަ ފަރާތްތަކަށް މިމެސެޖް ފޯރުކޮށްދީ އަޒުޔާން އަށް އެހީތެރިކަމުގެ އަތެއް ފޯރުކޮށްދިނުމެވެ. އަޅުގަނޑުމެންގެ ދުޢާއަކީ އަޒްޔާންގެ މި ބައްޔަށް ﷲ ތައާލާ އަވަސް ޝިފާއެއް މިންވަރުކޮށް ދެއްވައި، އަޒުޔާންގެ ބައްޔަށް ފަރުވާކުރުމަށްޓަކައި ގިނަ ބައެއްގެ އެހީތެރިކަން ލިބޭނޭމަގު ތަނަވަސް ކޮށްދެއްވުމެވެ.
އާމީން!

https://vaguthu.mv/news/1007589/
15/02/2024

https://vaguthu.mv/news/1007589/

ބޮޑެތި އިންވެސްޓްމަންޓުތައް އައީމަ ޑޮލަރު ތިޔާގިވާނެ: ރައީސް މުއިއްޒު

Makaraa heelathun dollars vikkaakamah bune feyrey firiheneh samaaluvey
10/02/2024

Makaraa heelathun dollars vikkaakamah bune feyrey firiheneh samaaluvey

Naifaru dhaairaa Amilla gothun
08/02/2024

Naifaru dhaairaa Amilla gothun

⏺ : Orchid magun cycle eh vagah nag*igen Lily magun hingaafa dhiya fathuruveriyehge aiy dhabas feyrig*i bayaku accident ...
08/10/2023

⏺ : Orchid magun cycle eh vagah nag*igen Lily magun hingaafa dhiya fathuruveriyehge aiy dhabas feyrig*i bayaku accident vejje.

Cycle dhuvvan in meeha vanee accident vumun filaafa, adhi fahathuga in meeha vanee aniyaavumuge sababun habaruhuss vegen vehtifa.

اِنَّا لِلّٰهِ وَاِنَّااِلَيْهِ رَاجِعُوْنَ 💔😭💔🚨 : Hiyaa Flat H6 ge 12 vana burin vehtunu kuhjja niyaavejje. Niyaa vefa ...
07/10/2023

اِنَّا لِلّٰهِ وَاِنَّااِلَيْهِ رَاجِعُوْنَ 💔😭💔

🚨 : Hiyaa Flat H6 ge 12 vana burin vehtunu kuhjja niyaavejje.

Niyaa vefa vanee Ha. Dhihdhoo Saman Villa Umurun 15 aharuge Mohamed Aiham Ismail.

Aaila faraathun mauloomaathu libifaivaa gothug*i e kuhjja funmaalaafai vanee gasthug*i.

Source: MV Crisis

07/10/2023

Malé fihaara akah anhenaku vadhe meehakah thoonu ehchakun hamalaa dhee zaham kohlaifi.

05/10/2023

މާލޭސިޓީކައުސިލަށްތާއީދުހޯދުމުގެގޮތުން ކެޕޭންކުރަން ގޮސްގެއަކަށްވަދެ އެގޭގެ މީހުންމި މަހުލޫ ފާދެކޮޅަށްބަހެއް ބުނީމައެއަހެންމީހާއާއިމާރާމާރީހިންގަންމިމަހުލޫފްމަސައްކަތްކުރަނީ ދެންމިވަރުގެމީހުންނަށް މަގާމުދީގެން ކޮންކުރިއެރުމެއްތޯލިބޭނީ،

🙌
30/09/2023

🙌

30/09/2023
Chakkar Coming soon!On dhon amaa Theater.
28/09/2023

Chakkar Coming soon!
On dhon amaa Theater.

https://dhiyares.com/55982
27/09/2023

https://dhiyares.com/55982

މި މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް ޖޫރިމަނާގެ ގޮތުގައި ދައުލަތަށް 115.7 މިލިއަން ރުފިޔާ ލިބިފައިވެއެވެ.

https://dhiyares.com/55971
26/09/2023

https://dhiyares.com/55971

މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު އެކުލަވައިލެއްވި ކޯލިޝަނުގެ ބައިވެރިއެއްކަމަށްވާ މޯލްޑި....

https://dhiyares.com/55965
26/09/2023

https://dhiyares.com/55965

ހދ.ހަނިމާދޫގައި އިންޑިއާ ސިފައިން ނެތްކަމަށް ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ހެއްދެވީ އިތުރުފުޅެއްކަން ސާބިތުވެއްޖެއެވެ.

Address

Male

Website

Alerts

Be the first to know and let us send you an email when Ekaavees mv posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Share

Category