އޭލެވެލް ނިންމާފައި، އެމްއެންޔޫއިން ޑޮކްޓަރީކަން ކިޔަވަން އަސްރާ އިސްމާއިލް ނިންމީ، މަންމަ ދިން ޔަޤީން ކަމެއްގެ މައްޗަށެވެ. ކޯސް ކުރިއަށް ގެންދެވޭނެ ކަމާމެދު ސުވާލު އުފެދުނު ވަގުތު ތަކެއް ދިޔަ ނަމަވެސް، ޑޮކްޓަރެއްގެ ގޮތުގައި މިއަދު އިންޓަރންޝިޕް ފުރިހަމަ ކުރަން ފުރުޞަތު ލިބުނީ އާއިލާއާއި ކިޔަވައިދެއްވި ލެކްޗަރާއިންނާއި ބަލިމީހުންގެ ފަރާތުން ލިބުނު އެއްބާރުލުމާއި އެހީތެރިކަމުންނެވެ.
އޭލެވެލްއާ ހަމައަށް އޮސްޓްރޭލިއާގައި ކިޔެވުމަށްފަހު، ޑޮކްޓަރީކަން ކިޔަވަން މުޙައްމަދު އަނޫފު ޝަހީމް ފެށީ ސްރީލަންކާގައެވެ. އެ ޤައުމުގައި އޭރު ކުރިއަށް ދިޔަ މުޒާހަރާތަކާ ގުޅިގެން ކޮލެޖް ބަންދުކުރަންޖެހި ކިޔެވުން ކުރިއަށް ގެންދެވޭ ގޮތެއް ނުވިއެވެ. ރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ޑޮކްޓަރީކަން ކިޔަވަން ހުޅުވާލި ފުރުޞަތުގެ ބޭނުން ހިފައި، އާއިލާގެ ކައިރީގައި ހުރެގެން ޑޮކްޓަރެއްގެ ގޮތުގައި ދަސްވެނިވުމަކީ އަނޫފު ދެކޭގޮތުގައި ރާއްޖެ ތަމްސީލު ކުރަން އޭނާއަށް ލިބުނު ފަހި ފުރުޞަތެކެވެ.
ސުހާ އިބްރާހީމަކީ، ރާއްޖޭގައި ތަމްރީނު ކުރި ޑޮކްޓަރުންގެ ފުރަތަމަ ބެޗުގައި ހިމެނި ދަސްވެނިވި ދަރިވަރެކެވެ. އޭނާ ދެކޭ ގޮތުގައި ޑޮކްޓަރެއްގެ އެންމެ މުހިންމު ސިފައަކީ ފަރުވާ ހޯދަން އަންނަ ކޮންމެ މީހަކާ، އެންމެ އެކަށީގެންވާ ގޮތުގައި މުއާމަލާތް ކުރުމެވެ. ސުހާ މިހާރު ދަނީ އައިޖީއެމްއެޗްގައި އިންޓަރންޝިޕް ފުރިހަމަ ކުރަމުންނެވެ.
ރާއްޖޭގައި ތަމްރީނު ކުރި ޑޮކްޓަރުންގެ ފުރަތަމަ ބެޗުގައި ހިމެނި ދަސްވެނިވި އާމިނަތު ވާފިރާ، ޑޮކްޓަރީކަން ކިޔަވަން ކުރިމަތިލިއިރު ވެސް އޮތް ޔަޤީން ކަމަކީ އަލަށް ފެށި ކޯހަކަށް ވިޔަސް ކޯހުގެ ފެންވަރު، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ވަކި ފެންވަރެއްގައި ހިފަހައްޓާނެ ކަމެވެ. ޕިލިޕިންސްގައި އަހަރެއްހާ ދުވަހު ކިޔެވުމަށްފަހު، އެ ކޯހާ ގުޅުނު ވާފިރާ ދަރިވަރެއްގެ ހައިސިއްޔަތުން ތަޖުރިބާ ކުރީ އެކަމެވެ.
އިމާދުއްދީން ސްކޫލަކީ މާލޭގައި ބިނާ ކުރި ފަސް ވަނަ ޕްރައިމަރީ ސްކޫލެވެ. ގުރޭޑް 10އާ ހަމައަށް މިއަދު ކިޔަވއިދޭ ސްކޫލަށް 23 އަހަރު ފުރިފައިވާއިރު، މި ސްކޫލުގެ ދަރިވަރުންނަށް ފަހި މާހައުލެއް ޤާއިމް ކުރުމަށް ފާއިތުވި ތިން އަހަރެއްހާ ދުވަހުގެ ތެރޭގައި ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އޭގެ ނަތީޖާ ދަނީ ފެންނަމުންނެވެ.
އިމާދުއްދީން ސްކޫލުގެ ޕްރިންސިޕަލް އަލީ މަމްދޫޙްގެ އިންޓަވިއު:
ވޮކޭޝަނަލް ދާއިރާއިން ދަރިވަރުން ދަސްވެނިކޮށް، ޖެއްސީ ކޮމިއުނިޓީ ސްކޫލެއްގެ ސިފަ
CHSE MALE HULHUVUN
ސީއެޗްއެސްއީ މާލޭ ގައި ކިޔަވައިދޭން ފެށުން
ޤައުމީ މަންހަޖުގެ ހަޤީޤީ މަފްހޫމަކީ ކާމިޔާބު ދިވެހި މުސްލިމެއް ދިރިއުޅުމަށް ތައްޔާރު ކުރުން. އެއީ ރިވެތި އަޚްލާޤާއި ރިވެތި ސުލޫކާއި މީހުންނަށް އިހްތިރާމް ކުރުން: އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީޢު