Vaahaka

Vaahaka Discover, read, and publish your best stories on Vaahaka.com. Vaahaka.com!
(54)

Discover new stories, connect with readers and writers and create your own on accounts.

06/05/2024
10/10/2023

Online Vaahaka

ޓަރި ތެރޭގައިވީ މަރު ފަދަ ފަޅު ކަމެވެ. އެއްވެސް ތަރުތީބު ކަމެއް ނެތެވެ. މުށިގަނޑު މަތީގައި ތެޅިފައި އެތަށް ބިއްލޫރިތަކެއ...
10/05/2023

ޓަރި ތެރޭގައިވީ މަރު ފަދަ ފަޅު ކަމެވެ. އެއްވެސް ތަރުތީބު ކަމެއް ނެތެވެ. މުށިގަނޑު މަތީގައި ތެޅިފައި އެތަށް ބިއްލޫރިތަކެއް ހުއްޓެވެ. އެ އަންހެން ކުއްޖާގެ ކަނާއަތުގައި ކަޓަރެއް އޮތެވެ. އެނދުމަތީގައި އޮތް އަންހެން ކުއްޖާގެ އަތުން ލޭ އަންނަމުން ދެއެވެ. އިސާހިތަކު އެ އަންހެންކުއްޖާގެ ދެލޯ މަޑު މަޑުން މެރެމުން ގޮސް އެއްކޮށް ޙަބަރު ހުސްވިއެވެ

Online Vaahaka

ގެޔަށް އައިސް ވަދެވުނު އިރު ވެސް ދެބެން ކޯޅެނީއެވެ. އަޝްފާ އާއި އަފްލާން ތިބީ ހެވިފައެވެ. ދަފިރިންގެ ހުވަފެން ޙަޤީޤަތަކަ...
10/05/2023

ގެޔަށް އައިސް ވަދެވުނު އިރު ވެސް ދެބެން ކޯޅެނީއެވެ. އަޝްފާ އާއި އަފްލާން ތިބީ ހެވިފައެވެ. ދަފިރިންގެ ހުވަފެން ޙަޤީޤަތަކަށް ވީ މަ އުފާ ނުވާންވީ ކީއްވެ ހެއްޔެވެ؟ އެ ދެމަފިރިންނަށް ލިބުނީ ދެކުދިންނެވެ. ދެކުދިންނަކީ ވެސް ވަރަށް މޮޅަށް ކިޔަވައިގެން ތިބި ކާމިޔާބު ކުދިންނެވެ. އަލާން އަކީ ޑިގްރީ ހަދާފައި ހުރި ޑަކުޓަރެކެވެ. ހަމައެހެންމެ އީލާ އެއައީ ނަރސް ގެ ޑިގްރީ ނިންމާފައެވެ.

Online Vaahaka

އެއީ އެފަދަ ދެވަނައެއް ނުވާ ގޮއްޔެއެވެ. މަގޭ ގޮއްޔެއެވެ. މަ ނޫން މީހަކަށް އެ ގޮއްޔެ ލިބިގެން ނުވާނެއެވެ. އެހާމެ ކިޔަމަން...
10/05/2023

އެއީ އެފަދަ ދެވަނައެއް ނުވާ ގޮއްޔެއެވެ. މަގޭ ގޮއްޔެއެވެ. މަ ނޫން މީހަކަށް އެ ގޮއްޔެ ލިބިގެން ނުވާނެއެވެ. އެހާމެ ކިޔަމަންތެރި ވެފައި މަޑުމައިތިރިއެވެ. މުރާލިވެފައި ހިއްވަރުގަދައެވެ. އޭނާގެ ބައްޕަގެ ކުއްލި މަރަށް ފަހު އޭނާގެ ބަލި މަންމައާއި ކުޑަ ކޮއްކޮ ބަލަމުން ދިޔައީ އެކަނި ކުރަމުން އަންނަ މަސައްކަތުންނެވެ. އެހާ ފުދުންތެރިއެއް ނޫނެވެ. ނަމަވެސް އެއްވެސް މީހަކަށް ނުދަރާ އުޅެން ވަނީ ދަސްކޮއްފައެވެ.

Online Vaahaka

ހަރެން އެމީހެއްގެ މޫނަށް ކަޅި ހިންގައިލީމެވެ. އޭނާ އަކީ ކާކުކަން ވަކި ކުރަންވެސް ދައްޗެވެ. މޫނު ވަނީ ޒަހަމް ތަކުން ފުރިފ...
10/05/2023

ހަރެން އެމީހެއްގެ މޫނަށް ކަޅި ހިންގައިލީމެވެ. އޭނާ އަކީ ކާކުކަން ވަކި ކުރަންވެސް ދައްޗެވެ. މޫނު ވަނީ ޒަހަމް ތަކުން ފުރިފައެވެ. ކަނާތު ލޯ ވަނީ ވަރަށް ބޮޑަށް ފަޅައިގެން ގޮސްފައެވެ. އަނގައިން ތިރިއަށް ނޫފައިގެންފައި ވެއެވެ. ވާތު ލޯ ފެންނަންވެސް ނެތެވެ. އެތަނުގައި އަޅައިފައި ވަނީ ހުދު ބެންޑޭޖުގަނޑެކެވެ

Online Vaahaka

" އަހަރެން ފުރަތަމަ ނަޒަރުން ލޯބިވުން ގަބޫލު ނުކުރިއެއް ކަމަކު އަހަރެން މިވަނީ އެކަމުގެ މަޅީގައި ޖެހިފައެވެ. މާލޭގައި ކޯ...
10/05/2023

" އަހަރެން ފުރަތަމަ ނަޒަރުން ލޯބިވުން ގަބޫލު ނުކުރިއެއް ކަމަކު އަހަރެން މިވަނީ އެކަމުގެ މަޅީގައި ޖެހިފައެވެ. މާލޭގައި ކޯސް ކިޔަވަން އަހަންނާއެކު އުޅުނު ކުއްޖެއް ދެކެ އަހަންނަށް ލޯބި ވެވިއްޖެ ކަންނޭނގެއެވެ.

ކަންނޭނގެއެއް ނޫނެވެ. ހަމަ ރަނގަޅައްވެސް އޭނާ ދެކެ ލޯބި ވެވިއްޖެއެވެ. ނަމަކީ ވިހާމް އެވެ. ކިޔަވަމުންދާއިރު އަހަންނާއި ޖެހިގެން ހުންނަ ގޮނޑީގައި ކޮންމެ ދުވަހު އިނދެގެން އަހަރެންގެ ހިތް ކަފާ ކުދި ކުދި ކުރެއެވެ.

Online Vaahaka

"އީމާން ބޭނުންތަ ކައިވެނި ރުޖޫޢަކުރަން؟ ކުރިން އުޅުނުގޮތަށް އަހަރެމެންނަށް އުޅެވޭނެތަ ކައިވެނި ރުޖޫޢަކޮށްގެން؟ " އަހަރެމ...
09/05/2023

"އީމާން ބޭނުންތަ ކައިވެނި ރުޖޫޢަކުރަން؟ ކުރިން އުޅުނުގޮތަށް އަހަރެމެންނަށް އުޅެވޭނެތަ ކައިވެނި ރުޖޫޢަކޮށްގެން؟ " އަހަރެމެން ކައިވެނީގެ ފަހުން އަހަރެން ބޭނުންވާ ގޮތް ޝިޒާން އެހި މިއީ ފުރަތަމަ ފަހަރުކަންނޭނގެއެވެ.އަހަރެން ވާހަކަ ގެންދަން ބޭނުންވި މިސްރާބަކީވެސް މިއީއެވެ.

Online Vaahaka

09/05/2023

Online Vaahaka

އަޝްރާގެ އާއިލާ މީހުންނަށް އެލީން ތައާރަފް ކޮށްދެމުން ދިޔައިރު ހީވީ އަޝްރާގެ ޅީދަރިއަކީ އެއީ ހެންނެވެ. އެލީން ހުރީ ލަދުނ...
09/05/2023

އަޝްރާގެ އާއިލާ މީހުންނަށް އެލީން ތައާރަފް ކޮށްދެމުން ދިޔައިރު ހީވީ އަޝްރާގެ ޅީދަރިއަކީ އެއީ ހެންނެވެ. އެލީން ހުރީ ލަދުންނެވެ. މުޅި ޕާޓީ ތެރެއިންވެސް ފެންނަނީ ރީތިކަން ހުސްކޮށްލައިގެން ތިބި ޒުވާނުންނެވެ. "އަޝްރާ ކޮންކުއްޖެއް ގޮވައިގެން ތިއުޅެނީ..؟" އެތަނަށް އައިސް ހުއްޓުނު އަންހެނަކު އަހައިލިއެވެ. އެލީން އެމީހާއަށް ނަޒަރު ހިންގައިލިއެވެ. ޕާޓީ ތީމްއާއި ގުޅޭގޮތަށް ހެދުން އަޅާފައި ވީއިރު ކަނދުރާ އާއި އަތްފައި ފަޅުފިލުވާފައި ވަނީ އަގުބޮޑެތި ގަހަނާ ތަކުންނެވެ. އޭގެން އެންމެ ގަހަނާއެއްގެ އަގުވެސް މިލިއަނަށް އަރާނެކަން ޔަގީނެވެ. ހުދު ދޮނެއް ލިބިފައިވާ ރީތި އަންހެނެކެވެ. އޭރު ރައުލް ލިއަމް އޭ ބުނި ޒުވާނާ އެ އަންހެން މީހާ ގާތު ހުއްޓެވެ.

Online Vaahaka

އަހަރެން ހިނގަމުން ދިޔައީ އަހަރެންގެ ކޮންސަލްޓޭޝަން ކޮޓަރިއާއި ދިމާލަށެެވެ. އަހަރެން ލޯ ހޯދަމުން ދިޔައީ ޔަޝްމުއެވެ. އަހަ...
09/05/2023

އަހަރެން ހިނގަމުން ދިޔައީ އަހަރެންގެ ކޮންސަލްޓޭޝަން ކޮޓަރިއާއި ދިމާލަށެެވެ. އަހަރެން ލޯ ހޯދަމުން ދިޔައީ ޔަޝްމުއެވެ. އަހަރެން ބުނާނީ ކިހިނެއް ހެއްޔެވެ. ޔަޝްމުއަށްވެސް އަހަރެން އޮޅުނީ ހެއްޔެވެ. އަހަރެންގެ ފަޔަށް މަޑު ޖެހުމެއްއައީ އަހަރެންނަށް ހާއްސަ ކޮއްފައިވާ ކޮޓަރީގެ ކުރިމަތީގައި ފައިލް ހިފައިގެން ހުރި ޔަޝްމު ފެނުމުންނެވެ. ވަގުތުން އަހަރެންނަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ. އަހަރެންގެ މިހައި ހިތްހަމަ ޖެހުނު ދުވަހެއް ދުވަހަކުވެސް އައި ހެނެއް ހިއެއް ނުވެއެވެ. ނޫނެކެވެ. އަހަރެން ހަމަޖެހުނު ދުވަހެއް އައެވެ. އެއީ އަހަރެން ޔަޝްމުއާއި މީގެ ހަތްއަހަރު ކުރިން ވަކިވި ދުވަހެވެ. އަހަރެން ޔަޝްމުގެ ހަޔާތުން ދުރަށްދިޔަ ދުވަހެވެ. ކޮޓަރީގެ ދޮރު ހުޅުވަމުން އަހަރެން ޔަޝްމު ކައިރީގައި އެތެރެއަށް ވަންނަން ބުނެލީމެވެ. އަހަރެން ފުންނޭނާއެއް ލަމުން ޔަޝްމު ފަހަތުން ހިނގައިގަތީމެވެ.

Online Vaahaka

ހިތްހަމަނުޖެހިފައި ހުރެ ރަޔާން ވީގޮތް ކިޔައިދިނެވެ. އެވަގުތު ފަރުވާ ކުޑަގޮތަށްނަޔާނީ އެހެން ހެއްޔޭ ބުނެލިއެވެ. ބޮލުން ތަ...
06/05/2023

ހިތްހަމަނުޖެހިފައި ހުރެ ރަޔާން ވީގޮތް ކިޔައިދިނެވެ. އެވަގުތު ފަރުވާ ކުޑަގޮތަށް
ނަޔާނީ އެހެން ހެއްޔޭ ބުނެލިއެވެ. ބޮލުން ތަރިބުރައިފައި އޮތް މިކްޔާލް
ވެސް ތެދުވެ އާއެކޭ ބުނެލައިފިއެވެ. އެވަގުތު އޭނަ ކަމަކާއި މެދު ވިސްނަމުން
ދިޔައެވެ. ނަޔާނީ މިހާ ބާރުގަދަވި ކަމެއް އޭނަ ކުރިއަކުން ނުދަނެއެވެ.
އޭނައަށް ނޭނގިހުއްޓާ ހުރިހާ ކަމެއްވެސް ބަދަލު ވެއްޖެއެވެ. އެއްވެސް ކަމެއް
އެއްގޮތެއް ނޫނެވެ.

Online Vaahaka

ހަވީރުގެ ވަގުތެވެ. އަހަރެން ފެންވަރައިގެން ނުކުމެ ކޮޓަރީ ލޯގަނޑު ކުރިމަތީ ހުރެ ފުނާއަޅަމުން ދިޔައިމެވެ. އަހަރެންގެ ދިގު ...
06/05/2023

ހަވީރުގެ ވަގުތެވެ. އަހަރެން ފެންވަރައިގެން ނުކުމެ ކޮޓަރީ ލޯގަނޑު ކުރިމަތީ ހުރެ ފުނާއަޅަމުން ދިޔައިމެވެ. އަހަރެންގެ ދިގު ކަޅު އިސްތަށިގަނޑުން ގޮށްފިލުވާލާ އޮމާން ކުރަމުން ދިޔައިރުވެސް ކައިރީގައިހުރި މޭޒުމަތީ ފޮތެއް އޮތެވެ. ޓެސްޓަށް ފިލާވަޅުތައް ދަސްކުރުމުގައި އަހަރެން އަވަދިނެތި އުޅުން ނޫންގޮތެއް ނެތީމައެވެ.

Online Vaahaka

ގަރާޖްއިން ސައިކަލު ނެރުމާއިއެކު އަހަރެން ޒިވިއަލްގެ ފަހަތަށް އަރައި ހަމަޖެހިލީމެވެ. އެއާއިއެކު ޒިވިއަލް ސައިކަލު ނައްޓާ...
06/05/2023

ގަރާޖްއިން ސައިކަލު ނެރުމާއިއެކު އަހަރެން ޒިވިއަލްގެ ފަހަތަށް އަރައި ހަމަޖެހިލީމެވެ. އެއާއިއެކު ޒިވިއަލް ސައިކަލު ނައްޓާލިއެވެ.އަހަރެމެން ދިރިއުޅޭ ގެ ހުންނަނީ ނަސަންދުރާ ހޮޓެލް ހުންނަ ސަރަހައްދުގައި ކަމުން ބޭރު މަގުން ސްކައިފޯލްއަށް ދުއްވާ އެއްޗެއްގައި ނުލާހިކު އަވަހަށް ދެވޭނެއެވެ. ނަމަވެސް ޒިވިއަލް ބޭރުމަގަށް ނުކުތްގޮތަށް ސައިކަލު މިސްރާބު ބެހެއްޓީ މާފަންނާދިމާއަށެވެ. ވަގުތު އޮތުމުން ދުއްވާލާފައި ދާން ވެގެންކަންނޭނގެއެވެ.

Online Vaahaka

ވަގުތުކޮޅަކަށް އަހަރެންހުރީ ހުއްޓުން އަރާފައެވެ. ބުނާނޭ އެއްޗެއް ދުލަށް އަންނާނީ ސިކުނޑިއާ ހަމައަށްވެސް އައިސްގެންތާއެވެ...
01/05/2023

ވަގުތުކޮޅަކަށް އަހަރެންހުރީ ހުއްޓުން އަރާފައެވެ. ބުނާނޭ އެއްޗެއް ދުލަށް އަންނާނީ ސިކުނޑިއާ ހަމައަށްވެސް އައިސްގެންތާއެވެ. އަހަރެން ޒިވިއަލް ދެކެ ލޯބިވެއޭ ބުނުން ވާނީ ދޮގަކަށެވެ. އެއީ އަހަރެންގެ ހިތުގައި ޒިވިއަލްއަށްޓަކައި ޖަހަނީ ލޯބީގެ ވިންދުކަމެއް ޚުދު އަހަރެންނަށްވެސް ނޭނގޭތީއެވެ. އެކަމަކު ޒިވިއަލް އަހަރެންނަށް ޚާއްޞައެވެ. އެކަމާއި ދެބަހެއް ނުވާނަމެވެ.

Online Vaahaka

ނަޔާނީގެ ސިކުނޑި ގުޅަޖެހުނެވެ. ރޫނާ ދައްކާލީ އޭނަގެ ކަރުގައި އޮތް ފަށެވެ. ނަޔާނީދިން ފަށާއި ދާދި އެއްގޮތް ފަށެކެވެ. ނޫނެ...
30/04/2023

ނަޔާނީގެ ސިކުނޑި ގުޅަޖެހުނެވެ. ރޫނާ ދައްކާލީ އޭނަގެ ކަރުގައި އޮތް ފަށެވެ. ނަޔާނީ
ދިން ފަށާއި ދާދި އެއްގޮތް ފަށެކެވެ. ނޫނެކެވެ. އެހެނެއް ނުވާނެއެެވެ. އެއީ އޭނަ ރޫނާއަށް ދޭންނެގި ފަށެވެ. ކުރިމަތީގައި ފެންނަން އޮތް ހަގީގަތް ގަބޫލު ކުރަން އޭނަގެ އަމިއްލަ
ޟަމީރު ވެސް ދެކޮޅު ހެދިއެވެ.

Online Vaahaka

ހޭވެރިވީ ބޮލުގައި ރިއްސާވަރުންނެވެ. ލޯހުޅުވާލިއިރު އޮއެވުނީ މާމަމެންގޭގެ މެދުގޭގެ އެއްފަރާތުގައި އޮންނަ ފިނިއަށީގައެވެ. ...
30/04/2023

ހޭވެރިވީ ބޮލުގައި ރިއްސާވަރުންނެވެ. ލޯހުޅުވާލިއިރު އޮއެވުނީ މާމަމެންގޭގެ މެދުގޭގެ އެއްފަރާތުގައި އޮންނަ ފިނިއަށީގައެވެ. މާމައެއްވެސް ކާފައެއްވެސް ފެންނާކަށް ނެތެވެ. ހިންދެމިލާފަ ފަހަތް ބަލާލިއިރު ފިނިއަށީގެ އެންމެ ފަހަތުގައި އަންހެން ކުއްޖެއް އިށީނދެލައިގެން އިނެވެ. އީޝާއެވެ. ކުއްލިއަކަށް އަހަރެން ބަލާތީ ފެނުމުން އީޝާ އޭނާގެ މޫނުމަތީ އަތް އެޅިއެވެ.

Online Vaahaka

ނަތޫ އެހެން ބުނުމުން އަހަރެން ވިސްނާލީމެވެ. ތެދެކެވެ. މަންމަގެ އެ ހާސްކަމުގާ ފަރުދާއެއް ވެއެވެ. އެކަން އަހަންނަށް ޔަގީނެ...
30/04/2023

ނަތޫ އެހެން ބުނުމުން އަހަރެން ވިސްނާލީމެވެ. ތެދެކެވެ. މަންމަގެ އެ ހާސްކަމުގާ ފަރުދާއެއް ވެއެވެ. އެކަން އަހަންނަށް ޔަގީނެވެ. އެހެނަސް ޔަގީންނުވާ ކަމަކީ އެ ފަރުދާގެ ފުރަގަހުގައި ވަނީ ކޮންކަންތައްގަނޑެއްކަމެވެ. އެކަމަކު މަންމަމެން ހަމަ އަހަންނަށް ކަމެއް ސިއްރުކޮށްފާނެބާއެވެ؟

Online Vaahaka

ރޫނާ ދެއްކި ވާހަކައަކުން ނަޔާނީއަށް ކުރެވުނީ ތަފާތު އިހްސާސެކެވެ.ކޮންމެވެސް ގޯހެއް އެބަ އުޅެއޭ ނަޔާނީގެ ހިތް ބުނެލިއެވެ....
27/04/2023

ރޫނާ ދެއްކި ވާހަކައަކުން ނަޔާނީއަށް ކުރެވުނީ ތަފާތު އިހްސާސެކެވެ.
ކޮންމެވެސް ގޯހެއް އެބަ އުޅެއޭ ނަޔާނީގެ ހިތް ބުނެލިއެވެ. ހުއްޓުން އަރާފައި
ހުރެވުނު ވަގުތުކޮޅު ކުރެވުނު ހިޔާލުތަކުން ބޭރުވެވުނީ ކަންބޮޑުވެފައި އިނދެ
ރޫނާ ދެތިން ފަހަރަކު ނަޔާނީއަށް ގޮވާލުމުންނެވެ.

Online Vaahaka

އަހަރެންގެ ސުވާލުތަކާއިއެކު ޒިވިއަލް ޖީންސް ޖީބަށް އަތް ޖަހާލުމަށްފަހު ކޮޅަށްތެދުވިއެވެ. އަދި އަހަރެންނަށް ފުރަގަސްދެމުނ...
27/04/2023

އަހަރެންގެ ސުވާލުތަކާއިއެކު ޒިވިއަލް ޖީންސް ޖީބަށް އަތް ޖަހާލުމަށްފަހު ކޮޅަށްތެދުވިއެވެ. އަދި އަހަރެންނަށް ފުރަގަސްދެމުން، މަޑުމަޑުން ޕޫލާއި ދިމާއަށް ހިނގައިގަތެވެ.ބުޅާ ގޯނިން ބޭރުވުމުން ލަދުގަތީ ކަންނޭނގޭއެވެ. ޕޫލް ކައިރީ ހުއްޓިލުމަށްފަހު ޒިވިއަލް ވާހަކަ ދައްކަން ފެށީ އަހަރެންނާ ފުރަގަސް ދީގެން ހުރެއެވެ.

Online Vaahaka

ލަސް ކުރަން ނަހަދާ އޮފީހަށް ދިއުމަށް އިވާން ވެސް މިސްރާބުޖެހިއެވެ. އޮފީހަށް ދެވުމާއި އެކު ލިފްޓަށް އަރައި ސާދަ ވަނަ ފަން...
27/04/2023

ލަސް ކުރަން ނަހަދާ އޮފީހަށް ދިއުމަށް އިވާން ވެސް މިސްރާބުޖެހިއެވެ. އޮފީހަށް ދެވުމާއި އެކު ލިފްޓަށް އަރައި ސާދަ ވަނަ ފަންގިފިލާއަށް ދިއުމަށް އިވާން އަވަސްވެގަތެވެ.

Online Vaahaka

މަޑުމަޑުން އަތިރިމަތިން ކުރިއަށް ދިޔައިރު ދެ މީހުންގެ ދެމެދުގައިވީ ހަމަހިމޭންކަމެވެ. ދޮންވެލިގަނޑުގައި މަޑުމަޑުން ރާޅު ބ...
25/04/2023

މަޑުމަޑުން އަތިރިމަތިން ކުރިއަށް ދިޔައިރު ދެ މީހުންގެ ދެމެދުގައިވީ ހަމަހިމޭންކަމެވެ. ދޮންވެލިގަނޑުގައި މަޑުމަޑުން ރާޅު ބީހިލާ އަޑާއި މަޑު ވައިރޯޅިއެއް ބައެއް ފަހަރަށް ގަސްތަކުގައި ބީހިލާ އަޑު ފިޔަވާ އިތުރު އަޑެއްނީވެއެވެ. ދޭތެރެއަކުން ގުރާ ޖޯޑެއް އަތުގައި ހިފާލައިގެން ނުވަތަ ބައްދަމުން އަހަރެމެން ކައިރިން ކުރިއަށް ދެއެވެ.

Online Vaahaka

އެކަމާއިހުރެ ނަޔާނީ ބޯގޮވައިފައި ހުންނަތާ ކިތަންމެ އިރެކެވެ. ސުވާލުކުރުމުން މިކްޔާލް ޖަވާބު ދިނީ ވެސް ފާޑަކަށެވެ. އެކަމާ...
24/04/2023

އެކަމާއި
ހުރެ ނަޔާނީ ބޯގޮވައިފައި ހުންނަތާ ކިތަންމެ އިރެކެވެ. ސުވާލު
ކުރުމުން މިކްޔާލް ޖަވާބު ދިނީ ވެސް ފާޑަކަށެވެ. އެކަމާއި ހުރެ
ކޮންމެވެސް ކަމެއް ވެއްޖެކަން ނަޔާނީއަށް އެނގެއެވެ . ނޭނގެނީ ވީ ކޮންކަމެއް ކަމެވެ.

Online Vaahaka

ނިޔެއަށް ހޫނުކަމާއި އަލިކަން ގެނުވައިދީ، އުޑުގައި ރަސްކަން ކުރަމުން ދިޔަ، އިރު، ފަޒާއިން އަލްވިދާއު ކިޔަމުން ދިޔަ މަންޒަ...
24/04/2023

ނިޔެއަށް ހޫނުކަމާއި އަލިކަން ގެނުވައިދީ، އުޑުގައި ރަސްކަން ކުރަމުން ދިޔަ، އިރު، ފަޒާއިން އަލްވިދާއު ކިޔަމުން ދިޔަ މަންޒަރަކީ ނުހަނު ހިތްގައިމު މަންޒަރެކެވެ. ރޭގަނޑުގެ އަނދިރިކަމާއި ފިނިކަމުގެ ރަނިކަން ކުރާ ހަނދު ގެ ދަރުބާރުގައި ފިޔަ ޖަހަމުން ދިޔަ ތަރިތަކުގެ އަލި ގަދަވާން ފަށައިފިއެވެ

Online Vaahaka

ނަޔާނީ ރުޅިއައިސްގެން މިކްޔާލްގެ ފަހަތުން ދުވަންފެށިއެވެ. ނަޔާނީގެއަތުނުވާން ވެގެން މިކްޔާލް އަށްވެސް ޖެހުނީ ދުވާށެވެ. ސ...
22/04/2023

ނަޔާނީ ރުޅިއައިސްގެން މިކްޔާލްގެ ފަހަތުން ދުވަންފެށިއެވެ. ނަޔާނީގެ
އަތުނުވާން ވެގެން މިކްޔާލް އަށްވެސް ޖެހުނީ ދުވާށެވެ. ސިޓިންގ ރޫމްގެ
ސޯފާތަކުގެ މައްޗަށް އަރައި ތަރުތީބުން ބަހައްޓާފައި ގޮޑިތަކާއި މޭޒުތައް
ދުރުކޮށް މުޅި ގޭތެރޭގައި ދެމީހުން ދުވަން ފެށިއެވެ. ދެމީހުންގެ ކޯޅުމުގެ
އަޑު ގަދަވެގެން ދެމީހުން ހުއްޓުވަން އެންމެފަހުން އައީ ނާހިދާއެވެ. ލިލިޔަން
ނަޔާނީ މަސަލަސް ކޮއްގެން ކާމޭޒު ދޮށުގައި ބޭންދިއެވެ. އޭގެ އަނެއްކޮޅުން
މިކްޔާލް ހުރީ ހެވި ދިލިފައެވެ.

Online Vaahaka

ކުއްލިޔަކަށް ނަތޫ އަހަރެންގެ އަތުގައި ހިފައްޓާލިއެވެ. ނަތޫ ހުއްޓުމާއެކު އަހަރެން ސުވާލުގެ ނަޒަރަކުން ބަލައިލީމެވެ. އަދި ...
22/04/2023

ކުއްލިޔަކަށް ނަތޫ އަހަރެންގެ އަތުގައި ހިފައްޓާލިއެވެ. ނަތޫ ހުއްޓުމާއެކު އަހަރެން ސުވާލުގެ ނަޒަރަކުން ބަލައިލީމެވެ. އަދި ނަތޫ ބަލަމުން ދިޔަ ދިމާލަށް އަހަރެން ބަލާލީމެވެ. ވެގެން އުޅޭގޮތް އަހަންނަށް އެނގެއެވެ. ނަމަވެސް މީހަކު އެކަމާބެހޭގޮތުން ސުވާލެއް ކޮށްފިނަމަ، އެއަށް ދޭނެ ޖަވާބެއް އަހަންނަކަށް ނޭނގެއެވެ. ނަތޫ އެއުޅެނީ އެކަމާ ގުޅޭ ގޮތުން ސުވާލު ކުރަންކަން އަހަންނަށް ޔަގީންވެ

Online Vaahaka

އަހަރެންނަށް ހޭލެވުނީ މެންދުރު އެކެއް ޖަހަނިކޮންނެވެ. ފުންމައިގެން ތެދުވެ ފެންވަރާލުމަށްފަހު ނަމާދުކޮށްލައިގެން ބޭރަށް ނ...
22/04/2023

އަހަރެންނަށް ހޭލެވުނީ މެންދުރު އެކެއް ޖަހަނިކޮންނެވެ. ފުންމައިގެން ތެދުވެ ފެންވަރާލުމަށްފަހު ނަމާދުކޮށްލައިގެން ބޭރަށް ނުކުތީ މެންދުރު ކެއުމަށް ކޮންމެވެސް އެއްޗެއް ތައްޔާރުކޮށްލުމަށް ނިންމައިގެންނެވެ. ނަމަވެސް ސިޓިން ރޫމަށް ނުކުތްއިރު މޭޒުމަތީގައި ހުރީ ކާންހަދާފައެވެ. އެހެންކަމުން ފިހިގަނޑު ނަގާ ސިޓިންރޫމް ފޮޅާލުމަށްފަހު ސޯފާގައި އިށީނދެލީ ފިރިހެންވެރިން ހުކުރުން އަންނަންދެންނެވެ.
މާގިނައިރަކު އިންނާކަށް ނުޖެހުނެވެ. ދޮރު ހުޅުވާލާފައި ޒިލާލް އާއި ޒިވިއަލް އައިސް ގޭތެރެއަށް ވަނެވެ.

Online Vaahaka

Address

H. Kaval
Male
20019

Alerts

Be the first to know and let us send you an email when Vaahaka posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Vaahaka:

Videos

Share

Category


Other Publishers in Male

Show All