Hidhaayathuge Nooru

  • Home
  • Hidhaayathuge Nooru

Hidhaayathuge Nooru This page is all about the politics in Maldives.

06/11/2022
31/07/2022

اللـهم فـكّ قـيد أسـرى الـمـسـلمـين
فـي كـل مـكـان..

⭕ އޭ އަހަރެންގެ އުއްމަތެވެ.
📌 އޭ ﷲ ގެ އަޅާއެވެ. ފަހެ ތިބާ ، ތިބާގެ މުސްލިމް އަޚާއަށް ނަޞްރު ނުދޭނަމަ ، އަދި ތިބާ މިއުއްމަތުގެ ތެރޭން ނުވާނަމަ ، ދެން ތިބާވަނީ ކޮންބައެއްގެ ތެރެއިން ހެއްޔެވެ؟ ފަހެ މުއުމިނުންގެ ލަޝްކަރުގައި ތިބާ ނުހިމެނިއްޖެނަމަ ، ދެން ތިބާވާނީ ކޮންބަޔެއްގެ ތެރެއިންކަން ވިސްނާލާށެވެ. ❗

31/07/2022

⭕ އިސްލާމީ އުއްމަތަށް ދީފައިވާ ވަރުގަދަ މެސެޖެއް ، ނަމަވެސް އުއްމަތް ދިފާޢުކުރުމުގަ އިސްލާމީ ޤައުމުތަކުގެ ލަޝްކަރުތައް އެނބުރެނީ ފުރަގަހަށް ، އެދެނީ ޔަހޫދީންނާއި ، ނަޞާރާއިންގެ މަދަދެވެ. ވީއިރު މުސްލިމް އުއްމަތް ދިފާޢުކުރަން ފަރުދީ ޒިންމާ ނެގުމަށްވުރެ ހެޔޮގޮތެއް ނެތެވެ.

31/07/2022

~ "ޖިހާދުގެ މަގުގައި އަހަރެންގެ 4 ދަރިން ބޮޑުކުރާނަމެވެ." ~

ޖިހާދަކީ ބައެއް ޢިލްމުވެރިންގެ އަރިހުގައި އިސްލާމްދީނުގެ 6 ވަނަ ރުކުނެވެ.

އަހަރެމެން ކޮންމެ މީހެއްވެސް އަހަރެމެންގެ ދަރިން ތަރުބިއްޔަތުކޮށް ބޮޑުކުރަންވީ އެމަގުގައެވެ. ޖިހާދުގެ މަގުގައެވެ. ސަބަބަކީ އެ މަގަކީ ޤުރުބާނީގެ މަގު ކަމުގައިވާތީއެވެ. ﷲ އަށްޓަކައި ތިމާގެ ފުރާނަ ވެސް ޤުރުބާން ކޮށްލަން ފަސް ނުޖެހޭނެ މަގު ކަމުގައި ވާތީއެވެ. އެކަމަށް އެދި ހިތް ގޮވާ މަގު ކަމުގައި ވާތީއެވެ.

އަޚުންނާއި އުޚުތުންނެވެ. ފިކުރުކޮށްލަމާހެއްޔެވެ. ﷲ އަށްޓަކައި ފުރާނަ ދޫކޮށްލަން ތައްޔާރަށް ހުރި މީހެއް އެއިލާހަށްޓަކައި ދޫނުކޮށްލާނެ އެއްޗެއް އޮންނާނެ ހެއްޔެވެ؟ ފާފައެއް ފާހިޝް އަމަލެއް އޮންނާނެ ހެއްޔެވެ؟ ދުނިޔަވީ އެދުމެއް އޮންނާނެ ހެއްޔެވެ؟

އުންމަތުގެ މައިންނެވެ. މިއަދު އުންމަތް އެދި ގޮވަނީ ޤުރުބާނީގެ މަގުގައި ތަރުބިއްޔަތުކުރެވިފައިވާ ޖީލަކަށެވެ. ޢުމަރު ބުނުލް ޚައްޠާބާއި ޙަމްޒާ ބިން އަބީޠާލިބާއި ޚާލިދް ބިން ވަލީދު ފަދަ ޖީލަކަށެވެ. މުސްލިމުންނަށް ނަސްރުދޭނެ ޖީލަކަށެވެ. ރާމާމަކުނާއި އޫރުގެ ދަރިންގެ ކިބައިން ބައިތުލް މަޤްދިސް މިނިވަން ކޮށްދޭނެ ޖީލަކަށެވެ.

31/07/2022

⭕ އިސްލާމީ އުއްމަތުގެ ޒުވާން އުޚްތެކެވެ. 4 ކުދިންގެ މަންމައެކެވެ. މިއަދު ފަޚުރުވެރި ޝަހީދެއްގެ އަންބެކެވެ. ޔަހޫދީން އެތައް އަނިޔާއެއް ދީ އެ މުޤައްދަސު ބިމަށްވެރިވެގަންނަމުންދާ ނުތަނަވަސް ދަނޑިވަޅެކެވެ. މުޞީބާތުގެ ވަގުތެކެވެ. އެހެނަސް "އުއްމު ޚާލިދު" ގެ ދުލުން އެ ނިކުތީ ކެތްތެރިކަމާއި ޘާބިތުކަމާއި ، ﷲ ގެ ގަޟާޤަދަރަށް ރުހިގެންވާ ކަމުގެ ބަސްކޮޅެކެވެ.

އިސްލާމީ އުއްމަތެވެ . ތިބާއަށް އުފާވެރިކަން ހުއްޓެވެ. ނަޞްރު ގާތްވެއްޖެއެވެ. މި ހިތްދަތި ޒަމާން ، އުއްމަތުގެ ދަރީންތައް ޞަޙާބީންގެ ޒަމާންފަދަ ތަރުބިއްޔަތަކަށް ގެނެސްދީފިއެވެ. ފަހެ އުއްމު ޚާލިދު ﷲ ގެ ޤަދަރަށް ރުހި ގަބޫލު ވެއްޖެއެވެ. އަދި އެދެނީ ﷲ ތަޢާލާ "އުއްމު ޚާލިދަށް" ރުއްސެވުމެވެ. އޭ އުޚްތާއެވެ. ތިބާއަށްޓަކައި މިއަދު އުއްމަތް ފަޚުރުވެރިވެއެވެ. ތިގޮތުގައި ޘާބިތުވެލާށެވެ. އުއްމަތް އެދި ގޮވަނީ ތިފަދަ މައިންތަކަކަށެވެ.

31/07/2022

﴿وَمَا خَلَقۡتُ ٱلۡجِنَّ وَٱلۡإِنسَ إِلَّا لِیَعۡبُدُونِ﴾
ތިމަންރަސްކަލާނގެއަށް އަޅުކަންކުރުމަށް މެނުވީ، ތިމަންރަސްކަލާނގެ ޖިންނީންނާއި، އިންސީން ޚަލްޤު ނުކުރައްވަމެވެ.
[سورة الذاريات 56]

📌 އޭ މުސްލިމް އަޅާއެވެ. ފަހެ ތިބާގެ މަޤްޞަދު ޙާޞިލްވޭ ހެއްޔެވެ؟ މަންމަގެ ރަޙިމުގައި ތިބާ ލެއްވި ، ތިހަށިގަނޑުގައި ފުރާނައެޅުއްވި ، އަދި ތިބާގެ ރިޒްޤާއި އަޖަލު ލިޔެވިގެންދިޔައެވެ. ފަހެ ﷲ ތަޢާލާ އަހަރެމެންނާއި ސުވާލު ކުރައްވާ ދުވަސް ގާތްވަމުން އެބަ އާދެއެވެ. ވިސްނާ ފިކުރު ކޮށްލީމުތޯއެވެ.

ތިބާގެ މައްޗަށްވާ ﷲ ގެ ޙައްޤު ތިބާ އަދާކުރާނީ ކޮންދުވަހަކުން ހެއްޔެވެ؟

31/07/2022

ނޭވާގެ އަޑު އިއްވަމުން، ހަރުކޮށް ދުވާ އަސްތައް ގަންދެއްވަމެވެ.

އަދި ފިޔަވަޅުތަކުން އަލިފާން ކަނޑަމުންދުވާ އަސްތައް ގަންދެއްވަމެވެ.

އަދި ފަތިހުގެ ވަގުތުގައި، حملة ދޭ އަސްތައް ގަންދެއްވަމެވެ.

ފަހެ، އެ އަސްތައް، އެ ވަގުތު ހިރަފުސް ބުރުވައިލަތެވެ.

ފަހެ، އެ އަސްތައް އެ ހިރަފުސްތަކުގެ ތެރޭގައި) دشمن ންގެ (ބައިގަނޑުގެ މެދަށް ވަދެގަނެތެވެ.

ހަމަކަށަވަރުން، އިންސާނާއީ، އޭނާގެ ވެރިރަސްކަލާނގެއަށް ހަރާންކޯރުވުން ބޮޑު މީހެކެވެ.

އަދި ހަމަކަށަވަރުންް، އެ އިންސާނާއީ، އެކަމުގެ މައްޗަށް ހެކިވެރިޔަކުކަން ކަށަވަރެވެ.

އަދި ހަމަކަށަވަރުންް، އެ އިންސާނާއީ، މުދަލަށް ލޯބިކުރުންގަދަ މީހެއްކަން ކަށަވަރެވެ.

ކަށްވަޅުތަކުގައިވާ ތަކެތި ނެރެ އުކައިލައްވާހިނދު، އަދި ހިތްތަކުގައިވާ ސިއްރުތައް އެއްކޮށް ފާޅުކުރައްވާހިނދު، ފަހެ، އެ އިންސާނާ) އެކަންތައް (ނުދަންނަނީ ހެއްޔެވެ؟

ހަމަކަށަވަރުން، އެއުރެންގެ ވެރިރަސްކަލާނގެއީ، އެދުވަހުން އެއުރެންގެ ކަންތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެކަން ކަށަވަރެވެ.

Address


Website

Alerts

Be the first to know and let us send you an email when Hidhaayathuge Nooru posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Shortcuts

  • Address
  • Alerts
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share