The Maldives Chronicle

  • Home
  • The Maldives Chronicle

The Maldives Chronicle Maldives Chronicle is an internet newspaper based on the concept of participatory community media and This is the whole idea behind People Journalism.

Maldives Chronicle is an internet newspaper covering the happenings around the Maldives islands.It is a platform for collective wisdom and progress. & consits of independent news, views ,opinions,videos,blogs and community related to Maldives. Maldives Chronicle based on the concept of participatory community media and citizen journalism, and allows people to report, read, write, comment and deba

te news, views and happenings they find significant. We believe that there are always people close to an event happening anywhere in the word. These people are the first witnesses of incidents that might be of importance beyond their place of occurrence, they could be historic global moments. In many cases those witnessing the events have far better understanding of what is happening, why that might be happening and what can be the outcome of it all. We encourage people to don the cap of a journalist and report the incident as it happened sans any bias. You never know if that could change the way world looks at the event. If you are a student, professional or a worthy citizen with a point of view willing to write or share your thoughts with a whole new global audience please feel free to contact us or simply register on our site by clicking links below. What is Citizen Journalism? The idea behind citizen journalism is that people without professional journalism training can use the tools of modern technology and the global distribution of the Internet to create, augment or fact-check media on their own or in collaboration with others. For example, you might write about a city council meeting on your blog or in an online forum. Or you could fact-check a newspaper article from the mainstream media and point out factual errors or bias on your blog. Or you might snap a digital photo of a newsworthy event happening in your town and post it online. Or you might videotape a similar event and post it on a site such as YouTube. All these might be considered acts of journalism, even if they don't go beyond simple observation at the scene of an important event. Because of the wide dispersion of so many excellent tools for capturing live events -- from tiny digital cameras to videophones -- the average citizen can now make news and distribute it globally, an act that was once the province of established journalists and media companies.

ލަކްޝަދީޕުގެ މިލްކުވެރި ކަމުގެ މައްސަލަ އަދިވެސް ނުނިމެއެވެ. އިންޑިއާގެ ކެރަލާގެ ކަންނަންނޫރު ޑިސްޓްރިކްގެ ޝަހަރެއް ކަމަ...
11/02/2024

ލަކްޝަދީޕުގެ މިލްކުވެރި ކަމުގެ މައްސަލަ އަދިވެސް ނުނިމެއެވެ. އިންޑިއާގެ ކެރަލާގެ ކަންނަންނޫރު ޑިސްޓްރިކްގެ ޝަހަރެއް ކަމަށްވާ އަރައްކަލު ގަ ވެރިކަންކުރި އަލީރާޖާގެ ޝާހީ ހާންދާނުން މިހާރުވެސް އެ ރަސްކަން ދަމަހައްޓައެވެ.އަދި މިއަދުވެސް އަލީ ރާޖާ އިން ދައުވާކުރަނީ މަލިކު ހިމެނޭ ގޮތުން ލަކްޝަދީޕް ގެ ރަށްތަކަކީ އެމީހުންގެ މިލްކެއް ކަމަށެވެ.އަދި ގާންދީގެ އިންޑިއާގެ އިން އެރަށްތައް އިންޑިއާގެ ފެޑްރަލް ސަރުކާރުގެ "ޔުނިއަން ޓެރިޓަރީ" އަކަށް ހަދާފަ ވިއަސް އެއީ އިންޑިއާގެ މައިސަރުކާރުގެ ރަށްތަކެއް ކަމަށް ނުހެދޭނެކަމަށް ހެއްކާއެކު ބުނެއެވެ.

އަދި އަލީ ރާޖާގެ ދަރި ކޮޅުގެ ރާޖާ ގެ ގޮތުގަ މިހާރު ހުރި އަލީ ރާޖާ ސުލްތާން ހަމީދު ހުސެން ވަނީ މިކަން އިންޑިއާގެ ނޫސްތަކާ ހިއްސާ ކޮށްފައެވެ.

އަރަކަލް ކިންގްޑަމް (Kingdom Of Cannanore, Sultanate of Laccadive & Cannanore) އަކީ އިނގިރޭސި އިސްތިޢުމާރުގެ ކުރިން ކެރެލާގައި އޮތް ހަމައެކަނި މުސްލިމް މިނިވަން ދައުލަތެވެ.

އަލީ ރާޖާ އިންގެ އާއިލާ ތަބާވަނީ "މެޓްރިއާޗަލް" ސަގާފަތަކަށެވެ. ވެރިކަން ލިބޭނީ އަބަދުވެސް ޖިންސަކަށް ނުބަލަ އެ ދަރިކޮޅުގެ އެންމެ ދުވަސްވީ މީހާ އަށެވެ.ވީމާ ރަސްކަލުންގެ ނަމުގެ ކުރިއަށް އަލީ ރާޖާ (ކަނޑުގެ ރާޖާ) އަދި ވެރިކަން ކުރަނީ އަންހެނެއް ނަމަ ނަމުގެ ކުރިއަށް "ބީވީ" އިތުރު ކުރެއެވެ.

ކަންނަންނޫރު އަރައްކަލް ދަރިކޮޅުގެ 37 ވަނަ ވެރިޔާ ސުލްތާނާ އަދީރާޖާ ޒައިނަބާ އައިޝާ ބީވީ ވަނީ އުމުރުން 93 އަހަރު ބަލި އެނދުގަ އޮވެގެންވެސް ވަނީ "ލަކްޝަދީޕުގެ" މިލްކު ވެރިކަމުގެ މައްސަލަ އާ ބެހޭ ގޮތުން ނޫސްތަކަށް އެމީހުންގެ ކަންބޮޑުވުން ހާމަ ކޮށްފައެވެ.

އެ އާއިލާއިން އިންޑިއާގެ މައިސަރުކާރުގަ އެދެނީ އަހަރަކު ކުލީގެ ގޮތުގަ 64 މިލިއަން ޑޮލަރު ދިނުމަށެވެ.ނޫނީ އަލީ ރާޖާ އިން ގެ އާއިލާއާ ލަކްޝަދީޕު ގެ ރަށްތައް ހަވާލުކުރުމަށެވެ.

މަލާބާރުގެ ކަނޑުފޭރޭ 3 މަންމަލީން ގަދަކަމުން ވެރިކޮށްލި ދިވެހިންގެ ރަށްތަކެއް އަލީ ރާޖާ އިންެގެ އަމިއްލަ މިލްކަކަށް ވޭހެއްޔެވެ؟

ކަންނަންނޫރުގެ އަރައްކަލުގެ އަލީ ރާޖާ އިން ދިވެހިރާއްޖޭގެ ރަށްތަކެއް ކަމަށްވާ ލަކްޝަދީޕު ހިފީ 1183 ވަނަ އަހަރު ކަންނަންނޫރުގެ އަރައްކަލު ރަސްކަމުގެ 5 ވަނަ އަލީ ރާޖާ އަލީ މޫސާ ކަމަށް ތާރީހީ ލިޔުންތަކުގަ ވެއެވެ.

1553 ވަނަ އަހަރު އަލީ ރާޖާގެ ބާރުގެ ދަށުން ލަކްޝަދީޕު ދުރުކޮށް އެ ރަށްތަކަށް ޕޯޗްގީޒުން ވެޜިވެގަތެވެ . އެކަމަކު އެމީހުންނަށް ލަކްޝަދީޕުގަ ހިފަހައްޓާލެވުނީ މަދު އަހަރުކޮޅަކަށެވެ.

އަލީ ރާޖާގެ ކަނޑުގެ ސިފައިން ޕޯޗުގީޒުން ބަލިކޮށް އެ ޖަޒީރާތައް އަލުން އަތުލިއެވެ. "ތޫހުފަތުލް މުޖާހިދީން" ފޮތުގައި ސިފަކޮށްފައިވާ ގޮތުގައި ޕޯޗުގީޒުންގެ ކިބައިން އެރަށްތައް ސަލާމަތް ކުރިއިރު އަލީ ރާޖާ އިންވަނީ އިންޑިއާގެ ބިޖާޕޫރުގެ ސުލްތާން އަދީލް ޝާހުގެ އެހީތެރިކަން ހޯދާފަ އެވެ.

ނަމަވެސް މިއަދުވެސް އެތަނުގަ ދިރި އުޅެނީ ދިވެހި މުސްލިމުންނެވެ.އަދި މަލިކު މީހުން ގައުމީ ދުވަހުގެ ގޮތުގަވެސް މިހާރުވެސް ފާހަގަ ކުރަނީ އުތީމު ބޮޑުތަކުރު ޕޯޗްގީޒުންގެ ކިބައިން
ދިވެހިރާއްޖެ މިންޖުކުރި ދުވަހެވެ.

1982 ވަނަ އަހަރު ރައީސް މައުމޫނުގެ ސަރުކާރުން ވަނީ އޭރުއޮތް ބޮޑުވަޒީރު ރަޖީވް ގާންދީގެ ސަރުކާރަށް މަލިކު ހޯދުމަށް މައްސަލަ ހުށަހަޅާފައެވެ.ނަމަވެސް މިއަދާހަމައަށް އެކަން ވީގޮތެއް ނޭންގެއެވެ.

ރައީސް މުއިއްޒުގެ ސަރުކާރުން ދިވެހިބަހާ ތަރިކައާ ބެހޭ މިނިސްޓްރީ އެއް އުފައްދާ ފޭކު "ކަޅުއޮށް ފުންމި" އަކާ ބަގުޑި ނުލާ ދިވެހި ރާއްޖޭގެ މަލިކު އަތޮޅު ނޫނީ ލަކްޝަދީޕުގެ މައްސަލަ އިންޑިއާ ސަރުކާރަށް ހުށަހަޅާ އެރަށްތައް ތައް ހޯދުމަށް ބައިނަލް އަގުވާމީ ކޯޓަށް ހުށަހަޅައިގެން ނަމަވެސް މަސައްކަތް ކުރަންޖެހޭ ކަމަށް އަހުރެން ގަބޫލުކުރަމެވެ.

އެއީ އެރަށްތަކުގެ މިލްކުވެރި ފަރާތަކީ އަލީ ރާޖާއިން ނޫންކަން ތާރީހުން ސާފުކޮށް ފެންނަން އޮތުމުންނެވެ.

ޑރ.މުހައްމަދު އާތިފް

🇲🇻
🏝🏝🏝🏝🏝🏝🏝🏝🏝🏝🏝


19/01/2024

މޯލްޑިވްސް ބޯއިކޮޓް ހިންދުތުވާ މޯދީގެ އަތައް ގޮވާ ބަނގްލަދޭޭސް ރައްޔިތުން ވެސް އިންޑިއާ އައުޓް ފަށައިފި.ބަނގްލަދޭސް ރައްޔިތުން ގަބޫލުކުރާ ގޮތުގަ ރައީސް މުއިއްޒަކީ ހީރޯއެއް.ހިތް ވަރާއެކު އިންޑިއާގެ ހިންދުތުވާ މޯދީ އާ ކުރިމަތިލީ ކެރޭ ލީޑަރެއް.މި ސަރަހައްދުގެ ސަލާހުއްދީން އައްޔޫބީ ކަމަށް ބަނގްލަދޭސް ގެ ގިނަބަޔަކު ގަބޫލުކުރޭ.އިންޑިއާގަ މޯދީ އައުޓް ވެސް ފެށިއްޖެ.

🇲🇻

17/01/2024

މިކަމުގަ ދިވެހިން ފަސްޖެހިއްޖެނަމަ ބޮޑު ހިތާމައަކާ ކުރިމަތިލަންޖެހިދާނެ. އަންނަ ހުކުރު ދުވަހު ރާއްޖޭގެ ހުރިހާ ކަންކޮޅެއްގަ ރައްޔިތުން މަގުތަކަށް ނުކުމެ ދިވެހިންގެ ދީނާ ސިޔާދަތާ މިނިވަން ކަމުގެ ހައްގުގަ އަޑު އުފުލަން ޖެހޭ ކަމަށް އަހުރެން ގަބޫލުކުރަން
ދިވެހިންގެ އަޑު ދުނިޔެއަށް އިއްވަންވީ ވަގުތުމީ!
🇲🇻🏝☝️

ދުނިޔޭގަ ހުރި އެނެމެ އުސް އިމާރާތް ދުބާއީގަ ބިނާކޮށްފަ ހުރި 200 ބުރި އިމާރާތުގެ  160 ބުރި އަކީ ދިރި އުލުމަށް ބޭނުންކުރާ ...
29/09/2023

ދުނިޔޭގަ ހުރި އެނެމެ އުސް އިމާރާތް ދުބާއީގަ ބިނާކޮށްފަ ހުރި 200 ބުރި އިމާރާތުގެ 160 ބުރި އަކީ ދިރި އުލުމަށް ބޭނުންކުރާ ބުރިތައް.އެއިމާރަތް ބިނާކޮށްފަ ހުރީ 2 އަކަ ކިލޯމީޓަރު ސަރަހައްދުގެ ބިން ކަވަރުވާނެހެން.އެ އިމާރަތް ބިނާކުރުމަށް ހަރަދު ވީ ފަނަރަ ސަތޭކަ މިލިއަން ޑޮލަރު ( 1.5 ބިލިއަން ޔޫއެސް ޑޮލަރު). ބުރުޖު ހަލީފާ ޓަވަރަކީ އިންޖިނިއަރިން އަދި އިންފްރާސްޓްރަކްޗަރުގެ އަޖާއިބެއް!

ނަމަވެސް ދަރުމަވަންތަ ހޮސްޕިޓަލަކީ އެންމެ 27000 އަކަ ފޫޓުގަ ބިނާކޮށްފަ ހުރި 25 ބުރީގެ އިމާރާތެއް.އަޖީއެމްއެޗް 25 ބުރި އިމާރާތަކީ ސިންގަޕޫރުގެ ޗަންގް ހަވާއާ ހަވާލުކޮށް ހިންގި މަސްރޫއެއް.

އެ އިމާރަތް ބިނާކުރުމަށް ހަރަދުވީ 140 މިލިއަން ޔޫއެސް ޑޮލަރު.
ބުރުޖު ހަލީފާ ގެ 25 ބުރި އަށް ހަރަދުވި ވަރަށް ވުރެ އެތައް އެތައް ގުނަ އަށް ވުރެ ނިސްބަތުން ގިނަ ފައިސާ 27000 އަކަ ފޫޓުގަ 25 ބުރި އިމާރަތް ކުރަން ހަރަދުވި.

ވީމާ ދަރުމަވަންތަ ހޮސްޕިޓަލަކީ ދުނިޔޭގަ ބަޔަކު ހިންގި ވައްކަމާ ފަސާދައިގެ އެންމެ ބޮޑު ޖަރީމާ.ވައްކަމާ ކަރަޕްޝަނުގެ "ލާމަސީލު ނަމޫނާ" އެއް.
އެއިމާރަތު ގެ ޕްރޮޖެކްޓް ބެލެހެއްޓި ވަޒީރަކީ ޕީއެޗްޑީ ހަދާފަ ހުރި ސިވިލް އިންޖިނިއަރެއް ކަމަށްބުނާއިރު މިކަމަށް ޖަވާބު ދާރީ ވެވޭނެތޯ؟

ދިވެހިރާއްޖޭގެ ރައްޔިތުންގެ ގިނަބަޔަކު ތިބީ އަނިޔާވެރިކަމާ ވައްކަމާ ފަސާދައަށް ރުހިގެންތޯ ނޫނީ ރާއްޖޭގެ ރައްޔިތުން ނަށް ޒުވާނުންނަށް ބޯހިޔާ ވަހިކަމާ ތައުލީމު ލިބުންފަދަ އަސާސީ ހައްގުތައް ކަށަވަރުވާ އުފަވެރި އަމާން ރާއްޖެއެއް ލިބުމަށް އެދިގެންތޯ ކަށަވަރުވާނީ މާދަމާގެ އިރު އޮއްސުމާއެކުއެވެ!!!!؟

ޑރ.މުހައްމަދު އާތިފް





📌އިންޑިއާގެ  ހިންދުތުވާގެ މަކަރު ވެރި ރޭވުމުގެ ދަށުން ދިވެހިރާއްޖޭގެ ފޯޅަވަހި ނީލަންކިޔާ ރައްޖޭގެ ކަނޑުގެ ހާއްސަ އިގްތިސ...
14/08/2023

📌އިންޑިއާގެ ހިންދުތުވާގެ މަކަރު ވެރި ރޭވުމުގެ ދަށުން ދިވެހިރާއްޖޭގެ ފޯޅަވަހި ނީލަންކިޔާ ރައްޖޭގެ ކަނޑުގެ ހާއްސަ އިގްތިސާދީ ސަރަހައްދު(EEZ )ގެ ބޮޑުބައެއް ވިއްކާލީ ރައީސް ނަސީދު އަދި ރައީސް ސޯލިހުގެ މަކަރުވެރި ރޭވުމުގެ ދަށުން!

ވެރި ކަމުގެ ދަހިވެތިކަމުގަ އެ 2 ހާއިނުން އިންޑިއާއަށް ވިކި އެ ހިންގި ޖަރީމާ އަކީ ދިވެހިރާއްޖޭގެ ސިޔާދަތާ މިނިވަން ކަމަށް އޮތް ނުރައްކަލެއް.އެ 2 ހާއިނުން ބޭނުމީ ހިންދުތުވާ އިންޑިއާއަށް ވިކި އެމީހުންގެ ސްޓޭޓަކަށް ދިވެހިރާއްޖެ ހަދާފަވެސް ރާއްޖޭގެ ވެރިކަން.ވެރިކަމުގެ ދަހިވެތި ކަމުގަ ދުނިޔޭން މޮޔަވެފަ ތިބި 2 ވެރިން ނަށް އިންޑިއާއިން މަދަދުކޮށް އިންޑިއާ ބޭނުންވީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގަ ހުރި ޕެޓްރޯލާ ނެޗްރަލް ގޭސް (ހައިޑްރޯކާބަން ރިޒާވް).

އިންޑިއާއަކީ މިއަދު ދުނިޔޭގަ އެންމެބޮޑަށް ތެލުގެ ހަކަތަ ބޭނުންވެފަވާ ގައުމުތަކުގެ 4 ވަނައިގަ އޮތް ގައުމު.

ރައީސް އިބޫ ސޯލިހު އަދި ކެރަފާ ނަޝީދުގެ މަކަރުވެރި ރޭވުމުގެ ދަށުން މޮރިޝަސް އަށް،ވަގު ސިޓީ ފޮނުވާ ރާއްޖޭގެ ފޯޅަވަހި އަދި ކަނޑު ވިއްކާލީ އިންޑިޢާއަށް.އެއީ ރާއްޖޭގެ ކަނޑުގެ ބިންގަނުޑަ ހުރި ގޭހާ ޕެޓްރޯލް ދަމައި ގަތުމަށް ކަމަށް،އަހުރެން ގަބޫލުކުރަން!

ޑރ.މުހައްމަދު އާތިފް




ވެރިކަމަށް ކުރިމަތިލާ މީހުންގެ ކިބައިގަ ހުންނަން ޖެހޭ ޝަރުތުތައް ތެރޭގަ  "ބުއްދި ސަލާމަތުން ހުރުން"  ގާނޫނު އަސާސީގަ ހިމ...
25/07/2023

ވެރިކަމަށް ކުރިމަތިލާ މީހުންގެ ކިބައިގަ ހުންނަން ޖެހޭ ޝަރުތުތައް ތެރޭގަ "ބުއްދި ސަލާމަތުން ހުރުން" ގާނޫނު އަސާސީގަ ހިމަނާފަ ވާއިރު އެކަން މާނަކުރާ ގޮތެއް އަދި އެކަން ޓެސްޓް ކުރެވޭނެ ހަމައެއް ނެތުމަކީ މައްސަލައެކެވެ!

ނަމަވެސް މިއަދު ރައްޖޭގަ ކަރަޕްޝަން، ފަސާދަ ، އަދި ވައްކަން ކުރުމާ ، ބޮން ގޮއްވުމާ ، މީހުން މެރުމާއި އިންތިހާއަށް ރައްޔިތުން ގުނބޯ ހެއްދުމާ މަކަރާ ހީލަތް ހަދާ ރައްޔިތުންނަށް ބޮޑެތި "ބުހުތާން ދޮގު"ތައް ހެދުން ފަދަ ކަންކަން ސިޔާސީ ވެރިންގެ ކިބައިން ފެންނައިރު ރާއްޖޭގަ އަދި މިހާރު އޮތް އެމްޑީޕީ ސަރުކާރަކީ ސަރުކާރެއްގެ ސިފަ ކެނޑި ބުއްދިގޯސްވެ ސައިކޯވެފަ ތިބި ބަޔަކު ޔައުނީ ސައިކޯޕޭތުން ނުވަތަ ސޯޝިއޯޕޭތުން އަދި ނާސިސިސްޓުންގެ ބަޔަކު ރައްޔިތުންގެ މައްޗަށް ގަދަވެގަނެ ހިންގާ "ޕެތޮކްރެސީ" އަކަށް ވެފަވާއިރު މިހާރު ވެރިކަމުގަ ހުރި ރައީސް ސޯލިހުގެ ބުއްދި ސަލަތުން ހުރިތޯ ޓެސްޓުކުރަން ނުޖެހެނި ހެއްޔެވެ!!!؟

މިކަން ކުރުން މުހިންމުވާ ސަބަބަކީ "ސައިކޯޕެތީ" ފަދަ ނަފްސާނީ މައްސަލަ ތަކަކީ އެންނިހެން ޕްރޮފެޝަންތަކާ ހިލާފަށް ސިޔާސީ މީހުންގެ ތެރޭން ގިނައި ފެންނަ ސައިކިއެޓްރިކް މައްސަލަ އަކަށް ވާތީއެވެ! އަދި މި ފަހަކަށް އައިސް ވެރިކަމަށް ކުރިމަތިލާ އެއްބަޔަކީ ނޫނީ ރައީސް ޔާމީނު ފަދަ ވެރިންނަކީ ޖަލުގަ ގިނަދުވަސް ތައް ހޭދަކޮށްފަވާ ބައެކެވެ.

އަދި މިހާރު ވެރިކަމުގަ ހުރި ރައީސް ސޯލިހަކީ ފަހަކަށް އައިސް ބުއްދު ގޯސްވެފަވާ މީހެއްފަދައިން ސިޔާސީ ފޯރަމްތަކުގަ ކިޔޭނުކިޔޭ ނޭންގެ ފަދައިން ބުހުތާން ދޮގުހަދާ "ކޮސް ގޮވަމުން" މީހަކަށް ވާތީއެވެ.އެއީ ވާހަކަ ދައްކާއިރު ދޫ އޮޅުމެއްވެސް ނޫނެވެ.ނަމަވެސް ބުއްދީގަ މައްސަލަ ޖެހިފަވާކަމުގެ އަލާމާތެވެ.

މީގެ އެއް މިސާލަކީ އޭނާ ވާހަކަދައްކަމުން ބުނެފަ ވަނީ "2018 އިން ފެށިގެން ވެރިކަން ކުރާތާ 10 އަހަރު ވެފަވާއިރު . . ."މިފަދަ އެތައް ވާހަކަތަކެކެވެ!

ނަފްސާނީ ބަލިތަކާ ބެހޭ ދުނިޔޭގެ ބޮޑެތި މާހިރުން ބުނަމުންދަނީ ވެރިކަމުގެ ބޮޑެތި މަގާމުތަކަށް ކުރިމަތިލާމީހުން ގެ ކިބައިގަ ނޫނީ ސިޔާސީ ދާއިރާގަ ސައިކޯޕެތީ ނައްތާލުމަށް ޓެސްޓް ކުރުން މުހިންމު ކަމަށެވެ.

ސައިކޯޕޭތުން އަދި ނާސިސިސްޓުންގެ އެންމެ އާންމު ސިފަޔަކީ ރައްޔިތުންނަށް ބޮޑެތި ބުހުތާން ދޮގު ހެދުމާ މަކަރާ ހީލަތް ހަދާ ވަރަށް ހެޔޮ އޯގާތެރި ވެރިންނަށް ހެދިގެން އުޅުމެވެ.ރައްޔިތުން ގުނބޯ ހެއްދުމެވެ.

ވެރިކަން ހޯދުމަށް މީހުންމެރުމާ ބޮން ގޮއްވުން ފަދަ ބޮޑެތި ޖަރީމާ ހިންގުމެވެ.މިފަދަ ހުރިހާކަމެއް ވަނީ ރާއްޖޭގެ ސިޔާސީ މަސްރަހުގަ އަށަގަނެފައެވެ.

ގިނަ މީހުން ޝައުގުވެރިވަނީ ކާމިޔާބު ޝަޚުސިއްޔަތުތަކެއް ހުންނަ މީހުންނަށެވެ. ސައިކޯޕޭތު މީހުންގެ ކިބައިގައި ހުންނަނީ އެމީހުން ކަމުދާ އަދި އެމީހުންނަށް ތައުރީފު ކުރާ ކަހަލަ ޝަޚުސިއްޔަތުތަކެކެވެ. އެމީހުން އަހަރެމެންގެ ރައްޓެހިންގެ ގޮތުގައި ހުށަހަޅައި، އަހަރެމެން ގިނަ ފަހަރަށް އެކަމަށް ވެއްޓިގެންދެއެވެ. އެމީހުން އަހަރެމެންގެ ޖަޒުބާތުތަކާ ކުޅެއެވެ.އަދި އެއީ އެކަމުގެ މާސްޓަރުންނެވެ. އަހަރެމެންނަށް އެ
ީމީހުންގެ ހަގީގަތް އެނގިގެން އަންނައިރު
އިއާދަ ނުކުރެވޭ ވަރުގެއްލުން ވާނީވެފައެވެ.

ރައްޔިތުން މެނިޕިއުލޭޓް ކުރުމަކީ އެމީހުންގެ އުފަލެވެ.

މިފަދަ ނުރައްކާތެރި މީހުން އެމެރިކާ ފަދަ ގައުމުތަކުގަ މިލިޓަރީއަށް ވަދޭތޯ ވަޒީފާދިނުމުގެ ކުރިން ޓެސްޓު ހަދައެވެ؟

ބުއްދި ސަލާމަތުން ހުރިތޯ ނޫނީ
ސައިކޯޕޭތުން އަދި ނާސިސިސްޓުން ދެނެގަތުމަށްޓަކާ ހަދާ ތަފާތު "ސްކްރީންކުރާ ޓެސްޓް" ތަކަކީ:

- ކްރިސް ޕެޓްރިކް އާއި އޭނާގެ އެކުވެރިން ތަރައްގީކޮށްފައިވާ (TriPM) ޓްރައިޕީއެމް ޓެސްޓް- "ޓްރައިއާޗިކް ސައިކޮޕެތީ މޮޑެލް" އެވެ.

- ސައިކޯޕެތީ ޗެކްލިސްޓް ނުވަތަ ހެއާ ސައިކޮޕެތީ ޗެކްލިސްޓް-ރިވައިޒްޑް، މިހާރު ސައިކޮޕެތީ ޗެކްލިސްޓް-ރިވައިޒްޑް(PCL-R) "ޕީސީއެލް-އާރ" ޓެސްޓް

"ޕީސީއެލް-އާރ" ޓެސްޓް އަކީ ފަރުދުންގެ ކިބައިގައި ޝަޚުޞިއްޔަތުގެ މައްސަލަ ނުވަތަ "ސައިކޯޕެތީ" ހުރި މިންވަރު ވަޒަންކުރުމަށް އާންމުކޮށް ބޭނުންކުރާ ނަފްސާނީ ވަޒަންކުރުމުގެ ވަސީލަތެކެވެ.އަދި
ގިނަ ފަހަރަށް ޖިނާއީ އަދުލުގެ ނިޒާމުގައި އެފަދަ މީހުން ދެނެގަތުމަށް ބޭނުންކުރާ ޓެސްޓެކެވެ.

ބޭރުގެ ގައުމުތަކުގަ ޖަލުގަ ތިބޭ ކުށްވެރިން ދޫކުރުމުގެ ކުރިން ދައުލަތުގެ ނަފްސާނީ މާހިރަކު(ސައިކޮލޮޖިސްޓެއް)
ފުރަތަމަ ވަޒަންކުރަން ޖެހެނީ ކުށްވެރިއާ ދޫކޮށްލައިފިނަމަ އިތުރު އަނިޔާވެރިކަމުގެ ނުރައްކާ އޮތްތޯ އެވެ. އެކަން ކުރުމަށްޓަކައި ސައިކޮލޮޖިކަލް ޓެސްޓެއް ހަދައެވެ.މިގޮތުން —(PCL-R) ޕީސީއެލް-އާރް ނުވަތަ ސައިކޯޕެތީ ޗެކްލިސްޓް-ރިވައިޒްޑް —ޓެސްޓަކީ އެ ގައިދީއަކީ ސައިކޯޕޭތު މީހެއްތޯ ބެލުމަށް ފަރުމާކޮށްފައިވާ ޓެސްޓެކެވެ.

ޖަލުތަކުތިބި ބޮޑެތި ކުށްވެރިން ވެރިކަމަށް ކުރިމަތިލާއިރު "ބުއްދި ސަލާމަތުން ހުރުން" ބެލުމަށް
މިފަދަ ޓެސްޓު ކުރަންޖެހޭ ކަމަށް އަހުރެން ގަބޫލުކުރަމެވެ.

ޑރ.މުހައްމަދު އާތިފް

ރިފަރެންސް:

1- Screening Tests for Psychopathy
https://psychopathyis.org/screening/

2- How to stop psychopaths and narcissists from winning positions of power
https://theconversation.com/how-to-stop-psychopaths-and-narcissists-from-winning-positions-of-power-158183

3-The Rise of the Psychopath and Sociopath to Political Power
https://medium.com/world-issues-politics-economics-and-more/the-rise-of-the-psychopath-and-sociopath-to-political-power-b67ef9073477

05/01/2023
މީގެ ސާދަ ސަތޭކަ އަހަރު ކުރިން ﷲ ބާވާލެއްވި ކީރިތި ގުރުއާންގަ ދޮގުހަދާ މީހުންނާ ބެހޭ ގޮތުން ބާވާލެއްވި އާޔަތުގަ ވެސް ބަޔ...
05/01/2023

މީގެ ސާދަ ސަތޭކަ އަހަރު ކުރިން ﷲ ބާވާލެއްވި ކީރިތި ގުރުއާންގަ ދޮގުހަދާ މީހުންނާ ބެހޭ ގޮތުން ބާވާލެއްވި އާޔަތުގަ ވެސް ބަޔާާން ވަނީ ވިސްނާ ފިކުރު ކުރާ ބަޔަކަށް އަޖައިބު ކުރަނިވި ސައިންސްގެ ހަގީގަތެކެވެ.މިއަދު ހޯދިފަވާ ސައިންސްގެ ސާފު ހެއްކެވެ.

كَلَّا لَئِن لَّمْ يَنتَهِ لَنَسْفَعًا بِالنَّاصِيَةِ.نَاصِيَةٍ كَاذِبَةٍ خَاطِئَةٍ.
"ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ހަމަކަށަވަރުން، އޭނާ އެކަންތައް ހުއްޓައިނުލިނަމަ، ތިމަންރަސްކަލާނގެ އޭނާގެ ނިތްގަނޑުގައި ހިއްޕަވައި ނަރަކަޔަށް ގެންދަވާހުށީމެވެ.އެއީ ދޮގުވެރި، ކުށްވެރި ނިތްގަނޑެކެވެ."
(އަލްޢަލަޤް:15-16)

ނިތްގަނޑު (نَاصِيَةٍ)
މާނައަކީ ސިކުނޑީގެ ކުރި މަތީބައި (ފްރޮންޓަލް ލޯބް) އެވެ. ދޮގުހަދާ މީހެއްގެ އޮންނާނީ ދޮގުވެރި ކުއްވެރި ނިތްގަނޑެކެވެ.

"ފްރޮންޓަލް ލޯބް" އަކީ ސިކުނޑީގެ ހަތަރު ބައިގެ ތެރެއިން އެންމެ ބޮޑުބައެވެ.އެބައި ވަނީ ނިތްކުރީގެ ފަހަތުގަ ބޮލުގެ ނާށިގަނޑު ތެރޭގެވެ.އެއީ ރޭވުމާ ސައްލާ ކުރުމާ ޖަޒުބާތާ ،އިޖްތިމާއީ ގުޅުންތަކާ އަނެކާގެ ޖަޒުބާތު ދެނެގަތުމާ މީހާގެ ސަހުސިއްޔަތު ތަރައްގީވުމާ ،މޫޑާ މިޒާޖާ ،ކަންކަމަށް އިސްނެގުމާ، ދުރުވިސްނާ އެކަންކަން ހައްލު ކުރުމާ ،ވަކި ތަރުތިީބަކުން ސެޑޫލަކަށް ކަންކަން ކުރުމާ ،ކުރިން ދިމާވިކަންތަކާ ބުނިވާހަކަ ހަނދާން ހުރުމާ
މީހުން ބުނާއެއްޗެއްސާ ދިމާވާ ކަން ދެނެ ގަނެ އެކަންކަމަށް ރިއެކްޓް ކުރުމާ ބަސްމޮށުމާ ވާވާހަކަ ދެއްކުން ފަދަ ކަންކަމާ ގުޅިފަވާ ބައެވެ.

"ފްރޮންޓަލް ލޯބް" ޔައުނީ ނިއްގަނޑުގަ ބޭނުންކޮށް ދޮގުހަދާނެއެވެ.އަދި ފްރޮންޓަލް ލޯބް ގަ މައްސަލަ އުޅޭނަމަ ކަންކަމާ "ރިއެކްޓް" ކުރުން ދައްވާނެއެވެ.

އެކްސިޑެންޓްވެ ނޫނީީ ސްޓްރޯކް ފަދަ ކަންކަން ތިމާވެ ނިއްގަނޑަށް ގެއްލުން ވުމުން މިކަންކަން ސާބިތުވެއެވެ.މިއީ ސައިންސްގެ ހޯދުމެވެ.ނަމަވެސް ހުރިހާކަމެއް މޮޅަށް ދެނެވޮޑިވެންވާ ﷲ މީގެ 1400 އަހަރުކުރިން ބާވާލެއްވި ގުރުއާންގަ ވާ "ސައިންޓެފިކް މިރެކްލް" އެވެ.

إِنَّمَا يَفْتَرِي الْكَذِبَ الَّذِينَ لَا يُؤْمِنُونَ بِآيَاتِ اللَّهِ ۖ وَأُولَٰئِكَ هُمُ الْكَاذِبُونَ
"ދޮގުހަދާކަން ކަށަވަރީ، اللَّه ގެ آية ތަަކަށް إيمان ނުވާ މީހުންނެވެ. އަދި އެއުރެންނީ ހަމަ، ދޮގުވެރިންނެވެ."
(އަންނަޙްލް:105)

ދެރަދުން އެތައް ސައްލާއެއް ކުރިއެވެ.ޖަޒީރާ ސައްލާ ،ރައްވެހި ސައްލާ މިހެން ގޮސް ކަންމަތި ސައްލާވެސް ރޭވިއެވެ.ދެރަދުން ސައްލާތައް ކޮށް މަކަރުވެރި ރޭވުން ތައް ރާވަމުން ދިޔައިރު ރައްޔިތުން ހީކުރީ ނަލަފަތިހަކަށް އިރުއަރާނެ ކަމަށެވެ.ނަމަވެސް ފަތިސް ނުވަނީ ހުން އިރާކޮޅު އަމިއްލައަށް ބޮންގޮއްވާ އިރުއެރީ ކެހިވެރި ފަތިހަކަށެވެ.ގޮއްވަން ރޭވިއެތި އަމިއްލަ ފައިބުޑަށް ގޮވީއެވެ!

އެކަންވެސް އޮޅުވާލީއެވެ.

އިބޫއަށް "ރިއެކްޓް" ނުކުރެވެނީ އޭނާގެ ދޮގުވެރި ކުއްވެރި ނިތްގަނޑުގެ ސަބަބުން ކަމަށް ގަބޫލުކުރަންޖެހެނީ އޭނާ މިހާތަނަށް ރައްޔިތުންނަށް ހަދާފަވާ ބޮޑެތި ދޮގުތަކާ އޮލުވާލުންތަކުގެ ތަކުގެ ސަބަބުންނެވެ.

26/01/2022

Urgent: As of December 2020, only 58% of requested funding under the UN Humanitarian Response Plan in Yemen was delivered due to lack of funding. Paired with ongoing conflict -and our current uncertain times, “Yemen is ranked among the worst humanitarian crises to watch in 2021” (UNHCR). The peo...

18/01/2022

Saving lives, changing lives

21/12/2021
19/11/2021
13/11/2021
05/08/2021
20/05/2021

Dhauvaa Nukurevey Meeheh Ge Nan List Aku Nei Kamah Commission In Buni: Inthi

20/05/2021

Adeeb Ge Bahuge Mahchah Mulhi Thahugeegu Binaa Kurumakee Viyaanudhaa Kameh: Usham

20/05/2021

Nasheed Avahaarakohlan Dhin Hamalaa Aai Gulhey Ithuru Mauloomaath Maadhamaa Haamakuraane

20/05/2021

Molhadhoo Abdulla Hayyaru Kuree Hamalaa Eh Dheyn Raavamun Dhanikoh - Fuluhun

20/05/2021

Inzaaruge Vaguthu Hamavejje

20/05/2021

Adubarey Ah Jalu Hukumeh Kanda Alhai Dhinumah Edhijje

Address


Alerts

Be the first to know and let us send you an email when The Maldives Chronicle posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to The Maldives Chronicle:

Videos

Shortcuts

  • Address
  • Alerts
  • Contact The Business
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share