VTV

VTV VTV is highly receptive to creativity and remains ready to usher in new technology. While it values it was just an idea at first.

It was long ago when the most celebrated businessmen and the business mastermind: Qasim Ibrahim, previous chairman of Villa Shipping & Trading Co. the largest business organization in the Maldives came up with the idea to build the most technologically advanced TV Station in the Maldives. But with an investment of over seven million dollars in the making and one year after the launch, VTV stands f

irm as the first licensed private TV station in the country. Launched on the 5th of September 2008, VTV has a satellite foot print over most of the world accept North America. Our Air time covers almost all aspects of broadcasting. Politics, News & Current Affairs, Educational, and Sports & Entertainment are just some of the areas covered. As VTV is a free to Air channel, we did not start to work commercially until the 5th September 2009. Now as a commercial channel business entity we have ties to almost all of the business industries advertising their products to Maldives as well as other countries. With a viewer rate of almost 90% of the Maldivian population.

18/06/2018
Mihaathanah Voters list Ah Libifaivany 34 Shakuvaa

މިހާތަނަށް ވޯޓާސް ލިސްޓަށް ލިބިފައިވަނީ 34 ޝަކުވާ - އީސީ

މިދިޔަ ހަފުތާގެ އާދިއްތަ ދުވަހުގެ ރޭ އާއްމު ކުރި ވޯޓާސް ލިސްޓަށް މިހާތަނަށް 34 ޝަކުވާއެއް ލިބިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.

މިހެން އިލެކްޝަންސްއިން ހާމަކޮށްފައިވަނީ ސަން ޓީވީގެ "އިތުރުކާފު" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން އީސީގެ މެމްބަރު އަހުމަދު އަކްރަމްއެވެ. އަކްރަމް ވިދާޅުވީ ވޯޓާސް ލިސްޓަށް މިހާތަނަށް 34 ޝަކުވާއެއް ހުށަހެޅިފައިވާ ކަމަށާއި މީގެ ތެރޭގައި ހުރީ 18 އަހަރު ނުފުރޭ ކުޑަކުދިން ލިސްޓުގައި ހިމެނުމާ އަދި މަރުވަފައިވާ ފަރާތްތަކުގެ ޝަކުވާތައް ކަމަށެވެ.

ރިއާސީ އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ވަގުތީ ލިސްޓުގައި، 263،000 މީހުންގެ ނަން އީސީން ހިމަނާފައިވާއިރު، އަކްރަމް ވިދާޅުވީ ރިޔާސީ އިންތިޚާބުގައި ވޯޓުލެވޭ މީހުންގެ ލިސްޓަށް މިހާތަނަށް އެއްވެސް ސިޔާސީ ޕާޓީއަކުން ޝަކުވާއެއް ހުށަހަޅާފައި ނުވާ ކަމަށެވެ.

އަކްރަމް ވިދާޅުވީ ޝަކުވާތަށް ހުޅަހެޅުމުގެ ފުރުސަތު ބުދަ ދުވަހާއި ހަމައަށް އޮންނާނެ ކަމަށާއި އެކޮމިޝަނަށް ހުށަހަޅާ މައްސަލައެއްގެ ޖަވާބު ފަސް ދުވަހުގެ ތެރޭގައި އަރުވާނެ ކަމަށެވެ. އަދި އީސީއިން ނިންމި ގޮތާމެދު ހިތްހަމަ ނުޖެހޭނަމަ ކޯޓަށް ދިއުމުގެ ފުރުސަތު އޮންނާނެ ކަމަށްވެސް އަކްރަމް ވިދާޅުވިއެވެ.

ލިސްޓުގައި އޮތް ނަމާއި މައުލޫމާތު ނުބައި ނަމަ ޝަކުވާ ހުށަހަޅަން ޖެހެނީ، މާލޭގައި ނަމަ އިލެކްޝަންސް ކޮމިޝަނަށެވެ. އަދި ރަށްރަށުގެ ރަށު ކައުންސިލްތަކަށް ވެސް ޝަކުވާ ހުށަހެޅޭނެ އެވެ. ގެޒެޓުގެ އިތުރުން އިލެކްޝަންސް ކޮމިޝަންގެ ވެބްސައިޓުގަ ވޯޓާސް ލިސްޓް އާއްމުކޮށްފައިވާއިރު، މިފަހަރު ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ދީފައިވަނީ 10 ދުވަހެވެ. އަދި ރަށް ރަށުގެ ކައުންސިލްގައިވެސް މިލިސްޓްވަނީ އާއްމުކޮށްފައެވެ.

Mihaathanah Voters list Ah Libifaivany 34 Shakuvaa

18/06/2018
Fahu Vaguthu Kane England Molhu Koh Dheefi

ފަހު ވަގުތު ކޭން އިންގްލޭންޑް މޮޅުކޮށްދީފި

ފަހުވަގުތު ހެރީ ކޭން ކާމިޔާބުކުރި ގޯލުން ޓިއުނީޝިއާގެ މައްޗަށް 2-1 އިން އިންގްލޭންޑުން ކުރި ހޯދައިފިއެވެ.

ގްރޫޕް ޖީގައި ހިމެނޭ މި ދެ ޓީމު މިރޭ ބައްދަލުކުރި މެޗުގައި އިންގްލޭންޑުން ރަނގަޅު ކުޅުމެއް ދެއްކިއިރު ގޯލްޖަހާނެ ފުރަތަމަ ފުރުސަތު ތަނަވަސްކުރީ ވެސް އެޓީމުންނެވެ. ނަމަވެސް ޓިއުނީޝިއާގެ ޕެނަލްޓީއޭރިއާގެ ތެރޭ ހުރެ ޖެސީ ލިންގާޑް ފޮނުވާލި އެ ހަމަލާ ޓިއުނީޝިއާގެ ކީޕަރު ވަނީ ދިފާއުކޮށްފައެވެ.

މި ފުރުސަތުގެ ބޭނުން ނުހިފުނު ނަމަވެސް މެޗުގެ 11 ވަނަ މިނެޓްގައި ހެރީ ކޭން ވަނީ އިންގްލޭންޑަށް ލީޑު ނަގާދީފައެވެ. ކޭން މި ގޯލު ކާމިޔާބުކުރީ ޖޯން ސްޓޯންސް ބޮލުން ފޮނުވާލި ހަމަލާއެއް ޓިއުނީޝިއާގެ ކީޕަރު ދިފާއުކުރުމުން ބޭރަށް ނިކުތް ވަގުތުގައެވެ.

މި ގޯލަށްފަހު ވެސް އިންގްލޭންޑުން ވަނީ ގޯލްޖަހާނެ ރަނގަޅު އިތުރު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އެގޮތުން ހެންޑަސަން ފޮނުވާލި ބާރު ހަމަލާއަކާއި މެގުއާ ބޮލުން ފޮނުވާލި ހަމަލާއެއް ޓިއުނީޝިއާގެ ކީޕަރު ދިފާއުކުރިއިރު ޓިއުނީޝިއާގެ ޕެނަލްޓީއޭރިއާ ތެރޭ ހުރެ ލިންގާޑް ފޮނުވާލި ބާރު ހަމަލާ ޓިއުނީޝިއާގެ ކުޅުންތެރިއަކު ވަނީ ބްލޮކްކޮށްފައެވެ.

މި ފުރުސަތުތަކުގެ ބޭނުން އިންގްލޭންޑުން ނުހިފުމުގެ ނަތީޖާއަކަށްވީ މެޗުގެ 35 ވަނަ މިނެޓްގައި ޓިއުނީޝިއާ އިން ނަތީޖާ އެއްވަރުކުރުމެވެ. ޓިއުނީޝިއާ އަށް ލިބުނު ޕެނަލްޓީ އަކުން މި ގޯލު ކާމިޔާބުކޮށްދިނީ ފެރްޖާނީ ސާސީއެވެ. މި ޕެނަލްޓީ ޓިއުނީޝިޔާ އަށް ލިބުނީ އިންގްލޭންޑްގެ ޕެނަލްޓީއޭރިއާ ތެރެއިން އެޓީމުގެ ވޯކާ ޓިއުނީޝިއާގެ ކުޅުންތެރިއަކަށް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއެކެވެ.

އިތުރު ތަފްސީލް އަންނަނީ

Fahu Vaguthu Kane England Molhu Koh Dheefi

18/06/2018
BREAKING NEWS: Saudige Gaumee Team Dhathuru Kuramun Dhiya Flightgai Alifaan Roavehjje

ސައުދީގެ ގައުމީ ޓީމް ދަތުރު ކުރަމުން ދިޔަ ފުލައިޓްގައި އަލިފާން ރޯވެއްޖެ

ވޯލްޑްކަޕްގްއި ކުޅޭ ސައުދީގެ ގައުމީ ޓީމް ދަތުރު ކުރަމުން ދިޔަ ފުލައިޓްގައި އަލިފާން ރޯވެއްޖެއެވެ. ރޯވެފައިވަނީ ސައުދީގެ ޓީމް ދަތުރު ކުރަމުން ދިޔަ ރަޝިޔަން އެއަރލައިންގެ އެއަރބަސް A319-100 ގައެވެ.

މި ހާދިސާ ހިނގާފައި ވަނީ ސައުދީގެ ޓީމް ވޯލްޑްކަޕްގައި އެ ޓީމް ކުޅޭ ދެ ވަނަ މެޗް ކުޅުމަށް ރަޝިޔާގެ ރޮސްޓްރޯވްއަށް ދަތުރު ކުރަމުން ދަނިކޮށެވެ.

ސައުދީގެ ފުޓްބޯޅަ އިދާރާއިން ބުނީ މި ހާދިސާ ހިނގާފައި ވަނީ ވައިގެ ތެރޭގައި ކަމަށެވެ. މި ހާދިސާގައި ޓީމުގެ އެއްވެސް މެންބަރަކަށް އަނިޔާވެފައިއެއް ނުވެއެވެ،

ސައުދީ ޓީމް ވޯލްޑްކަޕްގައި ކުޅޭ ދެވަނަ މެޗްގައި އަންނަ ބުދަ ދުވަހު ނިކުންނަނީ އުރުގުއޭ އާ ދެކޮޅަށެވެ.

ތަފްސީލް އަންނަނީ...

BREAKING NEWS: Saudige Gaumee Team Dhathuru Kuramun Dhiya Flightgai Alifaan Roavehjje

18/06/2018
Brazil Ge Maguthakugai Kulalaan Huri Gabriel Mihaaru Team Ge Forward Akah

ބުރެޒިލްގެ މަގުތަކުގައި ކުލަލާން ހުރި ގެބްރިއެލް މިހާރު ޓީމްގެ ފޯވާޑް އަކަށް

އުމުރުން 17 އަހަރުގައި މެންޗެސްޓާ ސިޓީގެ ފޯވަޑް ގެބްރިއެލް ޖެސޫސް ބްރެޒިލްގެ މަގުތަކުގައި ކުލަލާން ހުރި މަންޒަރު ފެންނަ ފޮޓޯތައް މީގެ ކުރިންވެސް ވަނީ އާންމުވެފައެވެ. 2014 ވަނަ އަހަރުގެ ވޯލްޑް ކަޕް ބްރެޒިލްގައި އޮތް އިރު އެކަމުގެ މުނާސަބަތުގައި ސައޮޕައޮލޯގެ މަގުތަކުގައި ގްބްރިއެލް ކުލަލި އިރު މިއަދު އޭނާ ވެފައި މިވަނީ ޒުވާނުން ފާރުތަކުގައި ކުރަހާ ތަރިއަކަށް ވެފައެވެ.

މިހާރު ސައޮޕައޮލޯގެ މަގުތަކުގައި މުޅިވެސް ފެނިގެންދަނީ ގެބްރިއެލްގެ ކުރެހުންތަކެވެ. އޭނާ ބްރެޒިލްގެ ރީނދޫ، ފެހި އަދި އަދި ނޫ ކުލައިގެ ޖާޒީގައި އޭނާގެ ގޯލް ސެލެބްރޭޝަންގައި ހުއްޓި ހުންނަ މަންޒަރު ފެންނަ ކުރެހުންތައް އެންމެ ގިނައީ އޭނާ އުޅެ ބޮޑުވި ރަށް ކަމަށްވާ ޖާޑިމް ޕެރީގައެވެ.

ގެބްރިއެލްގެ ސެލެބްރޭޝަން އަކީވެސް ބްރެޒިލްގެ ގިނަ ބަޔަކު އޭނާ ދެކެ ލޯބިވާ ސަބަބެކެވެ. އެއީ އޭނާ އުޅެ ބޮޑުވިތަން އޭނާ ހަނދާން ހުންނަ ކަމުގެ ނިޝާނަކަށް ވާތީއެވެ. އެ ސެލެބްރޭޝަން އަކީ އޭނާގެ އަތުން ފޯނު ކޯލެއް ކުރާާ ކަމުގެ ނިޝާން ދެއްކުމެވެ. އެއީ ސައޮޕައޮލޯގައި އުޅޭ އޭނާގެ މަންމައަށް ހާއްސަކޮށް އޭނާ ސެލެބްރޭޓު ކުރާ ގޮތެއްކަން ފާހަގަ ކޮށްލެވެއެވެ.

މިދިޔަ އަހަރުގެ ޖެނުއަރީ މަހު 27 މިލިއަން ޕައުންޑަށް ބްރެޒިލްގެ ޕަލަމެއިރަސް އިން އިނގިރޭސި ކްލަބް މެންޗެސްްޓާ ސިޓީ އަށް ބަދަލުވުމަށް ފަހު ގެބްރިއެލް ވަގުތުން ވެގެން ދިޔައީ ތަރިއަކަށެވެ. ގެބްރިއަލް ފާއިތުވި ސީޒަންގައި މެންޗެސްޓާ ސިޓީގައި ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން އޭނާ ވަނީ ޕްރިމިއާ ލީގުގައި އެ ޓީމަށް 13 ގޯލު ޖަހައިދީފައެވެ.

މި އަހަރުގެ ވޯލްޑް ކަޕް ވެގެންދާނީ ގެބްރިއެލްއަށް ބްރެޒިލްގެ ޖާޒީގައި ވިދާލަން ލިބޭ ރަނގަޅު ފުރުސަތަކަށެވެ. ސައޮޕައޮލޯގެ މަގުތަކުން ވޯލްޑް ކަޕާއި ހަމައަށް އޭނާއަށް ދެވިފައިވާއިރު މުސްތަގުބަލުގައި އޭނާ އިތުރު ކާމިޔާބީތަކެއް ހޯދާނެ ކަމަށް ބެލެވެއެވެ.

Brazil Ge Maguthakugai Kulalaan Huri Gabriel Mihaaru Team Ge Forward Akah

18/06/2018
R**e Kuraa Kamah Thuhumathu Kurumun Faadhiry Aku Eynaa Ge Jinsee Gunavan Burikoh Laifi

ރޭޕް ކުރާ ކަމަށް ތުހުމަތުކުރުމުން ފާދިރީއަކު އޭނާގެ ޖިންސީ ގުނަވަން ބުރިކޮށްލައިފި

ފާދިރީން ރޭޕް ކުރާ ކަމަށް އެއްވެ ތިބި މީހުން ތުހުމަތު ކުރަން ފެށުމުން އޭނާ އެފަދަ ކަމެއް ނުކުރާނެ ކަމުގެ ޔަގީންކަން ދިނުމުގެ ގޮތުން އޭނާގެ ޖިންސީ ގުންވަން ބުރިކޮށްލައިފިއެވެ.

އިންޑިޔާގެ ނޫސްތަކުން އެއްވެ ތިބި މީހުންނާ ހަވާލާދީ ބުނެފައިވަނީ ފާރިދީއަކު ދީނީ ނަސޭހަތް ދިނުމަތް އަވަށުގެ މީހުން އެއްކުރުމުން އޭނާއަށް ބަހުގެ ހަމަލާތަށް ދެވެން ފެށުނެވެ. އަދި ފާދިރީން މީހުން ގަދަ ކަމުން ރޭޕް ކުރާ ކަމަށްބުނެ އޭނާއަށް މަލާމާތް ކުރަން ފެށުމުން، މިފާދިރީ މީހާ މިފަދަ ކަމެއް ނުކުރާ ކަމަށް މިމީހާ ބުންޏެެވެ.

ތަކުރާރުކޮށް ބުނުމުންވެސް މީހުންގެ ފާޑު ކިޔުން އަމާޒުވަމުން ދިޔުމުން އެއްވެފައިތިބި މީހުންނަށް މިމީހާ މިފަދަ ކަމެއް ނުކުރާނެ ކަމުގެ ޔަޤީންކަން ދިނުމުގެ ގޮތުން ޖިންސީ ގުނަވަން ބުރިކޮށްލި ކަމަށްވެސް ނޫސްތަކުން ރިޕޯޓް ކުރެއެވެ. އަދި ވަގުތުން މި ފާދިރީ މީހާވަނީ ހަސްފަތާލަށް ގޮސް ފަރުވާ ހޯދާފައެވެ.

އިންޑިޔާގައި ފަހަކަށް އައިސް ފާދިރީން އަންހެން ކުދިން ރޭޕް ކުރާ މައްސަލަތައް ވަނީ ފެންމަތިވެފައެވެ. ދާދިފަހުން ކަލެއް ކަމަށް ހެދިގެން އުޅުނު މީހަކު އަންހެން ކުއްޖަކު 2 އަހަރު ވަންދެން ރޭޕް ކުރި މައްސަލައެއް ފުލުހުންނަށްވަނީ ހުށަހެޅިފައެވެ. މިމައްސަލައިގައި ފާދިރީ މިހާރު ހުރީ ޖަލު ބަންދުގައެވެ.

R**e Kuraa Kamah Thuhumathu Kurumun Faadhiry Aku Eynaa Ge Jinsee Gunavan Burikoh Laifi

18/06/2018
5 Meehunge Group Akun Firihen Kuhjakah Jinsee Goanaa Kohfi

5 މީހުންގް ގުރޫޕްއަކުން ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކޮށްފި

އިންޑިޔާގެ އުއްތަރަ ޕުރަޑޭޝްގެ އަވަށެއްގައި 5 މީހުންގެ ގުރޫޕްއަކުން ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކޮށްފި އެވެ.

އިންޑީޔާގެ ނޫސްތަކުން ބުނެފައިވަނީ މިކަން ހިނގާފައިވަނީ މިކުއްޖާ ބައިސްކަލު ހެދުމަށް ގަރާޖަށް ލާފައި ގެޔަށް އައި މަގުމަތީގައި ކަމަށެވެ. ފުލުހުންނަށް މިމައްސަލަ ހުށަހަޅާފައިވާއިރު، ޖިންސީ ގޯނާ ކޮށްފައިވަނީ 17 އަހަރުގެ ކުއްޖަކަށެވެ.

މިކުއްޖާ ބުނެފައިވަނީ ފަސް މީހުންގެ ގުރޫޕްއަކުން މިކުއްޖާއާ ދިމާކޮށް ޖަންގަލީ ތެރެއަށް ގަދަކަމުން ވެއްދި ކަމަށެވެ. އަދި މިކުއްޖާ ކުރެން ބަދުއަޚްލާޤީ އަމަލު ހިންގުމަށް އެދުނު ކަމަށެވެ. އަދި މިކަން ނުކުރުމުން އެކުއްޖާއަށް ޖިންސީ ގޮތުން ގިނަ ގޯނާ ތަކެއް ކުރި ކަމަށެވެ.

މިމައްސަލަ މިހާރު ފުލުހުން ތަޙްޤީޤު ކުރަމުންދާއިރު، މިކުއްޖާއަށް ޖިންސީ ގޯނާ ކުރި މީހުންގެ ތެރޭގައި ޕޮލިސް ކޮމިޝަނަރގެ ދަރިފުޅުވެސް ހިމެނޭ ކަމަށް މިކުއްޖާ ބުނެފައިވެއެވެ.

5 Meehunge Group Akun Firihen Kuhjakah Jinsee Goanaa Kohfi

18/06/2018
Croatia In Messi Hifahettumah Rakitic Ge Ehee Hoadhanee

ކްރޮއޭޝިޔާ އިން މެސީ ހިފަހެއްޓުމަށް ރަކިޓިޗްގެ އެހީ ހޯދަނީ

ފީފާ ވޯލްޑް ކަޕުގައި މިއަންނަ ބުރާސްފަތި ދުވަހު އާޖެންޓީނާ އާއި ކްރޮއޭޝިޔާ ބައްދަލު ކުރާއިރު އާޖެންޓީނާގެ ތަރި ލިއޮނެލް މެސީ ހިފަހެއްޓުމަށް އޭނާ އާއި އެކީ ބާސެލޯނާ އަށް ކުޅޭ ރަކިޓިޗްގެ އެހީ ހޯދާނެ ކަމަށް ކްރޮއޭޝިޔާގެ ކޯޗު ޒްލަޓްކޯ ދާލިކް ބުނެފިއެވެ.

ގުރޫޕް ސްޓޭޖުގެ ދެވަނަ މެޗުގައި ކްރޮއޭޝިޔާ، އާޖެންޓީނާ އާއި ދެކޮޅަށް ނިކުންނައިރު އައިސްލޭންޑާއި ކުޅެ އާޖެންޓީނާ އެއްވަރު ވިނަމަވެސް ކްރޮއޭޝިޔާ ވަނީ ނައިޖީރިއާ މައްޗަށް ކުރި ހޯދާފައެވެ. މިމެޗުގައި ކްރޮއޭޝިޔާ އަށް އެންމެ ބޮޑު ނުރައްކަލަކަށް ވާނެ ލިއޯ މެސީ ހިފަހައްޓަން ކްރޮއޭޝިޔާ އިން އިވާން ރަކިޓިޗް އާއި ލޫކާ މޮޑްރިޗް އަދި މަޓޭއޯ ކޮވަކިޗް ބޭނުން ކުރާނެއެވެ.

" ޔަގީނުންވެސް ކުރިޔަށް އޮތް ތިން ދުވަހު އަހަރެންގެ އެސިސްޓެންޓަކަށް ވާނީ އިވާން ރަކިޓިޗް، އަދި މެސީ ހުއްޓުވުމަށް އަހަރެން ރަކިޓިޗްގެ ފަރާތުން އެހީ ހޯދާނަން. އަހަރެން އަބަދުވެސް ކުޅުންތެރިނާއި މިކަހަލަ ވާހަކަ ދައްކަން. ވާހަކަ ދެއްކުމަކީ ރަނގަޅު ކަމެއް." ކްރޮއޭޝިޔާގެ ކޯޗު ޒްލަޓްކޯ ދާލިކް ބުންޏެވެ.

މަޓެއޯ ކޮވަކިޗް އާއި ލޫކާ މޮޑްރިޗް ރިއަލް މެޑްރިޑާއި އެކު މެސީ އާއި ދެކޮޅަށް ކުޅެފައި ވުމުގެ ސަބަބުން މިދެ ކުޅުންތެރިންގެ ފަރާތުންވެސް މެސީ ހިފަހެއްޓުމުގެ ސިއްރު ހޯދާނެ ކަމަށް ވެސް ދާލިކް ބުނެފައި ވެއެވެ. ކްރޮއޭޝިޔާ މެޗުން އާޖެންޓީނާ އަތުން ޕޮއިންޓު ގެއްލުމަކީ ދެވަނަ ބުރުގައި އާޖެންޓީނާ ކުޅުމުގެ ހުވަފެން ގެއްލިގެން ދާނެ ކަމެކެވެ.

Croatia In Messi Hifahettumah Rakitic Ge Ehee Hoadhanee

18/06/2018
Beluntherin Olhuvaalumah Dhekunu Korea Kulhuntherin Jersey Number Badhalu Kohfi

ބެލުންތެރިން އޮޅުވާލުމަށް ދެކުނު ކޮރެއާ ކުޅުންތެރިންގެ ޖާޒީ ބަދަލު ކޮށްފި

ދެކުނު ކޮރެއާ މިފަހަރުގެ ވޯލްޑް ކަޕަށް ތައްޔާރު ވަމުން ދާއިރު، އެޓީމު ކުޅުންތެރިން ވަކި ކުރަން ދަތި ކަމަށް އިދިކޮޅު ޓީމު ބުނުމުން ކުޅުންތެރިންގެ ޖާޒީ ނަންބަރު ބަދަލު ކޮށްގެން ފަރިތަ ކޮށްފިއެވެ.

ބޮލީވިއާ އަދި ސެނެގަލް އާއި ދެކޮޅަށް މިމަހު ކުރީކޮޅު ކުޅުނު އެކުވެރި ކަމުގެ މެޗުގައި ޓޮޓެންހަމް އަށް ކުޅެމުން އަންނަ ސަން ހެންގް މިން އާއި ޓީމުގެ ކެޕްޓަން ކީ ސަންގް ޔަންގު ފިޔަވައި ހުރިހާ ކޮޅުންތެރިން ކުޅުނީ ޖޯޒީ ނަންބަރު ބަދަލު ކޮށްގެން ކަމަށް އެޓީމުގެ ކޯޗު ޝިންޓޭ ޔަންގު ބުންޏެވެ.

މީގެ އިތުރުން އާއްމުންނާއި ދުރުގައި ދެކުނު ކޮރެއާ ޓީމު ފަރިތަކުރުންތައް ކުރިޔަށް ގެންދިޔަ އިރު ސްވެޑެންގެ ކޯޗު ސިއްރުން ފަރިތަކުރުންތައް ބެލިކަމަށް އޭނާ ވަނީ މާފް ކޮށްފައެވެ.

" ވެސްޓާން މީހުންނަށް އޭޝިޔާ މީހުން ވަކިކުރަން ނޭނގުމުގެ ސަބަބުން އެޓީމުތައް އޮޅުވާލުމަށްޓަކައި ޖޯޒީ ނަންމަބަރު ތައް ބަދަލު ކުރީ، ބައެއް ކުޅުންތެރިން އެނގޭނެ. ނަމަވެސް ހުރިހާ އެއްޗެއް އެމީހުނަށް އިނގޭކަށް ބޭނުމެއް ނުވޭ” ޓާ ޔަންގު ބުންޏެވެ.

މެޗުގެ ކުރިން ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ސްވެޑެންގެ ކޯޗު ޖޭން އެންޑަސަން ބުނެފައިވާގޮތުން އޮސްޓްރިއާގައި ދެކުނު ކޮރެއާ ޓީމު ފަރިތަކުރަމުން ދަނިކޮށް އެޓީމުން ވަނީ ސިއްރުން ބަލާފައެވެ. ނަމަވެސއ ޓާ ޔަންގު ގަބޫލު ކުރާގޮތުން އިދިކޮޅު ޓީމާއި ކުޅެން ފަސޭހަ ވާނީ އެޓީމެއް ދަސްކޮށްގެން ކަމަށެވެ.

ގުރޫޕް ސްޓޭޖުގައި މިއަދު މިދެޓީމު މިއަހަރުގެ ވޯލްޑް ކަޕުގައި އެޓީމުން ކުޅޭ ފުރަތަމަ މެޗުގައި ބައްދަލު ކުރާނެއެވެ.

Beluntherin Olhuvaalumah Dhekunu Korea Kulhuntherin Jersey Number Badhalu Kohfi

18/06/2018
Taxi Laari Nudhehkumun Thalhaa Maraalaifi!

ޓެކްސީ ލާރި ނުދެއްކުމުން ތަޅާ މަރާލައިފި

ޓެކްސީގެ ލާރި ނުދެއްކި ކަމަށްބުނެ މީހެއްގެ ގައިގައި އޮޓޯ ރިކްޝާ ދުއްވާ މީހަކާއި އޭނާގެ ރަޙްމަތްތެރިއެއް ވެގެން ތަޅާ މަރާލާފިއެވެ.

އިންޑިޔާގެ ނޫސްތަކުން ބުނެފައިވާ ގޮތުގައި މަރާލާފައިވަނީ އުމުރުން 35 އަހަރުގެ ފިރިހެން މީހެކެވެ. އިންޑިޔާގެ ފުލުހުންނާއި ހަވާލާދީ އިންޑިޔާގެ ނޫސްތަކުގައި ބުނެފައިވަނީ މީހެއް ވަރަށް ބޮޑަށް ޒަޚަމްކޮށްލާފައިވާ ޚަބަރު ފުލުހުންނަށް ލިބުމާއެކު އެސަރަހައްދަށް ގޮސްފައިވާ ކަމަށެވެ. ގޮސްބެލިއިރު ޒަޚަމްތަކާއެކު އޮތް މީހެއް ފެނުނު ކަމަށާއި އެމީހާ ހޮސްޕިޓަލްއަށް ގެންދިޔަ އިރުވެސް އޮތީ މަރުވެފައި ކަމަށް ފުލުހުން ބުނެއެވެ.

މިމައްސަލައިގައި ދެމީހުން ހައްޔަރު ކޮށްފައިވާ އިރު، ފުލުހުން ބުނެފައިވަނީ މިމައްސަލައިގައި މިދެމީހުންގެ މައްޗަށް ކުށް ސާބިތުވާ ވަރަށް ހެކި އެބަހުރި ކަމަށެވެ. ފުލުހުން ބުނެފައިވަނީ ރިކްޝާ ދުއްވަން އިން މީހާއާއި އޭނާގެ ރަޙްމަތް ތެރިއެއް މިމީހާއަށް އަނިޔާ ކުރާ މަންޒަރު ސީސީޓީވީ ކެމެރާއަށް އަރައިފައިވާ ކަމަށެވެ.

ފުލުހުންގެ ތަޙްޤީޤަށް މިދެމީހުން ބުނެފައިވަނީ މިމީހާއަށް އަނިޔާ ދީފައިވަނީ މަރާލުމުގެ ނިޔަތުގައި ނޫން ކަމަށާއި އޭނާގެ ރިކްޝާއިން ދަތުރުކޮށް ދަތުރަށް އަރާ ފީ ދައްކާފައި ނުވާތީ ކަމަށެވެ.

Taxi Laari Nudhehkumun Thalhaa Maraalaifi!

18/06/2018
Fuhpaahan Fonuvi Kamah Bune Israel In Gaza Ah Varugadha Hamalaathakeh Dhyfi

ފުއްޕާހަން ފޮނުވި ކަމަށްބުނެ އިސްލާޢީލުން ޣާޒާއަށް ވަރުގަދަ ހަމަލާތަކެއް ދީފި

އިސްރާއީލުން ވައިގެ މަގުން ގައްޒާއަށް ވަރުގަދަ ހަމަލާތަކެއް ދީފިއެވެ.

މިއަދު ދިން ހަމަލާތަކާއި ގުޅޭ ގޮތުން އިސްރާއީލުގެ އަސްކަރިއްޔާއިން ބުނީ އެ ހަމަލާތައް ދިނީ ހަމާސް ޖަމާއަތުގެ ތަންތަނަށް ކަމަށެވެ.

އިސްރާއީލުގެ ސިފައިން ބުނެފައިވަނީ ފަލަސްތީނުން "ގޮވާތަކެތި ހަރުކޮށްފައިވާ މަޑި އާއި ފުއްޕާހަން" އިސްރާއީލަށް ފޮނުވާފައިވާ ކަމަށާއި ގާޒާއަށް ހަމަލާ ދިނީ އެހެންވެ ކަމަށެވެ. މިއީ ނިރުބަވެރި އަމަލެއް ކަމަށް އިސްރާއީލުން ވަނީ ސިފަކޮށްފައެވެ.

އަދި އެކަމުގެ ސަބަބުން އިސްރާއީލުގެ އާންމުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދުނު ކަމަށާއި ގޮވާތަކެތި ހަރުކޮށްފައި ހުރި މަޑި އާއި ފުއްޕާ ހަމުން އިޒްރާއީލަށް ގެއްލުންވެފައިވާ ކަމަށް އިސްރާއީލުގެ އަސްކަރިއްޔާއިން ބުނެއެވެ.

ރިޕޯޓުތައް ބުނާ ގޮތުން ފަލަސްތީނުގެ އާންމުން ދަނީ ކުދި ގޮވާތަކެތި ހަރުކޮަށްފައިވާ މަޑި އާއި ފުއްޕާހަން ފަދަ ތަކެތި އިސްރާއީލަށް އަމާޒުކޮށް ފޮނުވަމުންނެވެ.

އެތަކެތީގެ ބޭނުމަކީ އިޒްރާއީލުގެ ޖަންގަލިތަކުގައި ރޯކުރުން ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

އިސްރާއީލުން ފަލަސްތީނުގެ ބިމަށް އަތްގަދަކޮށްފައިވާއިރު 1948 ވަނަ އަހަރު އުފެދިގެން އައި އިސްރާއީލް ދައުލަތް ފެށުމާއެކު، މުސްލިމުންގެ ތިންވަނަ މުޤަސްދަސް ބިން ކަމުގައިވާ ފަލަސްތީނުގެ ބިމުގައި މުސްލިމުންގެ ލޭ، ކޮންމެ ދުވަހަކު ދަނީ އޮހޮރަމުންނެވެ.

ޣައްޒާގައި އިސްރާއީލުން ހިންގި ގަތުލް އާންމުގައި ޝަހީދުވި ފަލަސްތީނުގެ މީހުންގެ އަދަދު 145 އަށް އަރާފައިވާއިރު އެންމެ ފަހުގެ ރިޕޯޓްތައް ބުނާ ގޮތުގައި ޒަހަމްވި މީހުންގެ އަދަދު 13000 ވުރެން މައްޗަށް އަރައެވެ.

Fuhpaahan Fonuvi Kamah Bune Israel In Gaza Ah Varugadha Hamalaathakeh Dhyfi

18/06/2018
Bali Meehakah Furahsaara Kuri Doctor Aku Suspend Kohfi

ބަލި މީހަކަށް ފުރައްސާރަކުރި ޑޮކްޓަރަކު ސަސްޕެންޑުކޮށްފި

އެންޑައިޓީ އެޓޭކަކަށް ފަރުވާ ކުރަމުންދިޔަ ބަލިމީހަކަށް ފަރުވާދެމުންދިޔަ ޑޮކްޓަރު މަލާމާތްކުރާ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވުމާއި ގުޅިގެން، އެ ޑޮކްޓަރު ވަޒީފާއިން ސަސްޕެންޑުކޮށްފިއެވެ،

މި ވީޑިއޯގައި ފެނިގެންދަނީ ޑޮކްޓަރ ބެތް ކީގްސްޓްރާ، ލޮސް ގަޓޯސްގެ އެލް ކަމީނޯ ހޮސްޕިޓަލުގައި ސަމިއުލް ބްރާޑްވެލް ބަލި ނޫން ކަމަށް ބުނެ ފުރައްސާރަކޮށް މަލާމާތްކުރާ މަންޒަރެވެ. އޭނާ ބުނާގޮތުގައި އެތަނުގައި ތިބި ބަލިބީހުންނަށް ވުރެ އޭނާގެ ހާލު ރަނގަޅު ކަމަށާއި އެހެންކަމުން ބޯ މައްޗަށް ނަގައި ތެދުވުމަށް އަންގައި ފުރައްސާރަކުރާ މަންޒަރު ވީޑިއޯއިން ފެނިގެން ދެއެވެ.

ޑޮކްޓަރު އޭނާ ތެދުކުރުމަށް މަސައްކަތްކޮށް އޭނާގެ ހަށިގަނޑުގައި ހިފައި ހިއްލާ މަންޒަރުވެސް މި ވީޑިއޯއިން ފެންނައިރު، ބަލިމީހާ ދިޔައީ އޭނާއަށް އެކަން ނުކުރެވޭނެ ކަމަށް ބުނެ ރޮމުންނެވެ. ނަމަވެސް އެކަމަށްވެސް ޑޮކްޓަރު ކުރަމުން ދިޔައީ މަލާމާތެވެ.

ބާސްކެޓް ކުޅުމުގެ ތެރެއިން އެންޒައިޓީ އެޓޭކެއް ޖެހިގެން ސަމިއުލް ހޮސްޕިޓަލަށް ގެންދިޔައީ މިދިޔަ ހޯމަ ދުވަހުނަމަވެސް އެ ދުވަހުން ފެށިގެން އެންޒައިޓީއަށް އެއްވެސް ބޭހެއްވެސް ދީފައި ނުވާކަމަށްވެސް އޭނާގެ އާއިލާއިން ބުނެއެވެ. ޑޮކްޓަރު ފުރައްސާރަކުރާ މަންޒަރު ފެންނަ ވީޑިއޯވެސް ޢާންމުކޮށްލާފައި ވަނީ އެ އާއިލާއިންނެވެ.

މި ވީޑިއޯއިން ޑޮކްޓަރު، ސަމިއުލް އާއި ބޭ އަދަބީ ބަހުން ވާހަކަ ދައްކާން މަންޒަރުވެސް ފެންނައިރު، އޭނާ މަސައްކަތްކުރަމުން ދިޔަ ހޮސްޕިޓަލުން ވަނީ އެކަމަށް މަޢާފަށް އެދިފައެވެ. އަދި އޭނާ އާއި މެދު ފިޔަވަޅު އަޅާނެކަމަށްވެސް އެ ހޮސްޕިޓަލުން ކުރިން ބުނެފައި ވެއެވެ. ޑޮކްޓަރ ބެތް ކީގްސްޓްރާ ސަސްޕެންޑުކޮށްފައި ވަނީ މުއްދަތެއް ނެތް ގޮތަށެވެ.

Bali Meehakah Furahsaara Kuri Doctor Aku Suspend Kohfi

18/06/2018
Muslimun Ulhey Sarahahdhah Taxi Gos Nudhin

މުސްލިމުން އުޅޭ ސަރަޙައްދަށް ޓެކްސީ ގޮސް ނުދިން

ޓެކްސީ އަކަށް އެރި މީހަކު، މުސްލިމުން ގިނަ ސަރަޙައްދަކަށް ދިއުމަށް އެދުމުން ގެންގޮސް ނުދިން މައްސަލައެއް ފެންމަތިވެއްޖެއެވެ. މިކަން ހިނގާފައިވަނީ އަވަށްޓެރި އިންޑިޔާގެ ވެރިކަން ކުރާ ދިއްލީގައެވެ.

ރިޕޯޓުތައް ބުނާގޮތުގައި ދިއްލީގެ މުސްލިމުން ގިނަ ސަރަޙައްދެއްކަމަށްވާ ޖަމިއާ އަށް ދިއުމަށް ޓެކްސީ އަށް އަރާފައިވަނީ ނޫސްވެރިއެކެވެ. އަދި، އެނޫސްވެރިޔަކީވެސް މުސްލިމެއްކަމަށާއި އޭނާގެ ނަމަކީ އަސަދުކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

"އޮލާ" ނަމަކަށް ކިޔާ މޯބައިލް އެޕްލިކޭޝަން އެއްގެ ޒަރީއާއިން މި ޓެކްސީ ހޯދިކަމަށް އަސަދު ބުނާއިރު، އޭނާ ބޭނުންވިތަނަށް ނުގެންގޮސް ދިން މައްސަލަ، އޭނާވަނީ ފުލުހުންނަށް ހުށަހަޅާފައެވެ.

އަސަދު ބުނެފައިވާ ގޮތުގައި ޓެކްސީ ދުއްވަން އިން ޑްރައިވަރު ބުނެފައިވަނީ އެތަނަށް ނުދެވޭނެކަމަށާއި، އެއީ މީހުން ގޮސް އުޅެން "ހެޔޮވާވަރުގެ ތަނެއް ނޫން" ކަމުގައެވެ. އަދި، ގެންގޮސް ދޭން އެދުމުންވެސް އެކަމަށް އެއްބަސް ނުވިކަމަށާއި އަދި މަގު މެދަށް އޭނާ ބޭލިކަމަށްވެސް، މީސް މީޑިޔާ މެދުވެރިކޮށް އަސަދު ބުނެފައިވެއެވެ.

މީގެއިތުރުންވެސް، ބައެއް ނޫސްތަކުން ބުނެފައިވާ ގޮތުގައި ޓްވިޓަރ މެދުވެރިކޮށް އޮލާ ކުންފުނިން ވަނީ އަސަދަށް މަޢާފަށް އެދިފައެވެ. އަދި، އެ ޓެކްސީ ޑްރައިވަރު މަޤާމުން ވަކިކޮށްފައިވާކަމަށްވެސް ބައެއް ނޫސްތަކުން ބުނެފައިވެއެވެ.

މިފަދަ ކަންކަމަކީ އިންޑިޔާގައި އައު ކަމެއް ނޫނެވެ.

Muslimun Ulhey Sarahahdhah Taxi Gos Nudhin

18/06/2018
Rale Ehgai Vihi Kuhjakah Bodu Hadhiyaa Eh

ރޭލެއްގައި ވިހި ކުއްޖަކަށް ބޮޑު ހަދިޔާއެއް

ފުރާންސްގެ ޕެރިސްގައި ރޭލެއްގެ ތެރެއަށް ވިހި ކުއްޖަކަށް ހަދިޔާއެއްގެ ގޮތުން އެކުއްޖާ 25 އަހަރުވަންދެން އެރޭލެން ދަތުރު ކުރެވޭނެ ގޮތް ހަދައިފިއެވެ.

އިންޑިޔާގެ ނޫސްތަކުން ބުނެފައިވަނީ މިކުއްޖާ ވިހާފައިވަނީ ރޭލުގެ ތެރެއަށް ކަމަށާއި މިކުއްޖާގެ މަންމަ ބަނޑަށް ތަދުވާން ފެށުމުން އެމެޖެންސީގައި ރޭލް މަޑު ކުރެވިފައިވާ ކަމަށެވެ. އަދި ކައިރި ހިސާބެއްގައި ހަސްފަތާލެއް ނެތުމުން ރޭލު ތެރެއަށް ވިހުމަށް ނިންމީ ކަމަށެވެ.

ފުރެންޗް ކެޕިޓަލް ޓްރާންސްޕޯޓްއިން ބުނެފައިވަނީ މިކުއްޖާއަށް 25 އަހަރުވަންދެން އެކޮންޕެނީއިން އޮޕަރޭޓް ކުރާ ހުރިހާ ރޭލަކުން ހިލޭ ދަތުރު ކުރެވޭނެ ކަމަށެވެ.

މިކުައްޖާ ވިހޭއިރު، އެހީތެރިންގެ ގޮތުގައި 15 ވަރަކަށް މީހުން ހަރަކާތްތެރިވިއިރު، ރޭލުގައި އެއްވެސް ޑޮކްޓަރެއް ނެތެވެ. އެހީތެރިންގެ ގޮތުގައި މަސައްކަތް ކޮށްފައިވަނީ ރޭލު އޮޕެރޭޓަރުންނާއި ރޭލު ސުޓޭޝަންގައި ތިބި މުވައްޒިފުންނެވެ.

މިކުއްޖާ ވިހި ވަގުުތު މުޅި ރޭލު ހުސްކޮށްލި އިރު، މިރޭލް ވޭ އިން ޚިދުމަތް ދެވެން ފެށުނީ ގާތްގަނޑަކަށް 45 މިނެޓްގެ މެދު ކެޑު މަކަށް ފަހުގައެވެ.

Rale Ehgai Vihi Kuhjakah Bodu Hadhiyaa Eh

18/06/2018
Kaivenikuran Ehbas Kuruvumah Kuri Kamakun Jalah Dhaan Jehijje

ކައިވެނިކުރަން އެއްބަސްކުރުވުމަށް ކުރި ކަމަކުން ޖަލަށްދާން ޖެހިއްޖެ

ކައިވެނިކުރަން ދެކޮޅު ހެދުމުން، ލޯބިވެރިޔާގެ ތުއްތު ދަރިފުޅު ވަގަށް ނަގައިގެން ރަހީނެއްގެ ގޮތުގައި ގެންގުޅުނު ފިރިހެނަކު ހައްޔަރުކޮށްފިއެވެ.

އިންޑިއާގެ ދިއްލީގައި ހިނގި މި ހާދިސާގައި އެ ފިރިހެންމީހާ ރަހީނުކޮށްފައިވަނީ އުމުރުން ހަތަރު އަހަރުގެ ފިރިހެން ކުއްޖެކެވެ. އޭނާ އެކުއްޖާ ވަގަށް ނަގާފައިވަނީ އެކުއްޖާގެ މަންމަ އޭނާ އާއި ކައިވެނިކުރަން ދެކޮޅު ހެދުމުން ކަމަށްވާއިރު، އެކަން ފުލުހުންނަށް ހުށަހެޅީ އަންހެން މީހާއެވެ.

ދަރިފުޅު ގެއްލިގެން އެ އަންހެން މީހާ ފުލުހުންނަށް މިދިޔަ ހޮނިހިރު ދުވަހު މައްސަލަ ހުށަހެޅިއިރު، އޭނާ ވަނީ އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު ފިރިހެން މީހާއަށް އޭރުވެސް އެކަމުގައި ތުހުމަތުކޮށްފައެވެ. އެއާއިއެކު ފުލުހުން ކުރި މަސައްކަތުން އެ ކުއްޖާ ހޯދައިގަނެވުނުއިރު، އޭނާ ރަހީނުކޮށްގެން އުޅުނީ، އަންހެން މީހާގެ ލޯބިވެރިޔާކަން ވަނީ ޔަޤީންކުރެވިފައެވެ.

މި މައްސަލަ އާއި ގުޅިގެން އެ ފިރިހެން މީހާ ހައްޔަރުކޮށް އޭނާއާއި ސުވާލުކުރުމުން ބުނެފައިވަނީ، ކުއްޖާ ވަގަށް ނެގީ އެކުއްޖާގެ މަންމަ އޭނާ އާއި ކައިވެނި ކުރުމަށް ދެކޮޅު ހެދުމުން ކަމަށެވެ. އަދި އެކުއްޖާ ރަހީނުކޮށްގެން އުޅުނީ، އަންހެން މީހާވެސް ވިސްނުން ބަދަލު ކުރުމަށް ކަމަށާއި، ކުއްޖާއަށް ގެއްލުމެއް ދިނުމުގެ އެއްވެސް ނިޔަތެއް ނެތްކަމަށް އޭނާވަނީ ބުނެފައެވެ.

އިންޑިއާގައި ކުޑަކުދިން ރަހީނުކުރުމަކީ ވަރަށް ޢާންމުކޮށް ހިނގަމުންދާ ކަމަކަށްވާއިރު، ހޮނިހިރު ދުވަހުގެ މައްސަލައާއި ގުޅިގެން ހައްޔަރުކުރި މީހާ އާއި ދެކޮޅަށް ދަޢުވާކުރުމަށް އިދާރާތަކުން ވަނީ ނިންމާފައެވެ. އޭނާ ރަހީނުކުރި ހަތަރު އަހަރުގެ ކުއްޖާ މިހާރު ވަނީ އާއިލާ އާއި ޙަވާލުކޮށްފައެވެ. އެކުއްޖާއަށް މި ހާދިސާގައި އެއްވެސް އަނިޔާއެއް ލިބިފައެއް ނުވެއެވެ.

Kaivenikuran Ehbas Kuruvumah Kuri Kamakun Jalah Dhaan Jehijje

18/06/2018
Lukaku Ge 2 Goalaa Eku Belgium Ah Faseyha Molheh

ލުކާކޫގެ ދެ ގޯލާއެކު ބެލްޖިއަމް އަށް ފަސޭހަ މޮޅެއް

ރޮމެލޫ ލުކާކޫގެ ދެ ގޯލާއެކު ޕެނަމާގެ މައްޗަށް 0-3 އިން ބެލްޖިއަމް އިން ކުރި ހޯދައިފިއެވެ.

ގްރޫޕް ޖީގައި ހިމެނޭ މި ދެ ޓީމު މިރޭ ބައްދަލުކުރި މި މެޗުގެ ފުރަތަމަ ހާފްގައި ގޯލެއް ފެނިގެން ގޮސްފައިނުވާއިރު މި ހާފުގައި ބެލްޖިއަމް އިން ވަނީ ޕެނަމާގެ ގޯލަށް ނުރައްކާތެރި ދެ ތިން ހަމަލާއެއް ފޮނުވާލާފައެވެ. އެގޮތުން އެޑެން ހަޒާޑް ފޮނުވާލު ދެ ހަމަލާއެއް ޕެނަމާގެ ކީޕަރު ދިފާއުކުރިއިރު މާޓެންސް އާއި ޑެ ބްރައިނާ ވަނީ ދުރުން ބާރު ދެ ހަމަލާއެއް ފޮނުވާލާފައެވެ.

ޕެނަމާ އިން ޑިފެންސިވް ގޮތަކަށް ކުޅުމުގެ ސަބަބުން މި ހާފުގައި ބެލްޖިއަމް އަށް ފުރުސަތުތައް ތަނަވަސްކުރަން ވަރަށް ބޮޑަށް އުނދަގޫވިކަން ފާހަގަކޮށްލެވެއެވެ.

ބެލްޖިއަމްގެ ފުރަތަމަ ގޯލު ކާމިޔާބުކޮށްދިން މާޓެންސް - ފޮޓޯ: އޭއެފްޕީ

ފުރަތަމަ ހާފްގައި ގޯލެއް ފެނިގެން ގޮސްފައިނުވި ނަމަވެސް ދެވަނަ ހާފްގެ ކުރީކޮޅު ބެލްޖިއަމް އިން ވަނީ މެޗުގެ ލީޑު ނަގާފައެވެ. މި ގޯލު މެޗުގެ 47 ވަނަ މިނެޓްގައި ބެލްޖިއަމް އަށް ކާމިޔާބުކޮށްދިނީ މާޓެންސް ކަމަށްވާއިރު އޭނާ މި ގޯލު ކާމިޔާބުކުރީ ޕެނަމާގެ ޕެނަލްޓީއޭރިއާގެ ކަނެއްގައި ހުރެ ފޮނުވާލި ހަމަލާއަކުންނެވެ.

މި ގޯލު ކާމިޔާބުކުރިތާ މާގިނަ އިރުތަކެއް ނުވަނީސް ޑެ ބްރައިނާ ވަނީ ހިލޭޖެހުމަކުން ޕެނަމާގެ ގޯލަށް ނުރައްކާތެރި ހަމަލާއެއް ފޮނުވާލާފައެވެ. ގޯލަށްފަހު ބެލްޖިއަމް އިން ރަނގަޅަށް ކުޅެމުން ދަނިކޮށް މެޗުގެ 55 ވަނަ މިނެޓްގައި ޕެނަމާގެ މުރީލޯ އަށް ވަނީ ނަތީޖާ އެއްވަރުކޮށްލަން ރަނގަޅު ފުރުސަތެއް ލިބިގެން ގޮސްފައެވެ. ނަމަވެސް ބެލްޖިއަމްގެ ޕެނަލްޓީއޭރިއާ ތެރޭ ހުރެ އޭނާ ފޮނުވާލި ހަމަލާ ބެލްޖިއަމްގެ ކީޕަރު ކޯޓުއާ ވަނީ ދިފާއުކޮށްފައެވެ.

ބެލްޖިއަމް އިން މި މެޗުގައި ކާމިޔާބުކުރި ދެވަނަ ގޯލު ކާމިޔާބުކުރީ މެޗުގެ 69 ވަނަ މިނެޓްގައެވެ. ޑެ ބްރައިނާ ނަގައިދިން ރީތި ހުރަހެއް ބޮލުން ފޮނުވާލައިގެން މި ގޯލު ބެލްޖިއަމް އަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ފޯވާޑް ލުކާކޫއެވެ. އަދި ހަޒާޑް ދިން ޕާހަކުން މެޗުގެ 75 ވަނަ މިނެޓްގައި ބެލްޖިއަމްގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދިނީ ވެސް ލުކާކޫއެވެ.

މި މެޗުގައި ކާމިޔާބުކުރި ދެ ގޯލާއެކު ލުކާކޫ މިހާރު ވަނީ ބެލްޖިއަމްގެ ޓީމަށް އެންމެފަހުން ކުޅުނު 10 މެޗުގައި 15 ގޯލު ކާމިޔާބުކޮށްފައެވެ.

އިތުރު ތަފްސީލް އަންނަނީ

Lukaku Ge 2 Goalaa Eku Belgium Ah Faseyha Molheh

18/06/2018
India In Hayyaru Kuri Dhivehin, Heki Hoadhumah Baeh Thanthanah Gengosfi

އިންޑިއާއިން ހައްޔަރުކުރި ދިވެހިން، ހެކި ހޯދުމަށް ބައެއް ތަންތަނަށް ގެންގޮސްފި

މިދިޔަ ޖޫން މަހުގެ ހަތަރު ވަނަ ދުވަހު އިންޑިއާގެ ތްރިވަނަންތަޕޫރަމް އިން، ގިނަ ޢަދަދެއްގެ މަސްތުވާތަކެއްޗާއި އެކު ހައްޔަރުކުރި ދިވެހިން، ހެކި ހޯދުމަށް އެމީހުން އުޅުނު ބައެއް ހޮޓެލްތަކަށް ފުލުހުންގެ ބެލުމުގެ ދަށުން ގެންގޮސްފިއެވެ.

މަސްތުވާތަކެއްޗާއި އެކު އިންޑިއާއިން އަތުލައިގަތް ތިން ދިވެހިން، އިންޑިއާގެ ބައެއް ތަންތަނަށް ގެންދިޔައީ، އެމީހުންގެ ހާޒިރުގައި ތަހުޤީޤަށް ބޭނުންވާ ބައެއް ހެކި ހޯދުމަށް ކަމަށް އެޤައުމުގެ އޮފިޝަލުންނާއި ޙަވާލާދީ ނޫސްތަކުން ބުނެފައި ވެއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ، ޝަނީޒް މާހިރު (27) އާއި އައިމަން އަހުމަދު (24) އާއި އިބްރާހީމް ފައުޒާން ސާލިހު (29) އެވެ.

17 ކިލޯގެ މަސްތުވާތަކެއްޗާއި އެކު އިންޑިއާއިން އަތުލައިގަތް ތިން ދިވެހިން

ތްރިވަނަންތަޕޫރަމް ސިޓީ ފުލުހުންގެ އިދާރާއިން ބުނީ، މި މީހުންނަށް މަސްތުވާތަކެތި ފޯރުކޮށްދިނީ ގޭންގަކުން ކަމަށާއި، މިވަގުތު އެމީހުން އަތުލައިގަތުމަށް ވަރަށް ބޮޑު އިސްކަމެއް ދޭ ކަމަށެވެ. އަދި މި އޮޕަރޭޝަން މިހާރު ކުރިއަށްދާއިރު، ތަހުޤީޤަށް ކުރިއެރުން ލިބެމުން އަންނަ ކަމަށްވެސް އެ އިދާރާއިން ބުނެފައިވެއެވެ.

މަސްތުވާތަކެއްޗާއި އެކު އަތުލައިގަތް ތިން ދިވެހިން އިއްޔެ ހެކި ހޯދުމަށް ބައެއް ތަންތަނަށް ގެންދިޔައިރު، އެ ތިން މީހުންގެ ހާޒިރުގައި ތްރިވަނަންތަޕޫރަމްގައި އެމީހުން އުޅުނު ދެ ހޮޓަލެއްވެސް ބަލައި ފާސްކޮށްފައި ވެއެވެ. ނަމަވެސް އެތަނުގެ ތެރެއިން މައްސަލައާއި ގުޅުންހުރި އެއްޗެއް ފެނުނު ކަމެއް ކަމާއި ބެހޭ ފަރާތްތަކުން ހާމަކޮށްފައެއް ނުވެއެވެ.

މި ތިން ދިވެހިން އަތުލައިގެންފައި ވަނީ، މަސްތުވާތަކެއްޗާއި އެކު ތްރިވަނަންތަފޫރަމް އެއާޕޯޓަށް ވަންނަން ދަނިކޮށެވެ. އިންޑިއާ ފުލުހުން މި ތިން މީހުން ހައްޔަރުކުރީ، އެމީހުންގެ ޙަރަކާތްތައް ތިން ދުވަސް ވަންދެން ބެލުމަށްފަހު ފުރަން އުޅެނިކޮށެވެ. ފުލުހުން ބުނީ އެމީހުން ދިޔައީ އެ ތިން ދުވަހުގެ ތެރޭގައި އެކި ހޮޓެލްތަކަށް ބަދަލުވަމުން ކަމަށާއި، މަސްތުވާތަކެއްޗާއި އެކު އެމީހުން ޙަރަކާތްތެރިވީ ދުރާލައި ރާވައިގެން ކަމަށެވެ.

އޮފިޝަލުންނާއި ޙަވާލާދީ ނޫސްތަކުން ބުނީ، މި ތިން ދިވެހިންގެ އަތުން އަތުލައިގަތް މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހޭޝް އޮއިލްގެ ބަރުދަނުގައި 17 ކިލޯ ހުރިއިރު، އޭގެ އަގު 50 މިލިއަން ރުފިޔާއަށް އަރާނެ ކަމަށެވެ.

India In Hayyaru Kuri Dhivehin, Heki Hoadhumah Baeh Thanthanah Gengosfi

18/06/2018
Anheneh Ge Aadhayaaiy Hilaafu Marehgai Gina Suvaaluthakeh

އަންހެނެއްގެ އާދަޔާއި ޚިލާފު މަރެއްގައި ގިނަ ސުވާލުތަކެއް

ނިއުޒިލޭންޑުގެ ނޯތު އައިލޭންޑުގެ ސިޓީއެއް ކަމަށްވާ، ހެމިލްޓަންގައި މަރުވެފައި އޮއްވައި ފެނުނު އަންހެނެއްގެ މަރާއި ގުޅިގެން ގިނަ ސުވާލުތަކެއް އުފެދިއްޖެއެވެ.

އުމުރުން 28 އަހަރުގެ މި އަންހެން މީހާރު މަރުވެފައި އޮއްވައި ފެނުނީ އޭނާ ދިރިއުޅޭ އެޕާޓްމެންޓުގެ ތެރެއިން ކަމުގައިވާއިރު، އޭނާ މަރުވީ ގުދުރަތީ މަރަކުން ނޫންކަން ޓެސްޓުތަކުން ހާމަވެއެވެ. އެހެން ނަމަވެސް އެކަމަށް ހެކިދޭ އެއްވެސް ކަމެއް ފެންނާން ނެތްއިރު، ހަށިގަނޑުންވެސް އަނިޔާގެ އެއްވެސް ނިޝާނެއް ފެންނާން ނެތުމުން އޭނާގެ މަރުގެ ހަޤީޤަތް ވަނީ ނޭނގުމެއްގެ ތެރޭގައެވެ.

ހޮނިހިރު ދުވަހުގެ ދަންވަރުގެ ވަގުތެއްގައި މި އަންހެން މީހާގެ ފުރާނަ ނެތް ހަށިގަނޑު އޭނާ ދިރިއުޅޭ އެޕާޓްމަންޓުން ފެނުނީ، އޭނާގެ އާއިލާގެ މެމްބަރަކަށެވެ. އެއާއިއެކު ފުލުހުންނަށް އެކަން ރިޕޯޓް ކުރުމުން ފުލުހުން ވަނީ އެތަނަށް ގޮސް ތަހުޤީޤެއް ފަށާފައެވެ. މި ތަހުޤީޤަށް މާބޮޑު ކުރިއެރުމެއް ލިބިފައި ނުވާއިރު، އޭނާގެ ޕޯސްޓްމޯޓަމްގެ ނަތީޖާއިންވެސް މަރުގެ ހަޤީޤަތް ވަނީ ހޯދައ ނުގަނެވިފައެވެ. އޮފިޝަލުން ބުނެފައިވަނީ، އޭނާ މަރުވީ އަމިއްލައަށް ނޫންކަމުގައި އާއި އެއީ ގުދުރަތީ މަރެއް ނޫންކަން ޓެސްޓުތަކުން އެނގޭއިރު، އަނިޔާގެ ނިޝާނެއް ހަށިގަނޑުން ފެންނާން ނެތުމި ހައިރާން ކުރުވަނިވި ކަމެއް ކަމުގައެވެ.

މިކަމާއި ގުޅިގެން ތަހުޤީޤު ކުރިއަށް ނުގޮސް، ހެމިލްޓަންގެ އިދާރާތަކުން ފަހުން ވަނީ އެއީ ގުދުރަތީ މަރެއްކަމުގައި ނިންމައި އޭނާގެ ހަށިގަނޑު އާއިލާ އާއި ޙަވާލުކޮށްފައެވެ. ބައެއް ފަރާތްތަކުން ބުނެފައިވަނީ، އެ އަންހެން މީހާގެ މަރުގެ ފަހަތުގައި ވަނީ ރޫހާނީ ކަމެއް ކަމަށެވެ. އަދި އަނެއް ބަޔަކު ބުނަމުންދަނީ، މިއީ ޓެކްނޮލޮޖީއަށް ގޮންޖަހާލެވޭ ފަދަ ގޮތަކަށް ރާވައިގެން ބަޔަކު ގަސްތުގައި ހިންގި ޖަރީމާއެއް ކަމުގައެވެ.

Anheneh Ge Aadhayaaiy Hilaafu Marehgai Gina Suvaaluthakeh

18/06/2018
Dharifulhah Nan Kee Vote Laigen

ދަރިފުޅަށް ނަން ކީ ވޯޓު ލައިގެން

އިންޑިއާގެ މަހާރަޝްތްރާއަށް ނިސްބަތްވާ ދެ މަފިރިޔަކަށް ލިބުނު ދަރިފުޅަށް ކިޔާނެ ނަމެއް ހޯދުމަށް ތަފާތު ގޮތަކަށް މަސައްކަތް ފެށިއެވެ.

އެގޮތުން މިދެމަފިރިން ބޭނުންވީ ވޯޓު ލައިގެން އެންމެންނަށް ކަމުދާ ނަމެއް ދަރިފުޅަށް ދިނުމަށެވެ. އެ ވޯޓު ލުން ކުރިއަށްގެންގޮސްފައި ވަނީ މި މަހުގެ 15 ވަނަ ދުވަހުއެވެ.

އެ ވޯޓުލުމުގައި ބައިވެރިވެފައި ވަނީ އާއިލާ މީހުންނާއި، ގަތް ތިމާގެ މީހުންނެވެ. އެ މީހުން އެންމެންވެގެން ތިން ނަމެއް ފާސްކުރިއެވެ.

އެ ތިން ނަން ވޯޓު ކަރުދާހުގައި އޮތެވެ. 192 ބައިވެރިން ވޯޓު ލިއެވެ. އޭގެ ތެރެއިން 92 މީހުންގެ ވޯޓުން ފާސްވެފައި ވަނީ އެ ކުއްޖާއަށް ޔުއާންގެ ނަމުން ނަން ދިނުމަށެވެ. އަދި އެ ކުއްޖާއަށް ދީފައި ވަނީ އެނަމެވެ.

މިއި މި ދެމަފިރިންގެ ދެ ވަނަ ދަރިފުޅެވެ. ފުރަތަމަ ދަރިފުޅަށް ނަމަކަށް ދީފައި ވަނީ ބުމީއެވެ. އެ ކުއްޖާއަށް ނަން ދިނީ މިފަދަ ގޮތަކަށްތޯ ސުވާލު ކުރުމުން އޭނާ ބުނީ، އެ ދުވަސްކޮޅު އާއިލާ މީހަކު މަރުވުމުން އެފަދަ އެއްވެސް ކަހަލަ ހަރަކާތެއް ހިންގާފައި ނުވާނެ ކަމަށެވެ.

Dharifulhah Nan Kee Vote Laigen

18/06/2018
Addu G*i 193 Vehicle Faaskoh, 16 Meehakah Fiyavalhu Alhaifi

އައްޑޫގައި 193 ވެހިކަލް ފާސްކޮށް، 16 މީހަކަށް ފިޔަވަޅު އަޅައިފި

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، އައްޑޫ ސިޓީގައި ޓްރެފިކް އޮޕަރޭޝަންތަކެއް ކުރިއަށް ގެންގޮސްފިއެވެ.

ސ. ހިތަދޫ ޕޮލިސް ސްޓޭޝަނާއި، ސ. ގަން ޕޮލިސް ސްޓޭޝަނާއި، ސ. ހުޅުމީދޫ ޕޮލިސް ސްޓޭޝަނުން، މި މަހުގެ 10 އިން މި މަހުގެ 16 އަށް އައްޑޫ ސިޓީގައި ކުރިއަށް ގެންދިޔަ މިޓްރެފިކް އޮޕަރޭޝަންތަކަކީ، އައްޑޫސިޓީގައި ދުއްވާ އުޅަނދުތަކަކީ އެއްގަމު ދަތުރުފަތުރުގެ ޤާނޫނާއި ޤަވާއިދާއި އެއްގޮތަށް ދުއްވާ އުޅަނދުތަކެއްތޯ ބެލުމާއި، އައްޑޫސިޓީގެ މަގުތަކަކީ ރައްކާތެރި އަމާން މަގުތަކަކަށް ހެދުމުގެ ގޮތުން ކުރިއަށް ގެންދިޔަ ޓްރެފިކް އޮޕަރޭޝަންތަކެއް ކަމަށް ފުލުހުން ވިދާޅުވިއެވެ.

އެގޮތުން އަހަރީ ފީއާއި އިންޝުއަރެންސާއި ރޯޑްވާދިނަސް ބެލުމުގެ އިތުރުން ޓްރެފިކްގެ އެހެނިހެން ވައިލޭޝަންތައް ބަލައިފައިވާ މިއޮޕަރޭޝަންގައި، 193 އުޅަނދު ބަލައިފާސްކޮށްފައިވާއިރު ޤަވާއިދާ ޚިލާފުވެގެން 16 ފަރާތަކާމެދު ފިޔަވަޅު އަޅާފައިވާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން މާލެއާއި އަތޮޅު ތަކުގައި ޓްރެފިކް އޮޕަރޭޝަންތައް ސިލްސިލާކޮށް ދަނީ ހިންގަމުންނެވެ.

Addu G*i 193 Vehicle Faaskoh, 16 Meehakah Fiyavalhu Alhaifi

18/06/2018
Match Preview: England - Tunisia

މެޗު ޕްރިވިއު: އިންގްލެންޑް – ޓިއުނީޝިއާ

ވޯލްޑް ކަޕެއްގައި އިންގްލެންޑް އެންމެ ފަހުން މޮޅުވީ 2010 ވަނަ އަހަރެވެ. ގާތްގަނޑަކަށް މީގެ 8 ވަރަކަށް އަހަރު ކުރިން ދެކުނު އެފްރިކާގައި އޮތް ވޯލްޑް ކަޕްގައި ސްލޮވީނިއާ އަތުން 1-0 އިން އިންގްލެންޑް މޮޅުވިއިރު، އެ މެޗުގައި ކުޅުނު އެެންމެ ކުޅުންތެރިއެއް ވެސް މިހާރު އިންގްލެންޑްގެ ސްކޮޑުގައި ނެެތެވެ.

އިންގްލެންޑްގެ ކޯޗުކަމާ ގެރެތު ސައުތުގޭޓް ހަވާލުވި ފަހުން، އިންގްލެންޑް ޓީމުން ޒުވާން ކުޅުންތެރިންތަކަކަށް ފުރުސަތު ދީ، ޓީމަށް ބޮޑެތި ބަދަލުތަކެއް ވަނީ ގެނެސްފަ އެވެ. އެެހެންކަމުން އިންގްލެންޑް އިން އުންމީދުކުރާނީ، ވޯލްޑް ކަޕްގައި މޮޅުނުވެ ދިގުދެމިގެންދާ ސިލްސިލާ ނިންމާލުމަށެވެ.

އިންގްލެންޑްގެ ކޯޗު ގެރެތު ސައުތުގޭޓް ބުނީ ޓީމުގައި ތިބި ކުޅުންތެރިންނާ ގުޅޭ ސްޓައިލަކަށް ޓީމު ލައްވައި ކުޅުވަން މަސައްކަތްކޮޮށްފައިވާނެ ކަމަށާއި މިރޭގެ މެޗުގައި އެކަން ފެނިގެންދާނެ ކަމަށެވެ.

ޓިއުނީޝިއާ އަކީ މާ މަޝްހޫރު ޓީމަކަށްނުވި ނަމަވެސް، އެ ޓީމަކީ ބަލިކުރަން ފަސޭހަ ޓީމަކަށްނުވާނެ އެވެ. އަދި އެންމެ ފަހުން ކުޅުނު އެކުވެރިކަމުގެ މެޗުތަކުގައި ވެސް ޓިއުނީޝިއާ އިން ވަނީ އެކަން ސާބިތުކޮށްދީފަ އެވެ.

މި މެޗަށް ނުކުންނައިރު ޓިއުނީޝިއާ އަށް ވަނީ އަނިޔާގެ މައްސަލަތަކެއް ކުރިމަތިވެފަ އެވެ. ވަހްބީ ކަޒްރީ އާއި އަލީ މަލޫލް ފިޓުވި ނަމަވެސް، މުހިންމު ފޯވަޑް ޔޫސެފް މިސާކްނީ އަށް ވަނީ އަނިޔާވެފަ އެވެ.

ޓިއުނީޝިއާގެ ކޯޗު ނަބީލް މަލޫލް ބުނީ ޓިއުނީޝިއާ އޮތީ ރަނގަޅު ފޯމެއްގައި ކަމަށާއި ވަރުގަދަ ގުރޫޕެއްގައި އޮތަސް، ޓިއުނީޝިއާ އުންމީދު ދުލެއް ނުުކުރާނެ ކަމަށެެވެ.

ޓިއުނީޝިއާ އާއި އިންގްލެންޑް ވަނީ 1998 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ގުރޫޕް ސްޓޭޖުގައި ބައްދަލުކޮށްފަ އެވެ. އެ މެޗު 2-0 އިން ކާމިޔާބުކުރީ އިންގްލެންޑެވެ.

އިންގްލެންޑް:

ވޯލްޑް ކަޕްގައި އެފްރިކާގެ ޓީމެއް އަތުން އިންގްލެންޑް މިހާތަނަށް ބައްޔެއް ނުވޭ.

އެންމެ ފަހުން ކުޅުނު ފަސް ވޯލްޑް ކަޕްގެ ތެރެއިން، އިންގްލެންޑަށް ގުރޫޕްގެ އެއްވަނަ ލިބުނީ އެންމެ ފަހަރަކު.

މިއީ އިިންގްލެންޑް ވޯލްޑް ކަޕްގައި ޖެހިޖެހިގެން ކުޅޭ ހަ ވަނަ ފަހަރު.

ޓިއުނީޝިއާ:

ވޯލްޑް ކަޕްގައި ކުޅުނު ފުރަތަަމަ މެޗުގައި މެކްސިކޯ އަތުން 1978 ވަނަ އަހަރު މޮޅުވި ފަހުން ވޯލްޑް ކަޕްގައި އެންމެ ފަހުން ކުޅުނު 11 މެޗުން ވެސް ޓިއުނީޝިއާ އަށް މޮޅެއް ނުލިބޭ

ޓިއުނީޝިއާ އަކީ ވޯލްޑް ކަޕްގެ މެޗެއް ކާމިޔާބުުކުރި އެފްރިކާގެ ފުރަތަމަ ޤައުމު.

މިއީ 2006 ވަނަ އަހަރުގެ ފަހުން ޓިއުނީޝިއާ ވޯލްޑް ކަޕަށް ކޮލިފައިވި ފުރަތަމަ ފަަހަރު.

އެނގޭތަ؟

މި ފަހަރުގެ ވޯލްޑް ކަޕްގައި ވާދަކުރާ ޓީމުތަކުގެ ތެރެއިން، ރަށުން ބޭރުގައި ކުޅޭ އެންމެ ކުޅުންތެރިއެއް ވެސް ނެތް ސްކޮޑަކަށް ހަމައެކަނި އޮތީ އިންގްލެންޑްގެ ސްކޮޑެވެ. އިންގްލެންޑްގެ ސްކޮޑުގައި ހިމެނޭ ހުރިހާ ކުޅުންތެރިން ވެސް ކުޅެނީ އެ ޤައުމުގަ އެވެ.

Match Preview: England - Tunisia

Address


Website

dia.mv

Alerts

Be the first to know and let us send you an email when VTV posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Address
  • Alerts
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share