Kolhunbu

Kolhunbu Media

23/09/2023



ލަންކާގައި އުޅޭ ދިވެހިންނަށް އެމްބަސީގެ އިލްތިމާސް: ލޮކްޑައުންގައި ޕާސްޕޯޓް ހިފައިގެން ނޫނީ ބޭރަށް ނުދޭ! 21 އޮގަސްޓް 201...
21/08/2021

ލަންކާގައި އުޅޭ ދިވެހިންނަށް އެމްބަސީގެ އިލްތިމާސް: ލޮކްޑައުންގައި ޕާސްޕޯޓް ހިފައިގެން ނޫނީ ބޭރަށް ނުދޭ!

21 އޮގަސްޓް 2011

ސްރީލަންކާގައި ރެއިން ފެށިގެން ލޮކްޑައުން އިއުލާނު ކޮށްފައިވާތީ، ކޮންމެހެން ނުކުންނަން ޖެހިއްޖެ ހާލަތެއްގައިވެސް، ޕާސްޕޯޓް ހިފައިގެން ނޫނީ ބޭރަށް ނުދިއުމަށް އެ ގައުމުގައި ހުންނަ ދިވެހި އެމްބަސީން ލަންކާގައި އުޅޭ ދިވެހިންނަށް އިލްތިމާސް ކޮށްފިއެވެ.

ލަންކާގައި ދިރިއުޅޭ ފަރާތްތަކަށް އެމްބަސީން ފޮނުވާފައިވާ އެސްއެމްއެސްއެއްގައި ބުނެފައި ވަނީ ޒަރޫރީ ބޭނުންތަކާއި، އެއާޕޯޓަށް ދިޔުމާއި، ވެކްސިން ޖެހުމާއި، އިމަޖެންސީ ޙާލަތްތަކުގައި ޑޮކްޓަރަށް ދެއްކުމަށް ބޭރަށް ދާއިރުވެސް ޕާސްޕޯޓް އަތުގައި ބޭއްވުމަށެވެ. އަދި މި މުއްދަތުގައި ކޮވިޑާއި ގުޅިގެން ލަންކާގެ ސަރުކާރުން ދެމުންދާ އިރުޝާދުތަކަށް ސަމާލު ވުމަށްވެސް އެމްބަސީން ވަނީ އެދިފައެވެ.

އެމްބަސީގެ މެސެޖުގައި ބުނެފައި ވަނި ލޮކްޑައުންގެ މުއްދަތުގައި ކޮންސިއުލާ ޚިދުމަތް ބޭނުންވާ ފަރާތްތަކުން މެއިލް ކުރުމަށް ނުވަތަ ހޮޓްލައިންއަށް ގުޅުމަށެވެ. އީމެއިލް އެޑްރެސް އަކީ [email protected] އެވެ. ހޮޓްލައިން ނަންބަރަކީ 0768816666 އެވެ.

ސްރީލަންކާ އަނެއްކާވެސް ލޮކްޑައުން ކޮށްފި21 އޮގަސްޓް 2021ކޮވިޑްގެ ހާލަތު އިތުރަށް ގޯސްވުމާއި ގުޅިގެން އަވަށްޓެރި ސްރީލަނ...
21/08/2021

ސްރީލަންކާ އަނެއްކާވެސް ލޮކްޑައުން ކޮށްފި

21 އޮގަސްޓް 2021

ކޮވިޑްގެ ހާލަތު އިތުރަށް ގޯސްވުމާއި ގުޅިގެން އަވަށްޓެރި ސްރީލަންކާ އަނެއްކާވެސް ލޮކްޑައުން ކޮށްފިއެވެ.

ހުކުރު ދުވަހުގެ ރޭ 10:00 އިން ފެށިގެން މިމަހުގެ 30 ވަނަ ދުވަހުގެ ރޭ ފަތިހު 4 ޖެހުމާ ހަމައަށް ލޮކްޑައުން ކުރަން ސަރުކާރުން ނިންމި ކަން ވަނީ އިއުލާން ކޮށްފަ އެވެ.

ސްރީލަންކާއަކީ ބޭރު ގައުމު ތަކުގެ ތެރެއިން ދިވެހިން އެންމެ ގިނަ އަދަދަކަށް ދިރިއުޅޭ ގައުމެވެ. އަދި ގިނަ އަދަދެއްގެ ދިވެހިން ތަފާތު ބޭނުން ތަކަށްވެސް އެންމެ ގިނައިން ގޮސްއުޅޭ ގައުމެވެ.

ފޮޓޯ: އޭބީސީ ނިއުސް

ރައީސްގެ ދެކަނބަލުން ސްރީލަންކާއަށް ވަޑައިގެންފި20 ޖުލައި 2021ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙަންމަދު ސޯލިހާއި އެމަނި...
20/07/2021

ރައީސްގެ ދެކަނބަލުން ސްރީލަންކާއަށް ވަޑައިގެންފި

20 ޖުލައި 2021

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙަންމަދު ސޯލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހުމަދު މިއަދުގެ ވަގުތެއްގައި ސްރީލަންކާގެ ވެރިރަށް ކޮލަމްބޯއަށް ވަޑައިގެންފިއެވެ.

ރައީސް އޮފީހުން ބުނެފައިވާ ގޮތުގައި ރައީސްގެ ދެކަނބަލުން ކޮލަމްބޯއަށް ކުރައްވާ މިދަތުރުފުޅަކީ ނުރަސްމީ ދަތުރުފުޅެކެވެ. އަދި ކޮލަމްބޯ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ރައީސްގެ ދެކަނބަލުން މިމަހުގެ 23 ވާ ހުކުރު ދުވަހު އެނބުރި ރާއްޖެ ވަޑައިގަންނަވާނެ ކަމަށްވެސް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

އީދު ޗުއްޓީގެ ކުރިން ރައީސްގެ ދެކަނބަލުން ވަނީ އުތުރުގެ ތިން ރަށަކަށް ވެސް ވަޑައިގެންފައެވެ.

ފޮޓޯ: ރައީސް އޮފީސް

ވެކްސިން ފުރިހަމަކޮށް ޕީ.ސީ.އާރު. ޓެސްޓަކާއެކު ލަންކާއަށް ދިޔުމުން ކަރަންޓީނުވާކަށް މިހާރު ނުޖެހޭ11 ޖުލައި 2021ވެކްސިން ...
11/07/2021

ވެކްސިން ފުރިހަމަކޮށް ޕީ.ސީ.އާރު. ޓެސްޓަކާއެކު ލަންކާއަށް ދިޔުމުން ކަރަންޓީނުވާކަށް މިހާރު ނުޖެހޭ

11 ޖުލައި 2021

ވެކްސިން ފުރިހަމަކޮށް ނެގެޓިވް ޕީ.ސީ.އާރު. ޓެސްޓަކާއެކު ސްރީލަންކާއަށް ދާނަމަ ކަރަންޓީންވާން ނުޖެހޭގޮތަށް ކޮވިޑް 19 ގެތެރޭގައި ލަންކާއަށް ދަތުރުކުރުމުގެ އުޞޫލަށް ބަދަލަތުތަކެއް ގެނެސްފިއެވެ. ވެކްސިން ފުރިހަމަކުރުން ކަމަށް ސްރީލަންކާއިންވެސް ބަލަނީ ވެކްސިންގެ ހުރިހާ ޑޯޒެއް ހަމަވެސް 14 ދުވަސް ވެ އަދި އިނގިރޭސި ބަހުން އޮންނަ ވެކްސިންކާޑާ އެކު ދަތުރުކުރާ ފަރާތްތަކަށެވެ. ޕީ.ސީ.އާރު. ޓެސްޓް ވާންޖެހޭނީ އެންމެ ގިނަވެގެން ފުރުމުގެ 72 ގަޑިއިރު ކުރިން ހެދިފައިވާ ޓެސްޓަކަށެވެ.

ވެކްސިން ފުރިހަމަކޮށްފައިވާ ފަރާތްތަކުންވެސް ސްރީލަންކާއަށް އައުމަށްފަހު އިތުރު ޕީ.ސީ.އާރު. ޓެސްޓެއް ހަދާނެއެވެ. އަދި އެ ޓެސްޓްގެ ނަތީޖާ ލިބެންދެން ކަރަންޓީން ފެސިލިޓީއެއްގައި މަޑުކުރަންޖެހެއެވެ. އުމުރުން 2 އަހަރުން މަތީގެ ހުރިހާ އެންމެންގެ ޕީ.ސީ.އާރު. ޓެސްޓް ހަދަންޖެހޭއިރު، ކަރަންޓީން ފެސިލިޓީގައި މަޑުކުރާނަމަ އުމުރުން 12 އަހަރުންދަށުގެ ކުދިން ޕީ.ސީ.އާރު. ޓެސްޓް ހަދާކަށް ނުޖެހޭނެއެވެ. އަދި ސްރީލަންކާއަށް އެތެރެވާތާ 7 ވަނަ ދުވަހު އިތުރު ޕީ.ސީ.އާރު. ޓެސްޓެއް ހަދާނެއެވެ.

ޓޫރިސްޓުންގެ ގޮތުގައި ޒިޔާރަތްކުރާނަމަ އަދިވެސް ސްރީލަންކާ ޓޫރިޒަމްގައި ރެޖިސްޓަރ ވާންޖެހެއެވެ. އަދި ރަސްމީ މަސައްކަތަކަށް ދާނަމަ ސްރީލަންކާގެ ފޮރިން މިނިސްޓްރީގެ ހުއްދަ ހޯދަންޖެހެއެވެ. ވެކްސިން ފުރިހަމަކުރި ފަރާތްތައްވެސް ޕޮޒިޓިވް ވަމުންދާތީ، މިހާރު އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ވެކްސިން ފުރިހަމަކުރި ފަރާތްތަކުންވެސް ސަމާލުވުމަށް ސްރީލަންކާގެ ހެލްތު މިނިސްޓްރީއިން އެދެއެވެ.

ވެކްސިން ޖަހާ 14 ދުވަސް ހަމަނުވާނަމަ، ވެކްސިން ޖެހިތާ 14 ދުވަސް ހަމަވަންދެން ކަރަންޓީނު ކުރާނެއެވެ. އަދި އޭގެ ފަހުން ހަދާ ޕީ.ސީ.އާރު. ޓެސްޓް ނެގެޓިވް ނަމަ ކަރަންޓީނުން ދޫކޮށްލާނެއެވެ. އަދި ވެކްސިނޭޓް ކޮށްފައިވާ ބެލެނިވެރިންނާއެކު ދަތުރުކުރާ ކުޑަކުދިންވެސް ޕީ.ސީ.އާރު. ޓެސްޓަށްފަހު އެކުދިންގެ ބެލެނިވެރިންނާއެކު ކަރަންޓީނުން ދޫކޮށްލާނެއެވެ.

ކުރިޔެކޭވެސް އެއްގޮތަށް ވެކްސިން ފުރިހަމަކޮށްފައިނުވާ ފަރާތްތަކުން ކަރަންޓީން ހޮޓަލެއްގައި ނުވަތަ ކަރަންޓީން ފެސިލިޓީއެއްގައި 14 ދުވަސް ވަންދެން ކަރަންޓީންވުން މަޖުބޫރުވާނެއެވެވެ. އަދި 14 ވަނަ ދުވަހު ޕީ.ސީ.އާރު. ޓެސްޓް ހަދައި ނަތީޖާ ނެގެޓިވް ނަމަ ކަރަންޓީނުން ދޫކޮށްލާނެއެވެ. އެއްވެސް ޕީ.ސީއާރު. ޓެސްޓެއް ޕޮޒިޓިވް ވެއްޖެނަމަ އައިސޮލޭޝަން ފެސިލިޓީއަކަށް ލާނެކަމަށްވެސް ގައިޑްލައިން ބުނެއެވެ. މީގެ އިތުރުން ކޮންޓެކްޓްވެފައިވާ ފަރާތެއް ކޮވިޑަށް ޕޮޒިޓިވް ވެއްޖެނަމަ ކަރަންޓީންގެ މުއްދަތު އިތުރުކުރާނެއެވެ.

ސްރީލަންކާއަށް ދަތުރުކުރުމުގައި ލުއިތަކެއް ދިން ނަމަވެސް ކޮލޮމްބޯ ހިމެނޭ ވެސްޓަރން ޕްރޮވިންސްގައި ކޭސްތަކުގެ އަދަދު ދަށްނުވާތީ އެ ސަރަހައްދަށް އިތުރު ފިޔަވަޅުތަކެއް ވަނީ އަޅާފައެވެ. މިގޮތުން ހަރުކަށި ފިޔަވަޅުތަކާއެކު ހޮޓާތަކާއި ގެސްޓްހައުސްތައް އޮޕަރޭޓް ކުރުމުގެ ހުއްދަ ދިން ނަމަވެސް ޕަބްތަކާއި ކްލަބްތަކާއި ކެސިނޯ އަދި ސްޕާތައް ބަންދުކޮށްފައި ބެހެއްޓުން ހިމެނެއެވެ. އަދި 10 މީހުނަށްވުރެ އިތުރު ނުވާނެގޮތަށް ކައިވެނިތައް ބޭއްވުމާއި، ނިޔާވާތާ 24 ގަޑިއިރުތެރޭ ޖަނާޒާބޭއްވުމާއި އަދި ޖަނާޒާގައި 15 މީހުނަށްވުރެ ގިނައިން ބައިވެރިނުވުން ހިމެނެއެވެ.

ފޮޓޯ: ގޫގުލް

Address


Website

Alerts

Be the first to know and let us send you an email when Kolhunbu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Address
  • Alerts
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share