MvN12

MvN12 N12 is the administrative code for Thaa Atoll Kinbidhoo. Please follow for the latest news o

06/03/2024

Nazra Naseem (Nazu)
Fuvahmulaku Dhekunu Dhaairaa
Candidate no: 3️⃣✅


އިސްލާމްދީނުގައި ވާޖިބުކުރައްވާފައިވާ ހެޔޮކަންކަމަށް އަމުރުކޮށް ނުބައި ކަންކަން ނަހީކުރުމުގެ ޝިއާރާ ފުށޫއަރާ ގޮތަށް ގާނޫ...
15/06/2021

އިސްލާމްދީނުގައި ވާޖިބުކުރައްވާފައިވާ ހެޔޮކަންކަމަށް އަމުރުކޮށް ނުބައި ކަންކަން ނަހީކުރުމުގެ ޝިއާރާ ފުށޫއަރާ ގޮތަށް ގާނޫނުއަސާސީގެ 10 ވަނަ މާއްދާގެ (ށ)އާ ފުށޫއަރާ ގޮތަަށް ގާނޫނުލް އުގޫބާތަށް ސަރުކާރުން ގެންނަންއުޅޭ އިސްލާހާމެދު ކިނބިދޫ ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފި


މިމަހުގެ ތޭރަ ވަނަ ދުވަހު އިތުރުވި ތިންމީހަކާއެކު ކިނބިދޫގައި ފެތުރެމުންމިދާ ކޮވިޑް 19ގެ ކޮމިއުނިޓީ ސްޕްރެޑްގެ ދެވަނަ ރާ...
15/06/2021

މިމަހުގެ ތޭރަ ވަނަ ދުވަހު އިތުރުވި ތިންމީހަކާއެކު ކިނބިދޫގައި ފެތުރެމުންމިދާ ކޮވިޑް 19ގެ ކޮމިއުނިޓީ ސްޕްރެޑްގެ ދެވަނަ ރާޅުގައި ނެގުނު ރެންޑަމް ސާމްޕަލް ތަކާއި ކޮންޓެކްޓް ޓްރޭސިންގެ ސާމްޕަލް ތަކުން ފައްސިވީ މީހުންގެ އަދަދު 57 އަށް އަރައިފި

މާލެއިން އައިސް ފުރަބަންދުގައި ތިބެ ބައްޔަށް ފައްސިވީ 4 މީހުންނާއެކު ޖުމްލަ 61 މީހުން.

މިވަގުތު ކިނބިދޫގައި ތިބީ ކޮވިޑް 19 އަށް ފަރުވާ ހޯދަމުންދާ ޖުމްލަ 10 މީހުން


07/06/2021

މިއި މީގެ 63 އަހަރު ކުރިން 1958ގެ ސެޕްޓެމްބަރު ގައި ކިނބިދޫ ގައި ކުރެވުނު ކިނބިދޫ ވޭރު ކޮނުމުގެ މަސައްކަތުގައި ބައިވެރިވި ކިނބިދޫގެ އެއިރުގެ ފިރިހެންވެރިން ކިނބިދޫ ވޭރުމަތީގައި ނަގާފައިވާ ފޮޓޯއެއް.

އެއިރު ކިނބިދޫގައި އުޅުނު މަސައްކަތް ކުރާ އުމުރުގެ އެންމެންހެން މިމަސައްކަތުގައި ބައިވެރިވެފައި ވާކަމަށާ ދިން މުސާރަ ހަނދާން ނެތަސް, ސަރުކާރުގެ ބޭނުމަށް ކުރެވުނު މިމަސައްކަތަށް އެއިރާ ބަލާފައި ބޮޑު މުސާރައެއް ސަރުކާރުން ދިން ކަމަށާއި އަދި މަސައްކަތް ކުރެވުނީ ދުވަހު މުސާރަޔަށް ކަމަށާއި ދުވަހުން ދުވަހަށް ބަރާބަރަށް މުސާރަ ދީފައިވާކަން ފާހަގަކޮށް މަސައްކަތް ކުރެވުނުތަން ދެކެފައިވާ އިސްރައްވެހިންގެ ތެރޭގައި ހިމެނޭ އުމުރުން ދުވަސްވީ އަންހެން ބޭފުޅެއްގެ ފަރާތުން މައުލޫމާތު ލިބިފައިވޭ.


މިދިޔަ ޖޫން މަހުގެ 22 ހުން ފެށިގެން ކިނބިދޫގައި ފެތުރެމުންމިދާ ކޮވިޑް 19ގެ ކޮމިއުނިޓީ ސްޕްރެޑްގެ ދެވަނަ ރާޅުގައި ނެގުނު ...
07/06/2021

މިދިޔަ ޖޫން މަހުގެ 22 ހުން ފެށިގެން ކިނބިދޫގައި ފެތުރެމުންމިދާ ކޮވިޑް 19ގެ ކޮމިއުނިޓީ ސްޕްރެޑްގެ ދެވަނަ ރާޅުގައި ނެގުނު ރެންޑަމް ސާމްޕަލް ތަކާޢި ކޮންޓެކްޓް ޓްރޭސިންގެ ސާމްޕަލް ތަކުން މިހާތަނަށް ޖުމްލަ 52 މީހަކު ކޮވިޑް19 އަށް ފައްސި ވެފައިވޭ.
މީގެތެރެއިން 25 މީހަކު ވަނީ ބަލިން ރަނގަޅު ވެފައި.
މީގެތެރެއިން ބައްޔަށް ފަރުވާ ހޯދަމުންދާ 27 މީހަކު އަދި އެބަތިބި.

މީގެ އިތުރުން މާލެއިން އައިސް ކޮވިޑް 19 އަށް ފައްސިވެ، ފުރަބަންދުގައި ތިބި 4 މީހުންގެ ތެރެއިން 3 މީހުން މިހާރު ބަލިން ރަނގަޅުވެފައިވޭ.
މީގެތެރެއިން ބައްޔަަށް ފަރުވާ ހޯދަމުންދަނީ މިހާރު އެކަކު

މިއަދަދުތަކާ އެކު ކޮވިޑް 19 އަށް ފަރުވާ ކުރަމުންދާ ޖުމްލަ 28 މީހުން ކިނބިދޫގައި މިވަގުތު އެބަތިބި.


ކިނބިދޫގައި ކޮވިޑް 19 އަށް ފައްސިވެފައިވާ ހައިރިސްކު ކެޓަގަރީގެ އަންހެނަކު މިއަދު ލ.ގަމު އައިސޮލޭޝަން ފެސިލިޓީއަށް ބަދަލ...
07/06/2021

ކިނބިދޫގައި ކޮވިޑް 19 އަށް ފައްސިވެފައިވާ ހައިރިސްކު ކެޓަގަރީގެ އަންހެނަކު މިއަދު ލ.ގަމު އައިސޮލޭޝަން ފެސިލިޓީއަށް ބަދަލުކޮށްފި.

މިއީ ކިނބިދޫގައި މިހާރު ފެތުރެމުންދާ ކޮވިޑް19 ގެ ދެވަނަ ރާޅުގައި ކިނބިދޫ އިން ފެސިލިޓީއަށް ބަދަލުކުރެވުނު ފުރަތަމަ މީހާ


އިތުރު ތިން މީހަކު ފައްސިވެ  ކޮމިއުނިޓީ ސްޕްރެޑް ގެ ދެވަނަރާޅުގައި  ކިނބިދޫއިން ފައްސިވީ މީހުންގެ އަދަދު  8  އަށް އަރައި...
23/05/2021

އިތުރު ތިން މީހަކު ފައްސިވެ ކޮމިއުނިޓީ ސްޕްރެޑް ގެ ދެވަނަރާޅުގައި ކިނބިދޫއިން ފައްސިވީ މީހުންގެ އަދަދު 8 އަށް އަރައިފި.

މީގެ އިތުރުން މާލެއިން އައިސް ފުރަ ހުރި ކުއްޖަކުވެސް މިރޭ ކޮވިޑް 19އަަށް ފައްސިވެފައިވޭ.

މާލެއިން އައިސް ހޯމްކަރަންޓީންގައި ތިބި ފައްސި ވެފައިވާ 3 މީހުންނާއެކު ކޮވިޑް 19 އަަށް ފައްސިވެފައިވާ ޖުމުލަ 11 މީހުން މިވަގުތު ކިނބިދޫގައި އެބަތިބި.

-ކިނބިދޫ ސިއްޙީ މަރުކަޒު -




ކިނބިދޫ ކޮވިޑް 19 އަދާހަމައިއްޔެ ހެނދުނު ކޮވިޑް 19 އަށް ފައްސިވި މީހުން ހިމެނޭ ގެއިން ފައްސިވި އިތުރު މީހަކާ އެކު މި ކޮމ...
23/05/2021

ކިނބިދޫ ކޮވިޑް 19 އަދާހަމަ

އިއްޔެ ހެނދުނު ކޮވިޑް 19 އަށް ފައްސިވި މީހުން ހިމެނޭ ގެއިން ފައްސިވި އިތުރު މީހަކާ އެކު މި ކޮމިއުނިޓީ ސްޕްރެޑްގެ ދެވަނަ ރާޅުގައި ފައްސިވެފައިވާ 5 މީހަކު ކިނބިދޫގައި މިވަގުތު އެބަތިބި.

މީގެއިތުރުން މާލެއިން އައިސް ހޯމްކަރަންޓީނުގައި ތިބި މީހުންގެ ތެރެއިން ކޮވިޑް 19 އަށް ފައްސިވެފައިވާ 2 މީހަކު ވެސް ކިނބިދޫގައި މިވަގުތު އެބަ ތިބި.

-ކިނބިދޫ ސިއްޙީ މަރުކަޒު -


HPA ge Engun:Ehen engumeh angandhen miadhun feshigen Th.Kinbidhoo Monitoring ah lun.އެޗް.ޕީ.އޭ  ގެ  އެންގުން:އެެހެން  އެ...
22/05/2021

HPA ge Engun:

Ehen engumeh angandhen miadhun feshigen Th.Kinbidhoo Monitoring ah lun.

އެޗް.ޕީ.އޭ ގެ އެންގުން:
އެެހެން އެންގުމެއް އަންގަންދެން މިއަދުން ފެށިގެން ތ. ކިނބިދޫ މޮނިޓަރިންގ އަށްލުން.

😢






ކޮވިޑް 19 ގެ ކޮމިއުނިޓީސްްޕްރެޑް ގެ ދެވަނަ ރާޅެއްގެ ކޮޅިމަތި ކިނބިދޫއަށް ދައްކާލައިފި.ގެ ދެބައިކޮށްގެން ހޯމްކަރަންޓީނުކޮ...
22/05/2021

ކޮވިޑް 19 ގެ ކޮމިއުނިޓީސްްޕްރެޑް ގެ ދެވަނަ ރާޅެއްގެ ކޮޅިމަތި ކިނބިދޫއަށް ދައްކާލައިފި.

ގެ ދެބައިކޮށްގެން ހޯމްކަރަންޓީނުކޮށްފައިވާ ގެއެއްގެ, ކަރަންޓީން ނުކުރާ މީހުން އުޅޭބައިގެ ތެރެއިން ހަތަރު މީހަކު ކޮވިޑް 19އަށް މިއަދު ފައްސި ވެއްޖެ

މިމީހުން ފައްސި ވެފައިވަނީ ރޯގާގެ އަލާމާތްތަކެއް ފެނިގެން ނެގުނު ސާމްޕަލް ތަކެއްގެ ނަތީޖާއިން.

-ކިނބިދޫ ސިއްޙީ މަރުކަޒު -



 :މިއަދު ފައްސިވި މީހަކާއެކު ހޯމްކަރަންޓީނުގައި ހުރެ  ކޮވިޑް 19  އަށް  ފައްސި ވެފައި ވާ ދެ މީހަކު ކިނބިދޫގައި އެބަތިބި.ކ...
22/05/2021

:

މިއަދު ފައްސިވި މީހަކާއެކު ހޯމްކަރަންޓީނުގައި ހުރެ ކޮވިޑް 19 އަށް ފައްސި ވެފައި ވާ ދެ މީހަކު ކިނބިދޫގައި އެބަތިބި.

ކޮމިއުނިޓީ ސްޕްރެޑްގައި ކިނބިދޫއިން ފައްސިވީ އެންމެން ވަނީ ބަލިން ރަނގަޅުވެފައި.

-ކިނބިދޫ ސިއްޙީ މަރުކަޒު -


މިއަދު އޮތް ކޮޅުމަޑުލު ކިނބިދޫ ކައުންސިލްގެ ކައުންސިލަރުން ހުވާ ކުރުމާއި،އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ (އ.ތ....
17/05/2021

މިއަދު އޮތް ކޮޅުމަޑުލު ކިނބިދޫ ކައުންސިލްގެ ކައުންސިލަރުން ހުވާ ކުރުމާއި،
އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ (އ.ތ.މ) ކޮމިޓީގެ މެންބަރުން އިޤްރާރުވުމުގެ ދަރުބާރުގެ ތެރެއިން.
ހޯމް ކަރަންޓީން ގައި ހުރުމުގެ ސަބަބުން ކައުންސިލްގެ އަންހެން މެންބަރު ސަމާ ރަޝީދު މިރަސްމިއްޔާތުގައި ބައިވެރި ވެފައި ވަނީ އޮންލައިންކޮށް.
ކިނބިދޫ ކައުންސިލްގެ 4 ވަނަ ދައުރުގެ މެންބަރުންނާއި ކިނބިދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީއަށް މިއަދު ހުވާކުރެއްވި މެންބަރުންނަށް ވަރަށް ހޫނު މަރުހަބާއެއް ދަންނަވަން.
އަޅުގަނޑުމެންގެ އެދުމަކީ ތިޔަބޭފުޅުންގެ ޒަޢާމަތުގައި ކިނބިދޫއަށް އިތުރު ތަރައްޤީ އާއި ކުރިއެރުން ލިބި ކިނބިދޫގެ ރައްޔިތުންނަށް އަދަށްވުރެ ފެހި ފަހި މާދަމާއެއް ލިބިގެން ދިޔުން.


Contribute to us. Have your voices heard. Please send news and updates to us: thaa.kinbidhoo@gmail.comOr simply DM us vi...
17/05/2021

Contribute to us. Have your voices heard.
Please send news and updates to us: [email protected]

Or simply DM us via Facebook messenger.

Join Telegram Channel by the following link.

https://t.me/mv_n12

މިޗެނަލް ޚާއްސަކުރެވިފައި ވަނީ ކިނބިދޫގެ ރައްވެހިންނާ ގުޅޭ މަސްލަހަތު ހުރި ކަންކަން ހިމެނޭ ގޮތަށް ކިނބިދޫ އާއި ގުޅޭ އެކިއެކި މައުލޫމާތާއި ހިނގަމުންދާ ކަންކ...

ކޮޅުމަޑުލު ކިނބިދޫ ކައުންސިލްގެ ރަސްމީ ޓެލެގްރާމް ޗެނަލްއެއް  މިއަދު ލޯންޗްކޮށްފި. މި ޗެނަލްގެ މަޤްޞަދަކީ ކިނބިދޫ ކައުން...
17/05/2021

ކޮޅުމަޑުލު ކިނބިދޫ ކައުންސިލްގެ ރަސްމީ ޓެލެގްރާމް ޗެނަލްއެއް މިއަދު ލޯންޗްކޮށްފި.

މި ޗެނަލްގެ މަޤްޞަދަކީ ކިނބިދޫ ކައުންސިލުން ހިންގާ ޙަރަކާތްތަކާއި ރައްޔިތުންނަށް ޙިއްސާ ކުރުމަށް ބޭނުންވާ ކަންތައްތައް ޙިއްސާ ކުރުމެވެ.

މި ޗެނަލަށް ވަނުމަށްޓަކައި ތިރީގައިވާ ލިންކަށް ފިއްތާލައްވާ.

https://t.me/secretariatofkinbidhoocounciln12



ކޮޅުމަޑުލު ކިނބިދޫ ކައުންސިލްގެ ކައުންސިލަރުން ހުވާ ކުރުމާއި،އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ (އ.ތ.މ) ކޮމިޓީގެ ...
17/05/2021

ކޮޅުމަޑުލު ކިނބިދޫ ކައުންސިލްގެ ކައުންސިލަރުން ހުވާ ކުރުމާއި،
އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ (އ.ތ.މ) ކޮމިޓީގެ މެންބަރުން އިޤްރާރުވުމުގެ ދަރުބާރު

ކޮޅުމަޑުލު ކިނބިދޫ ކައުންސިލްއަށް އިންތިޚާބުވި ކައުންސިލަރުން ހުވާކުރެއްވުން އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ (އ.ތ.މ) ކޮމިޓީގެ މެންބަރުން އިޤްރާރުވުމުގެ ދަރުބާރު، މިއަދު 10:00 ގައި ތ. ކިނބިދޫ ޕްރީސްކޫލުގައި ބާއްވައިފިއެވެ.
https://www.facebook.com/kinbicouncil/videos/926341061490220/

މި ދަރުބާރުގައި ކައުންސިލަރުންނަށް ހުވާ ލައިދެއްވީ ކޮޅުމަޑުލު ހިރިލަންދޫ މެޖިސްޓްރޭޓް ކޯޓްގެ ކޯޓް އިސް މެޖިސްޓްރޭޓް އަލްއުސްތާޛު ޢަބްދުﷲ ޙުސައިންއެވެ.


12/05/2021

ބަރަކާތްތެރި ފިތުރު ޢީދުގެ ތަހުނިޔާ ތިޔަ ލޮބުވެތި އަޚުންނާ އުޚުތުންނަށް އަރިސްކުރަން


ކިނބިދޫގެ ލޮބުވެތި ރައްޔިތުން އަދި މި ޕޭޖްގެ އެންމެހާ ކިޔުންތެރިންނަށް ފިތުރުއީދުގެ ހެޔޮއެދުމާއި ތަހްނިޔާ އަރިސްކުރަން. ...
12/05/2021

ކިނބިދޫގެ ލޮބުވެތި ރައްޔިތުން އަދި މި ޕޭޖްގެ އެންމެހާ ކިޔުންތެރިންނަށް ފިތުރުއީދުގެ ހެޔޮއެދުމާއި ތަހްނިޔާ އަރިސްކުރަން.


11/05/2021

މިއަދަކީ ކިނބިދޫއަށް ވައިބާރު ކަނޑުގަދަ ވިއްސާރަ (މޫސުން ގޯސް ) ދުވަހެއް.

ފަތިހުއްސުރެ ގާތްގަނޑަކަށް ހެނދުނު 9:30 އާ ދެމެދު މެދުނުކެނޑި އާދައިގެ ވަރަކަށް ވާރޭވެހިފައިވޭ. އޭގެ ފަހުންވެސް ދޭތެރެދޭތެރެއިން ވާރޭވެހިފައިވޭ.

ހއ. އަތޮޅުން ލ.އަތޮޅާ ދެމެދަށް, މިއަދު 13:00 ން 18:00 އަށް މޫސުމާބެހޭ ގައުމީ އިދާރާއިން ވަނީ ވައިޓް އެލާޓް ވެސް ނެރެފަ


10/05/2021

އަނެއްކާވެސް ކަސްހޮވާނީގެ އުނދަގޫ ބޮޑުވެ ކަސްހޮވާނި އަޅާފައިވާ ގަސްގަހަށް ބޭސް ޖެހުމުގެ މަސައްކަތް ކިނބިދޫ ކައުންސިލުން ކިނބިދޫގައި މިއަދު ކުރިޔަށް ގެންދަނީ.

މިމަސައްކަތުގައި ކިނބިދޫ ޕޮލިސް ސްޓޭޝަނާއި ކިނބިދޫ ކޮވިޑް19 ޓާސްކުފޯސް އާއި ކިނބިދޫގައި ހުންނަ ސަރުކާރުގެ މުއައްސަސާތަކާއި ހެޔޮއެދޭ އަމިއްލަ ބައެއް ފަރާތްތަކުން ބައިވެރިވޭ.

މިފަދަ ކަސްހޮވާނި ބޭސް ޖެހުމުގެ އިވެންޓެއް މިދިޔަ މާރިޗު މަހުގެ 28 ގައިވެސް ކުރިޔަށް ގެންގޮސްފައިވޭ .


Meege 2 dhuvaheh ge kureege post eh. ރަށުން ބޭރުގައި ދިރިއުޅޭ ކިނބިދޫގެ ގިނަ ފަރާތްތަކެއްގެ ހެޔޮއެދުންތަކާއެކު ކިނބިދޫ ރ...
09/05/2021

Meege 2 dhuvaheh ge kureege post eh.

ރަށުން ބޭރުގައި ދިރިއުޅޭ ކިނބިދޫގެ ގިނަ ފަރާތްތަކެއްގެ ހެޔޮއެދުންތަކާއެކު ކިނބިދޫ ރައްޔިތުންނަށް ހަދިޔާކޮށް އިއްޔެ ބަހާލެވުނު އައިސް ކުކުޅު ތަކާއެކު ފޮނުވާފައިވާ 825 ކިލޯ ގެ ބާސްމަތީ ހަނޑޫ ބެހުމުގެ މަސައްކަތް ކިނބިދޫ ކައުންސިލް އިދާރާއާއި ކިނބިދޫ ކޮވިޑް19 ޓާސްކުފޯސް ގުޅިގެން ކުރިޔަށް ގެންދަނީ


ކިނބިދޫ ކޮވިޑް 19 ސްޓޭޓަސް. މިމަހުގެ އެއްވަނަ ދުވަހު ކޮވިޑް 19 އަށް ފައްސިވީ މީހާއާއި އެކު މިހާތަނަށް  ކޮމިއުނިޓީ ސްޕްރެ...
09/05/2021

ކިނބިދޫ ކޮވިޑް 19 ސްޓޭޓަސް.

މިމަހުގެ އެއްވަނަ ދުވަހު ކޮވިޑް 19 އަށް ފައްސިވީ މީހާއާއި އެކު މިހާތަނަށް ކޮމިއުނިޓީ ސްޕްރެޑްގައި ކިނބިދޫއިން ފައްސިވީ މީހުންގެ އަދަދަކީ 59.

ޖުމުލަ 57 މީހަކު ބަލިން ރަނގަޅުވެފައިވޭ.
ޖުމްލަ 775 ސާމްޕަލް ނެގިފައިވޭ.
މިވަގުތު މޮނިޓަރިންގައި 9 ގެއެއް އެބައޮތް.

ކޮމިއުނިޓީ ސްޕްރެޑާ ގުޅިގެން މަގުމަތިން މިހާތަނަށް ނެގުނު އެއްވެސް ރެނޑަމް ސާމްޕަލެއް ފައްސިވެފައި ނުވޭ.

-ކިނބިދޫ ސިއްޙީ މަރުކަޒު -



09/05/2021

Assalaam Alaikum,
Dhimaavi technical massala ehge sababun kuda dhuvaskolhakah ge khidhumaiy medhu kendifa othumah fahu alun fashaigannameve.

Dhimaavi dhathi thakah maafah edhen.

ކުއްލި ޚަބަރު:މާލެއިން އައިސް ކިނބިދޫގެ ގެއެއްގައި ހޯމްކަރަންޓީނުގައި ހުރި އަންހެނަކާ ދަރިފުގެ ތެރެއިން ދަރިފުޅު, ބޭރުން...
07/03/2021

ކުއްލި ޚަބަރު:

މާލެއިން އައިސް ކިނބިދޫގެ ގެއެއްގައި ހޯމްކަރަންޓީނުގައި ހުރި އަންހެނަކާ
ދަރިފުގެ ތެރެއިން ދަރިފުޅު, ބޭރުން އައި އެހެން ކުއްޖަކާ ޑައިރެކްޓް ކޮންޓެކްޓް ވުމުގެ ސަބަބުން ބޭރުން ކޮންޓެކްޓްވި ކުޑަކުއްޖާއާއި އެކު އެކުއްޖާގެ މަންމަ ހޯމްކަރަންޓީނު ކުރެވިއްޖެ.

މައުލޫމާތު ލިބިފައިވާ ގޮތުން މާލެއިން އައިސް ހޯމްކަރަންޓީނުގައި ތިބި ދެމައިންގެ ކަރަންޓީނުގެ މުއްދަތު ހަމަވާން ބާކީ އޮތީ ދެދުވަސް. އަދި މިއީ އެއް އާއިލާއަކަށް ނިސްބަތްވާ ބައެއް


ކިނބިދޫއާއި ގުޅޭ އެންމެ ތާޒާ ޚަބަރު  ޓެލެގްރާމް ޗެނަލްއިން އަވަހަށް ޖޮއިން ކޮށްލައްވާhttps://t.me/mv_n12
06/03/2021

ކިނބިދޫއާއި ގުޅޭ އެންމެ ތާޒާ ޚަބަރު ޓެލެގްރާމް ޗެނަލްއިން
އަވަހަށް ޖޮއިން ކޮށްލައްވާ

https://t.me/mv_n12

މިޗެނަލް ޚާއްސަކުރެވިފައި ވަނީ ކިނބިދޫގެ ރައްވެހިންނާ ގުޅޭ މަސްލަހަތު ހުރި ކަންކަން ހިމެނޭ ގޮތަށް ކިނބިދޫ އާއި ގުޅޭ އެކިއެކި މައުލޫމާތާއި ހިނގަމުންދާ ކަންކ...

އަމިއްލަ ފަރާތަކުން އިންތިޒާމްކޮށްގެން ކުރިޔަށް ދާ އެކުވެރިކަމުގެ  ފުޓްސަލް މުބާރާތެއް ކިނބިދޫ ބޯޅަދަނޑުގައި މިއަދު ފަށަ...
06/03/2021

އަމިއްލަ ފަރާތަކުން އިންތިޒާމްކޮށްގެން ކުރިޔަށް ދާ އެކުވެރިކަމުގެ ފުޓްސަލް މުބާރާތެއް ކިނބިދޫ ބޯޅަދަނޑުގައި މިއަދު ފަށައިގެން ކުރިޔަށްދަނީ

މި މުބާރާތުގައި ހަތަރު ޓީމެއް ބައިވެރިވޭ


ކިނބިދޫ ސްކޫލުގައި މިހާރު ކުރިޔަށްދާ ލައިފް ސްކިލް ކޭމްޕުގެ ތެރެއިން.        https://t.me/mv_n12/592https://t.me/mv_n12/...
03/03/2021

ކިނބިދޫ ސްކޫލުގައި މިހާރު ކުރިޔަށްދާ ލައިފް ސްކިލް ކޭމްޕުގެ ތެރެއިން.



https://t.me/mv_n12/592

https://t.me/mv_n12/602

https://t.me/mv_n12/611

ކިނބިދޫ ސްކޫލުގައި މިހާރު ކުރިޔަށްދާ ލައިފް ސްކިލް ކޭމްޕުގެ ތެރެއިން.

ކިނބިދޫ ސްކޫލުގައި މިހާރު ކުރިޔަށްދާ ލައިފް ސްކިލް ކޭމްޕުގެ ތެރެއިން.         Ministry of Education - Republic of Maldiv...
03/03/2021

ކިނބިދޫ ސްކޫލުގައި މިހާރު ކުރިޔަށްދާ ލައިފް ސްކިލް ކޭމްޕުގެ ތެރެއިން.

Ministry of Education - Republic of Maldives

Address


Website

Alerts

Be the first to know and let us send you an email when MvN12 posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to MvN12:

Videos

Shortcuts

  • Address
  • Alerts
  • Contact The Business
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share