Fashuvi

Fashuvi Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Fashuvi, News & Media Website, .

13/02/2019
ޒަހަބީ އިމާމް ވިދާޅުވަނީ ޒަދާން އަކީ އެބެއިކަލެއްގެ ފަރާތްޕުޅުން ވަރަށް ގިނަ ޙަދީޘް ތަކެއް ރިވާވެގެން ވާ އިތުބާރު ހިފޭ ބ...
18/11/2018

ޒަހަބީ އިމާމް ވިދާޅުވަނީ ޒަދާން އަކީ އެބެއިކަލެއްގެ ފަރާތްޕުޅުން ވަރަށް ގިނަ ޙަދީޘް ތަކެއް ރިވާވެގެން ވާ އިތުބާރު ހިފޭ ބެއިކަލެއް ކަމަށެވެ. އެކަލޭގެފާނުން ޢުމަރުބުނުލް ޚައްތާބާއި، ސަލްމާނުލް ފާރިސީ އާއި ޚުޛައިފާ ފަދަ ބެއި ބެއި ކަލުންގެ ފަރާތްޕުޅުންވެސް ހަދީޘް ރިވާ ކުރެއްވެވި އެވެ. ޒަދާން ގެ ތަޢުބާގެ ވާހަކަ ޒަދާން މިފަދައިން ކިޔައި ދެއްވިއެވެ: “ތިމަން ކަލޭގެފާނުން ނަކީ ކުޑައިރުގައި ރިވެތި އަޑެއް ލިބިގެން ވާ މީހަކީ މެވެ. އަދި ބެރުޖެހުމަށް ވެސް ތިމަން ކަލޭގެފާނުން ވަރަށް ކުޅަދާނައެވެ. އެއްދުވަހަކު ތިމަން ކަލޭގެފާނުން ކުޑަކުދިން (އެއްފުރާއިގެ) ތަކަކާއި އެކީ ގައި މަސްތުވާ ޒާތެއްގެ ބުއިމެއް ބޮއިގެން ލަވަކިޔަން ތިބީމެވެ. އެ ވަޤުތު ދިމާވި ގޮތުން އިބްން މަސްޢޫދު (ރަޟިޔަﷲ ޢަންޙު) ކުރިމަތިން ހުރަސްކުރައްވަވައި ވަޑައި ގަންނަވަމުން އެތެރެއަށް ވަޑައިގަތެވެ. އަދި އެ މަސްތުވާ ބުއިން އަޅާފައިވާ ޖާޑި ތަޅާލައްވަވާ ތިމަން ކަލޭގެފާނުންގެ ގާތުގައި އޭ މިހުރަ ކުޑަކުއްޖާއޭ ކަލޭގެ ތި ރީތި އަޑު ޤުރްޢާން ކިޔެވުމުގައި ބޭނުން ކުރާނެ ނަމަ ކޮންފަދަހޭ ވިދާޅުވުމުށް ފަހު ވަޑައިގެން ނެވި އެވެ. ދެން ތިމަން ކަލޭގެފާނުންގެ ގާތުގައި ތިބި ކުދިން ގާތުގައި “އެއީ ކާކު” ތޯ ސުވާލު ކުރީމެވެ. އެ ކުދިން ބުނީ އެއީ އިބްން މަސްޢޫދު ކަމުގައެވެ. އެވަގުތު އީމާންތެރިކަން ތިމަންކަލޭގެފާނުން ގެ މައްޗަށް އޮހިގެން އައި ފަދައެވެ. ރޮމުން ރޮމުން އިބްން މަސްޢޫދުގެފަހަތުން ގޮސް އެކަލޭގެފާނުންގެ ހެދުންކޮޅުގައި އެލިގަތީމެވެ. އެވަގުތު އެކަލޭގެފާނުން އެނބުރި ވަޑައިގެން ތިމަން ކަލޭގެފާނުންގެ ގައިކޮޅުގައި ބައްދައިގަނެ ކީރިތި ކުރެއްވެވި އެވެ. އަދި ވިދާޅުވި އެވެ. “ﷲ އެމީހެއްދެކި ލޯބިވީ އަޚާއަށް މަރުޙަބާއެވެ. އިށީންނާށެވެ” ދެން ވަޑައިގެން ކަދުރު ކޮޅެއް ތިމަން ކަލޭގެފާނުން ނަށް ދެއްވެވި އެވެ.” އެއަށްފަހު ޒަދާން ވަރަށް ދީންވެރި ވެ ވަޑައިގަތެވެ. ޒަހަބީ އިމާމް ވިދާޅުވާ ގޮތުން ޒަދާން ނަމާދު ކުރައްވަން ހުންނަވާއިރު ހީވާނީ ހިލަ ތަނބެއް ނުވަތަ ބިޔަ ގަހެއް ފަދަ އަކުން ނެވެ. އެހާވެސް ހުއްޓި (އިތުރު ހަރަކާތެއް ގުޑިލުމެއް ނެތި) ހުންނަވާ ބެއިކަލެކެވެ.
http://fashuvi.epizy.com/2018/11/18/%de%92%de%a6%de%8b%de%a7%de%82%de%b0%de%8e%de%ac-%de%8c%de%a6%de%87%de%aa%de%84%de%a7/

ޒަހަބީ އިމާމް ވިދާޅުވަނީ ޒަދާން އަކީ އެބެއިކަލެއްގެ ފަރާތްޕުޅުން ވަރަށް ގިނަ ޙަދީޘް ތަކެއް ރިވާވެގެން ވާ އިތުބާރު ހިފޭ ބެއިކަލެއް ކަމަށެވެ. އެކަލޭގެފާނުން ޢުމަ....

ސުރުޚީގައިއެވަނީ އިޒްރޭލްގެޖަލެއްގައިވާ ފަލަސްޠީނުގެ ޒުވާނަކު އޭނާގެ ބައްޕައަށް ދެއްވި ޖަވާބެކެވެ. ކަންހިނގާދިޔަގޮތް ބައ...
18/11/2018

ސުރުޚީގައިއެވަނީ އިޒްރޭލްގެޖަލެއްގައިވާ ފަލަސްޠީނުގެ ޒުވާނަކު އޭނާގެ ބައްޕައަށް ދެއްވި ޖަވާބެކެވެ. ކަންހިނގާދިޔަގޮތް ބައާންވެގެންވަނީ މިފަދައިންނެވެ. ފަލަސްތީނުގެ ވިލެޖެއްގައި އުޅުނު މުސްކުޅި ބައްޕަޔަކު، އިޒްރޭލްގެ ޖަލުގައި ހައްޔަރުކޮށްފައިވާ އޭނާގެ ހަމައެކަނި ހުންނަ ފިރިހެން ދަރިފުޅަށް ކުރުނޯޓެއް ފޮނުވިއެވެ. އެނޯޓްގައި ބައްޕަގެ ބޭނުން ފުއްދުމަށް މަސައްކަތެއް ކުރެވޭތޯ ބަލަންބޭނުންކަމާއި މިގޮތުން ހުސްކޮށްއޮތް އަމިއްލަ ދަނޑުގައި އަލުއި އިންދުމަށް ބޭނުންވާ ވާހަކަ ބަޔާންކޮށް އެކަންކުރާނެ ގޮތަކާމެދު މަޝްވަރާއަކަށްއެދިފައިވެއެވެ. ބައްޕަގެ މުސްކުޅިކަމާއި ހަށިގަނޑުގެ ބަލިކަށިކަމުން އެދަނޑުގައި ފަސްގަޑުޖަހައި އަލުއި ހެއްދުމަށް ތައްޔާރު ނުކުރެވޭނެކަން ދަރިފުޅަން އެނގެއެވެ. މިހެންވެ ވިސްނާލުމަށްފަހު ކުރު ޖަވާބެއް ބައްޕައަށް ފޮނުވިއެވެ. “ﷲ ބައްޕަ ރައްކާތެރިކުރައްވާ ދަމަހަށްޓަވާށިވެ! އޭބައްޕާއޭ އެބިމުގައި ފަސްގަނޑު ނުޖަހާށެވެ! އަހަރެން އެތާނގައި ހަތިޔާރު ވަޅުލާފައިވާނެވެ.”މިސިޓީ ލިބުނު ދުވަހުގެ ހަވީރު ނުވަނީސް އިޒްރޭލް ސިފައިންގެ ބަޔަކު އައިސް އެދަނޑު ކަށަވަރުކޮށްފައި ހަތިޔާރު ހޯދުމަށްޓަކައި ދަނޑުގައި އެއްކޮށް ފަސްގަޑުޖަހާފައި ހަތިޔާރު ނުފެނުމުން ހިނގަންޖެވެ. ދެން ސިޓީ ލިބުނު ވާހަކައާއި އަދި އެއަށްފަހު ކަންހިނގިގޮތް ދަރިފުޅަން އެންގުމުން ދަރިފުޅުގެ ޖަވާބުއައީ ” ލޮބުވެތި ބައްޕާއެވެ. މިހާރު ބައްޕައަށް އަލުއި އިންދިދާނެވެ.” ދަރިފުޅުގެ ހުޝިޔާެރުކަމާއި ތޫނުފިލިކަމުގެ ސަބަބުން ބައްޕައަށް ޖެހުނު ދަތިކަން ޖަލުގައި އޮވެގެން އަދި ދުޝްމިނުން ލައްވާ ކޮށްލީއެވެ. ތޫނުފިލިކަމަކީ އަދި އުފެއްދުންތެރި ވިސްނުމަކީ ދިރިއުޅުމުގައި ވަރަށްގިނަ ފަސޭތައް ލިއްބައިދޭނެ މުހިންމު ސިފައަކަށްވެގެންދެއެވެ. ތޫނުފިލިކަމާއި އުފެއްދުންތެރި ވިސްނުމުގެ ސަބަބުން މުޖްތަމަޢުގައި އުފެދޭ އަރައިރުން މައިތިރިކޮށްލެވިދެއެވެ. ހަމައެހެންމެ ޝަރަފުވެރިކަމާއި މަތިވެރި މަޤާމު ތިމާއަށް ލިބި ތިމާގެ ނަންފަވާލެވިދެއެވެ. ކީރިތި ރަސޫލާގެ ސީރަތުގައި އެކަލޭގެފާނާބެހޭގޮތުން އަންނަ ވާހަކައެކެވެ. އިބްރާހީމް ޢަލައިއްސަލާމް ގެފުޅު ބިނާކުރެއްވި ބިންގަލުގެ މައްޗަށް ގުރައިޝުވަންހައިގެ މީހުން އަލުންއެތަން ބިނާކުރަންޖެހި އެމީހުންގެ އަތުގައި ހުރި ޙަލާލުފައިސާއިން ކުރެވެން ހުރިވަރަށް ގެފުޅުގެ ޢިމާރާތް ފުރިހަމަކޮށްފިއެވެ. ދެންއޮތީ ޙަޖަރުލް އަސްވަދުބެހެއްޓުމެވެ. ހިނދު އެކަމުގެ ޝަރަފު ހޯދަން މައްކާގެ ކޮންމެ ޤަބީލާއެއްގެ ރައީސަކުބޭނުންވިއެވެ. ނަމަވެސް އޮތީ އެންމެ ހިލައެކެވެ. ދިހަވަރަކަށް ޤަބީލާގެ ދިހަ ރައީސުންނަށް މިކަމުގެ ޝަރަފްދޭނޭ ގޮތަކާއި މެދު އަރައިރުންބޮޑުވެ 3 ދުވަސް ނުވަތަ 4 ދުވަސް މިކަމުގައި ފާއިތުވެދިޔައެވެ. އެންމެ ފަހުން ޤަބީލާތަކުގެ މެދުގައި ލޭއޮހުރުވަނިވި ހަނގުރާމައެއް ފެށުމަށް ކައިރިވެފައިވަނިކޮށް އެމީހުންގެ ތެރޭގައިހުރި އެންމެ ދުވަސްވީ މީހާ އަބޫއުމައްޔާބުން އަލްމުޣީރާ ގޮތެއްހުށަހެޅިއެވެ. އޭނާ ބުންޏެވެ. މި މައްސަލައިގައި ދެން ގޮތްކަނޑައަޅާނީ އެންމެ ފުރަތަމަ މިސްކިތުގެ ދޮރުންވަދެގެން އެބައިމީހުންގެގާތަށް އަންނަމީހެކެވެ. އެންމެންވެސް އެފަރާތުގެ ނިންމުމަށް ރުހޭންވާނެވެ. މި ހުށަހެޅުމާ ހުރިހާ ޤަބީލާތައްވެސް ފިކުރާވެއްޖެވެ. ﷲގެ ރަޙުމަތުން އެތަނަށް އެންމެ ފުރަތަމަ ވަޑައިގަނެވުނީ މުޙައްމަދުބްނުޢަބްދިﷲއަށެވެ. އެކަލޭގެފާނު ފެނުމާއެކު މީސްތަކުން ގޮވާލިއެވެ. މިއީ މުޙަންމަދުގެފާނެ އަމާންނެތެރިޔާއެވެ. އަހަރެމެން ރުހިއްޖައީމެވެ. ރުހިއްޖައީމެވެ. މައްސަލައެކަލޭގެފާނަށް އެނގި ވަޑައިގެންނެވުމުން ކަންކުރެއްވި ޙިކްމަތްތެރިގޮތް ދަންނައެވެ. އިތުރުއެކަލޭގެފާނުގެ ފޮށާކޮޅު ނައްގަބިމުގައި ފަތުރައިލައްވައި އެކަލޭގެފާނުގެ އަތްޕުން ޙަޖަރުލްއަސްވަދު ނަންގަވައި ފޮށާމަތީ ބޭއްވެވިއެވެ. އެއަށްފަހު ޤަބީލާތަކުގެ ވެރީން އެފޮށާގައި ހިފައިގެން ގެންދިޔުމަށް އެންގެވިއެވެ. ޙަޖަރުލް އަސްވަދު ބަހަށްޓަންވީ ތަނާ ހަމަވުމުން އިތުރުއެކަލޭގެފާނުގެ އަތްޕުން އެ ހިލަކޮޅުނަންގަވައި އެ ހުންނަންވި ތަނުގައި ބެހެއްޓެވިއެވެ. ޤަބީލާތަކުގެ އަރައިރުން ނިމުނީއެވެ. ޙަޖަރުލް އަސްވަދު ބެހެއްޓުމުގެ ޝަރަފް މުޙައްމަދުގެފާނަށް ލިބުނީއެވެ. މިއަދު އިސްލާމީ ދައުލަތްތަކުގައި ޢާއްމުވެފައިވާ މަންޒަރަކީ ހިތާމަކުރުން ޙައްޤު މަންޒަރެކެވެ. އެއީ ރަށްވެހިކަމާއި ޙަޟާރަތާއި ގުޅިފައިވާ ކަންކަމުގައި ވިސްނުން ދޫކޮށްލައި އެހެން މީހުންގެނެސްގެން ކަންކުރަން އުޅުމެވެ. އެހެންގޮތަކަށް ބުނާނަމަ މުޖްތަމަޢުގައި ހުރި އިސްލާޙުކުރަންޖެހޭ ކަންތައް، މައްސަލަތައް ޙައްލުކުރުމަށްޓަކައި އެކަމަށް ތިމާމެން ވިސްނުމުގެ ބަދަލުގައި ބޭރުން ކޮންސަލްޓެންޓުން ގެނައުމެވެ. ދާޚިލީ މައްސަލަތައް އުފެދުނު ގޮތާއި އެކަމަށް ފަހިވި ސަބަބުތައް އެނގޭނީ އެތަނެއްގެ މީހުންނަށެވެ. އަވަށުގެ މީދާ އަވަށަށް ގަދަވާންޖެހޭނެވެ. ޙަޤީޤަތަކީމިއެވެ. އެބައެއްގެ މުޖްތމަޢުގައި ހުރި ބަލިފައިތަކާއި އޭގެ ސަބަބުތަކަކީ ކޮބައިކަމާއެއްމެބޮޑަށް އެނގޭނީ ހަމަ އެތަނެއްގެ އަހުލުވެރިންނަށެވެ. ވީމާ މައްސަލަ ޙައްލުކުރަން ފަސޭހަވާނީ ހަމައެތަނެއްގެ މީހުން އެއްވެ ވިސްނައިގެން އެކަމެއް އުފެދުމަށް މެދުވެރިވި ސަބަބުތައް ނައްތާލައިގެންނެވެ. ކިތަންމެމޮޅަށް މަސްވެރިކަން ކިޔަވައިފައިވާ ޖަޕާނުގެ މައްސަވެރި ޢާލިމަކު، ދޮށީގެ މަސްވެރިކަން ތަރައްޤީކުރަން ރާއްޖެގެނައިކަމުގައިވިޔަސް ދިވެހިންނަށް ވާނެފައިދާއެއް ނޯންނާނެވެ. އޭގެބަދަލުގައި އެމީހަކަށް ރާއްޖޭގެ މަސްކަނޑުތަކާއި އެންމެ ބޮޑަށް ދިވެހިން ނޫޅޭ ޙިސާބާދަނޑިވަޅު ދަސްވެ ދިވެހި ކަނޑުގެ ފައިދާ ލިބިގަނެވިދާނެ މޮޅުވިސްނުމާއިގެން އެނބުރި ޤައުމަށް އޭނާ ދާނީ އެޤައުމުގެ އަޅެއްގެ ގޮތުގައެވެ. ދެންކަންތައްވާނީ މިހާރު ދިވެހި ކަނޑުތަކުގައި ބޭރުމީހުން ކަންކުރާގޮތީ އަޑުތަށް އިވެމުންދާގޮތަށެވެ. މީހުންކުޅޭ ކުޅިވަރެކެވެ. ދިހަވަރަކަށް މީހުން އެކަކު އަނެކެއްގެ އަތުގައި ހިފައި ކޮންމެ މީހަކުވެސް އަނެކާގެ ދެއަތުގައި ހިފައި ގަތާލެވިފައިވާ ޗޭނޭހެއް ވަރަށްބޮޑަށް އޮޅުން ބޮޅުން ހުންނަގޮތަށް ހުރިހާ މީހުންގެ އަތްތައް ގުޅުވާލުމަށްފަހު ބޭރުން އެއްވެސް މީހަކު ޗޭނުން ވަކިނުވެ އެ އޮޅުން ފިލުވައި މައްސަލަޙައްލުކުރަން ބޭރުންމީހަކު ގެނައެވެ. އޭނާ އެކަމުގައި އުޅެ ވަރުބަލިވީއިރުވެސް އެކަމުގެ ޙައްލެއްނައެވެ. ވަގުތާއި އޭނާއަށް ދިޔަޚަރަދު ބޭކާރު އެއްޗަކަށް ވިއެވެ. ދެން އެ މައްސަލައިގެ އަސްލުމީހުން ޙައްލުކުރަން އުޅުމުން ކުޑަވަގުތު ކޮޅެއްގެ ތެރޭގައި ޙައްލުވެގެންދިޔައެވެ. އެންމެންގެ އަތްތައް ގުޅިފައިހުރމާއެކު އޮޅުންތައްފިލައި މައްސަލަ ޙައްލުވެގެންދިޔައެވެ. ވީއިރު އަމިއްލަ ކަންތައް ޙައްލުކުރުމަށް ބޭރުން މީހުންގެނައުމުގެ ބަދަލުގައި އެންމެން އެކަތިގަނޑަކަށްވެ އެއްބައެއްގެ ގޮތުގައި މުޖްތަމަޢުގެ މައްސަލަތަކާމެދު ވިސްނާފިކުރުކޮށް ޙައްލުކުރަން ފުރަތަމަ އުޅުން މިއީ ވިސްނާލަންޖެހޭކަމެއް ނޫންބާވައެވެ؟
http://fashuvi.epizy.com/2018/11/18/%de%8d%de%ae%de%84%de%aa%de%88%de%ac%de%8c%de%a8-%de%84%de%a6%de%87%de%b0%de%95%de%a7%de%87%de%ac%de%88%de%ac-%de%89%de%a8%de%80%de%a7%de%83%de%aa-%de%84%de%a6%de%87%de%b0%de%95%de%a6%de%87/

ސުރުޚީގައިއެވަނީ އިޒްރޭލްގެޖަލެއްގައިވާ ފަލަސްޠީނުގެ ޒުވާނަކު އޭނާގެ ބައްޕައަށް ދެއްވި ޖަވާބެކެވެ. ކަންހިނގާދިޔަގޮތް ބައާންވެގެންވަނީ މިފަދައިންނެވެ. ފަލަސް....

އައިޝަތު ހާމިދު މިވަގުތު ވަޒީފާ އަދާކުރައްވަމުން ގެންދަވަނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ އެކްޓިންގ ނާސިރންގ ޑައިރެ...
17/11/2018

އައިޝަތު ހާމިދު މިވަގުތު ވަޒީފާ އަދާކުރައްވަމުން ގެންދަވަނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ އެކްޓިންގ ނާސިރންގ ޑައިރެކްޓަރެއްގެ ގޮތުގައި އެވެ. އަހަރެމެންގެ ގުނަވަންތަކުގެ ފުރިހަމަ ކަމާއެވެ. ކީރިތި ޤުރުއާނުގެ 82 ވަނަ ސޫރަތުގެ 7 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައި ވެއެވެ. “އެކަލާނގެއީ ތިބާ ހައްދަވައި އަދި ތިބާގެ ގުނަވަންތައް ފުރިހަމަ ކުރައްވައި އިސްކޮޅާއި ރޫފަ ގުޅޭ ގޮތަށް ތިބާލެއްވި ރަސްކަލާނގެ އެވެ”. މި ފުރިހަމަ ގުނަވަންތަކުގެ ތެރެއިން، މި ލިޔުމުގައި ބަލާލާނީ އަޖާއިބުން ފުރިގެންވާ ކިޑްނީ އަށެވެ. މިގޮތުން ކިޑްނީގެ ތަޢާރަފެއް ކިޔުންތެރިންނަށް ދެވޭތޯ ބަލާލާނަމެވެ. އޭގެ ފަހުން ކިޑްނީގެ މައިގަނޑު މަސައްކަތާއި، މަސައްކަތް ކުރަނީ ކިހިނެއްކަމާއި އަދި ކިޑްނީގައި އުފައްދާ މުހިއްމު ހޯމޯން ތަކަށް އަލިއަޅުވާލެވޭތޯ ބަލާ ނަމެވެ. ތަޢާރަފް: ކިޑްނީގެ ސިފަ ބައްޓަން ކުރެވިފައިވަނީ ތޮޅިއޮށަކާއި އެއްގޮތަށެވެ. އޭގެ ބޮޑުމިނަކީ އިންސާނެއްގެ އަތް މުށްކަވާލީމާ ހުންނަ ބޮޑުމިނެވެ. ކިޑްނީ ލެއްވިފައިވަނީ މައިބަދައިގެ ކަށިތަކުގެ ތިރީގައި ކަނާއަތް ފަރާތުގަޔާއި ވާއަތް ފަރާތުގައި އަހަރެމެންގެ ބުރަކަށިވާ ފަރާތުގައެވެ. ޢާއްމުކޮށް އަހަރެމެން އެންމެންނަކީ ވެސް 2 ކިޑްނީ ލިބުމުގެ ހެޔޮ ނަސީބު ލިބިފައިވާ މީހުންނެވެ. އެހެން ކަމުގައި ވިޔަސް މަދު ޙާލަތްތަކުގައި އުފަންވާއިރު 1 ކިޑްނީ ހުންނަ މީހުން ތިބެއެވެ. އަދި މީގެ އިތުރުން ކިޑްނީއެއް ނަގަންޖެހޭ ޙާލަތެއް މެދުވެރިވި ނަމަވެސް އެންމެ ކިޑްނީ އަކާއެކު ދިރި އުޅެން ޖެހިދާނެއެވެ. ހަމަ އެހެންމެ، އާއިލާ މެމްބަރަކަށް ނުވަތަ ރައްޓެއްސަކަށް ވެސް 2 ކިޑްނީއިން ކިޑްނީއެއް ހަދިޔާ ކުރަން ޖެހިދާނެއެވެ. މިޙާލަތްތަކުގައި، މިއެންމެން ވެސް އެ މީހުންގެ ޙަޔާތް ވޭތު ކުރާނީ އެންމެ ކިޑްނީ އަކާއި އެކީގައެވެ. މިއީ ދުޅަހެޔޮ ކިޑްނީއެއްނަމަ 1 ކިޑްނީއާއެކު މުޅި ހަޔާތުގެ ހުރިހާ ދުވަސްތަކުގައި ރަގަޅު ސިއްޙަތެއްގައި ދިރި އުޅެވިދާނެ އެވެ. ތަސައްވަރުކޮށްލަމާ! އަހަރެމެން ބޯން ބޭނުންކުރާ ފެން، ސާފުކުރާ ފެން ޕްލާންޓަކީ އެފެނުގައި އެކުލެވޭ ބޭކާރު ތަކެއްޗާއި ވިހަ މާއްދާތައް ވަކިކޮށް އެފެން ސާފުކޮށްދޭ މެޝިނެވެ. މި މެޝިން ނުވަތަ ފެން ޕްލާންޓުން، ފެން ސާފު ނުކުރެވޭނަމަ، ދެންވާނެ ގޮތް ތަސައްވަރުކުރެވޭ ހެއްޔެވެ؟ ހަމަ ޔަގީނުންވެސް އެފެން ޕްލާންޓުން އުފައްދާ، ފެން ބޯ މީހުން ވަރަށް އަވަހަށް ބަލިވާނެ އެވެ. އަހަރުމެންގެ ހަށިގަނޑުގައި ވެސް ވަރަށް ގިނައިން ފެން ހިމެނިފައި ވެއެވެ. އެހެނިހެން ފެނާއި އެއްފަދައިން ހަށިގަނޑުގައިވާ ފެންވެސް ސާފުކޮށް ބޭނުން ނުހިފޭ ބައިތައް ހަށިގަނޑުން ބޭރުކުރަން ޖެހެއެވެ. ﷲ ގެ ހެޔޮރަޙްމަތްފުޅުން މިމަސައްކަތް ކުރުމަށް ހަށިގަނޑުގައި ލައްވަވާފައިވަނީ އަހަރެނެންގެ އަޖާއިބުން ފުރިގެންވާ ކިޑްނީ ނުވަތަ ގުރުދާ އެވެ. އަހަރުމެން ބޭނުންކުރާ ކާނާޔާއި ދިޔާ ތަކެތިން ހަށިގަނޑަށް ބޭނުންވާ ހަކަތައާއި، ރައްކާތެރިކަމަށްޓަކައި ބޭނުންވާ މިންވަރު ފިޔަވައި އިތުރުވާތަކެއްޗަކީ ހަށިގަނޑަށް ބޭނުން ނުވާ ތަކެއްޗެވެ. މިތަކެތި ހަށިގަނޑުގައި ދައުރުވާ ލެޔާއެކުވެއެވެ. މިގޮތުން ލެޔާއި އެކުވާ ބައިތައް ހަށިގަނޑުން ބޭރުނުވާނަމަ، ފެން ސާފު ނުކުރެވޭ ފެން ޕްލާންޓުން ފެންބޯ މީހުން ބަލިވާ ފަދައިން، އަހަރުމެން ވެސް ބަލިވާނެއެވެ. އަދި ހަށިގަޑުގައި ލޭސާފު ނުކުރެވޭ ނަމަ އަހަރުމެންގެ ދިރިހުރުމުގެ ވިންދު ހުއްޓިދާނެ އެވެ. އެހެންކަމުން، މިމުހިންމު ގުނަވަން އަހަރެމެންގެ ދިރިހުރުމަށްޓަކާ ކުރަމުންދާ މަސައްކަތްތައް ދެނެގަނެވޭތޯ ބަލަމާ ހިނގާށެވެ. މައިގަނޑު މަސައްކަތްތަކަކީ ކޮބާ؟ މިއަދަކީ ހޫނުގަދަ ދުވަހެއް ކަމަށް ބަލަމާ ހިގާށެވެ. މިއަދުގެ ހޫނުގަދަ ކަމާއިއެކު އަހަރުމެން ފެންތައްޓަކަށް ފަހު ފެން ތައްޓެއް ބޮމުން ގޮސް ގިނަ ޢަދަދަކަށް ފެން ބޮއިފީމެވެ. އެއީ ހޫނުގަދަ ކަމާއިއެކު ކަރުހިއްކުން އިތުރުވާތީ އެވެ. މި އިހުސާސް ގެނެސްދީ، ފެން ނުވަތަ ދިޔާ ތަކެތި ގިނައިން ބުއިމަށް އަހަރެމެން އެދުންވެރި ކުރުވީ ކިޑްނީގެ ހުނަރުވެރި ކަމެވެ. ހަމަ މިގޮތަށް ފިނިގަދަ ދުވަސްތަކުގައި ދިޔާތަކެތި މަދުން ބޯން ބޭނުން ވަނީވެސް، މި ގުނަވަން ހަށިގަޑުގެ ފިނި ހޫނުމިން އެއްމިންގަޑެއްގައި ބެހެއްޓުމަށް ފާރަވެރިވެފައިވާ މިންވަރުން ނެވެ. ހަށިގަނޑު ތެރޭގައި ދަމަހައްޓަންޖެހޭ ފިނި ހޫނުމިނާއި، އަދި ހަށިގަޑަށް ބޭނުންވާ މިންވަރުގައި ލޮނާއި، ފެނާއި އެހެނިހެން މާއްދާތައް އެއް މިންގަޑެއްގައި ހިފެހެއްޓުމަކީ މިކުޑަ ކިޑްނީގެ މަސްއޫލިއްޔަތުގެ ތެރެއިން ހިމެނިގެންވާ ކަމެކެވެ. އަދިހަމަ އެހެންމެ، ހަށިގަޑުން އުނިކުރަންޖެހޭ ތަކެތި ދެނެގަނެ، އެތަކެތި ހަށިގަޑުން ބޭރުކޮށްލުމަކީ ވެސް މި ގުނަވަނުގެ ހުޝިޔާރު ކަމުގެ ތެރެއިން ހިމެނޭ ކަމެކެވެ. މީގެ އިތުރުން ވިޓަމިންސްއާއި، މިނެރަލްސް އަދި ބައެއް ހޯމޯންސް ހަށިގަޑަށް ބޭނުންވަނީ ކޮން ވަގުތުތަކެއްގައި ކަން ދެނެގަނެ، އެވަގުތު ތަކުގައި ލޭގެތެރެއަށް އެތަކެތި ފޮނުވައިލުމަކީ ވެސް ކިޑްނީގެ ޒިންމާގެ ތެރެއިން ހިމެނޭ ކަމެކެވެ. އެހެންކަމުން ކިޑްނީގައި މިމަސައްކަތް ކުރެވޭ ގޮތް ދެނެގަންނަމާ ހިނގާށެވެ.
http://fashuvi.epizy.com/2018/11/17/%de%87%de%a6%de%96%de%a7%de%87%de%a8%de%84%de%aa%de%82%de%b0-%de%8a%de%aa%de%83%de%a8%de%8e%de%ac%de%82%de%b0%de%88%de%a7-%de%86%de%a8%de%91%de%b0%de%82%de%a9-%de%8a%de%aa%de%83%de%a6%de%8c%de%a6-2/

އައިޝަތު ހާމިދު މިވަގުތު ވަޒީފާ އަދާކުރައްވަމުން ގެންދަވަނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ އެކްޓިންގ ނާސިރންގ ޑައިރެކްޓަރެއްގެ ގޮތުގައި އެވެ. އަހަރެމެންގ....

Address


Website

Alerts

Be the first to know and let us send you an email when Fashuvi posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Address
  • Alerts
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share