Mives Baeh

Mives Baeh Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Mives Baeh, Media/News Company, .

05/03/2022

ތިބާ ހާލުގައި ޖެހުނު ދުވަހު ތިބާ އެކު އަހަރެން ވީމު އެވެ.އަހަރެން ހާލުގައި ޖެހުނު ވަގުތު ތިބާ އަހަރެން އެކަނިކޮއްލީ ކީއްވެހެއްޔެވެ؟

28/02/2022

ހުރިހާކުދިން ހާލު ކިހިނެއްތަ؟

Those who can , please help ☺
23/02/2022

Those who can , please help ☺

ތަދާ ވޭނުގާ މިހެން ރޯލުމުން އޮހޭ ކަރުނަމީ މަރުގެ އިހްސާސްހޭ.؟ 💔

އިރަމްގެ ވާހަކަތަކުން ހިތް ފުނޑު ފުނޑުވީ ކަހަލައެވެ. ދުނިޔޭގައި ހުރުމުގެ ވަގުތު ކުޑަތަން ވެއްޖެކަން އެނގުމުން ހިތަށް ކެތްވާނެ ހެއްޔެވެ.؟ އަޑުއަހާށެވެ.! ދުނިޔެއަށް އުފަންވީއްސުރެ އުނދަގޫތައް ތަހަންމަލް ކުރަމުން އަންނަ އިރަމްގެ މިއަދު އެހުރި ހާލަތައް އަންނާނެކަން އެއްވެސް މީހެއްގެ ހިޔާލަށްވެސް ނުގެނެވެއެވެ. އެންމެ ކުޑައިރު ހިނގައި ގަންނަން އުނދަގޫވުން، ހަލަނިކޮށް އުޅެން ބޭނުންނުވުން އެއީ އިރަމްގެ ހަޔާތުގެ ވޭނީ ސަފްހާއަކަށް ވެގެންދާނެ ކަމެއްކަމަކަށް އެކަކުވެސް އުންމީދެއް ނުކުރެއެވެ. ނަމަވެސް އިރަމްގެ ވޭނީ ހަޔާތް އުމުރުން އެންމެ 15 އަހަރުގައި ފެށިގެން ދިޔައީ ކެއްސާލުމާއިއެކު އަނގައިން ލޭ އަންނަން ފެށި ހިސާބުންނެވެ.

ހިފެހެއްޓުމެއް ނެތި ލޮލުން ފައިބަމުން ދިޔަ ކަރުނައިން ވޭނީ އެތައް ވާހަކައެއް ބުނެދިނެވެ. ކޮންމެ ނޭވާއެއްވެސް ދަތި އުނދަގުލާއިއެކު އިރަމް ލަމުން އެ އަންނަނީ ދިރިއުޅުމަށް ދެކެމުން އަންނަ ހުވަފެންތަކުގައި ކުލަޖެއްސުމަށްށެވެ. ތެދެކެވެ. އިރަމްގެ ހަޔާތުގެ އިތުރު ދުވަސްތަށް ގުނުމުގެ އުންމީދު މިހާރު ލިބެން އޮތީ ހިތާއި ފުއްޕާމޭގެ ޓްރާންސްޕްލާންޓް ކުރެވުމުންނެވެ. އިންސާނާގެ އެންމެ ނާޒުކު 2 ގުނަވަން މިޖެހެނީ ބަދަލު ކުރާށެވެ. ބޮޑު ހަނގުރާމައެކެވެ.އިރަމްގެ މިއަދު ބޭނުންވަނީ ތިޔަ އެންމެހާ ބޭފުޅުންގެ ތީލަތި އެހީތެރިކަމެކެވެ. މާލީ އެހީތެރިކަމެއް ދެވެން ނެތްނަމަ ހެޔޮ ދުޢާއަކީވެސް މިއަދު އިރަމް އަށްދެވޭ ވަރަށް ބޮޑު އެހީއެކެވެ.

މެޝިނެއްގެ އެހީގައި ނޭވާލަމުން، މިހާލަތުގައިވެސް އިރަމްގެ އުންމީދަށް ކުޑަވެސް ފަނޑުކަމެއް ނާދެއެވެ. ދެކެމުން އަންނަ ހުވަފެންތައް ބިލާހަކަށް ވެދާނެކަމަކަށް އިރަމް ޤަބޫލެއް ނުކުރެއެވެ. އަދިވެސް އިރަމްގެ ހުރީ ހިތާއި ފުއްޕާމޭގެ ޓްރާންސްޕްލާންޓް ހަދައި އެހެން މީހުންނެކޭ އެއްފަދައިން އެންމެ ދުވަހެއް ނަމަވެސް އުޅެލުމުގެ އުންމީދުގައެވެ. އެކަމަށް ފެންބޮވައި ގަނެފައެވެ. އެ ސާބިތުކަމަކީ ފުރިހަމަ މިސާލެކެވެ. އިރަމްގެ ވާހަކަތަކުން ހިތަކަށް އަސަރެއް ނުކުރޭ ހެއްޔެވެ.؟ އެ ހަށިގަނޑުގައި އަޅާވޭން އިހްސާސްކުރެވުނު ފަދައެވެ. އެހާވެސް އަަސަރު ގަދައެވެ.

މިއަދުއިރަމްގެ ދިރިއުޅުމުގެ މަގު ކޮށައިދެމުން އަންނަނީ އޭނާގެ ހިތްވަރުގަދަ ފިރިމީހާއާއި އިރަމްގެ އާއިލާގެ ބޭފުޅުންނެވެ. އިރަމްގެ ބަލި ހާލަތު އެނގިހުރެ އިރަމްގެ ހަޔާތުގެ ދަތުރުގައި އޭނާގެ ފިރިމީހާ ޔާސިރު ބައިވެރިވީ އެވޭނީ ދިރިއުޅުން ބަދަލުކޮށް ދިނުމުގެ ފުރިހަމަ އުންމީދުގައެވެ. މިސްރާބެއް ނެތް ހަޔާތުގެ މާލިމީއަކަށްވެ ހުންގާނުގައި ޔާސިރު ހިފީ އަމާޒަށް ވާސިލްވުމަށް ގިރާކުރަން ޖެހުނު ކޮންމެ ކަނޑެއްވެސް ހުރަސް ކުރުމުގެ އުންމީދުގައެވެ. އެ މަސައްކަތުގައި ޔާސިރުގެ ފަރާތުން ކުޑަވެސް ވަރުބަލިކަމެއް ނުފެނެއެވެ. ލޯބިވާ އަނބީމީހާގެ ފުރާނައަށްޓަކައި ޔާސިރު ހުރީ ކޮންމެފަދަ ޤުރުބާނީއެއްވެސް ވާން ތައްޔާރަށްށެވެ.

އާނއެކެވެ. ޔާސިރުއަކީ ނަމޫނާ ފިރިއެކެވެ. ކުޅަދާނަ ހިތްވަރުގަދަ ފަރާތެކެވެ. އަނބިމީހާގެ ވޭނީ ހިތްދަތިކަމުގައި ހިއްސާވަމުން އަންނަ ފަހުލަވާނެކެވެ. ބޭނުންވަނީ އަނބިމީހާ އިރަމްގެ ބަލިން ސަލާމަތްވެ އެހެން މީހުނެކޭ އެއްފަދައިން ދިރިއުޅުމުގެ ބާކީ ދުވަސްތައް ގުނާތަން ދެކުމަށެވެ. ލޮލުން ހުއްޓުމެއް ނެތި ފައިބަމުން އަންނަ ވޭނީ އުދާސްތައް ފިލުވާ ދިނުމަށްށެވެ. ބަލި ހާލަތާއިމެދު އެއްވެސް ފަރުބާލެއްނެތި ޔާސިރު ހުރީ އަސްރާގެ އަތުގައި ހިފާ ދޫނުކުރަން ވަޢުދުވެފައެވެ. އިރަމްގެ އެ ވޭން އެކީގައި ތަހަންމަލް ކުރާނެކަމުގެ ފުރިހަމަ ޔަޤީންކަން ޔާސިރު އިރަމްއަށް ދެއެވެ. ތެދެކެވެ. ހެޔޮލަފާ ފިރިއެއް ލިބުމަށްވުރެ ބޮޑު ނިޢުމަތެއް މި ދުނިޔެއިން ވަކި ކޮބާ ހެއްޔެވެ.؟

” އަދި އެމީހެއްގެ އަޚާގެ ކިބައިން ދުނިޔެ މަތީގައި ދަތިކަމެއް ފިލުވައިދީފި މީހަކަށް، އެމީހަކަށް ޤިޔާމަތްދުވަހުން ޖެހޭ މުޞީބާތްތަކުގެ ތެރޭން މުޞީބާތެއް ﷲ ފިލުއްވައިދެއްވާހުއްޓެވެ. އަދި އުނދަގުލެއް ޖެހިފައިވާ މީހާއަށް ފަސޭހަކޮށްދީފިމީހަކަށް، ﷲ އެމީހަކަށް ދުނިޔެމަތީގަޔާއި އާޚިރަތުގައި ފަސޭހަކޮށްދެއްވާނެއެވެ. އަދި މުސްލިމެއްގެ (ޢައިބު ފޮރުވައިދީފިމީހާ)ގެ ޢައިބު، ދުނިޔެއާއި އާޚިރަތުގައި ﷲ އެމީހެއްގެ ޢައިބުފޮރުވައިދެއްވާ ހުއްޓެވެ. އަދި ހަމަކަށަވަރުން އެމީހެއްގެ އަޚާއަށް އެހީވުމުގެ މަތީގައި ހުންނަމީހާއަށް އެހީތެރިވޮޑިގަތުން މަތީގައި ﷲ ވޮޑިގެންވެއެވެ.” [رواه مسلم في صحيحه: 2699]

ޔާالله.! އަސްރާގެ ހަޔާތުގެ މި ވޭނީ ހިތްދަތި ދުވަސްތައް ފިއްލަވާ ފަސޭހަ ދިރިއުޅުމެއް އުޅުމުގެ މަގު އަސްރާއަށް މިންވަރު ކޮށްދެއްވާ، އަސްރާގެ ބައްޔަށް އަވަސް ޝިފާއެއް ދެއްވުމުގެ ހެޔޮ ތައުފީޤު މިންވަރު ކުރައްވާށި.! އާމީން.🤲

▪️
‎އެކައުންޓް ނަމްބަރ (ރުފިޔާ) : 7730000142133🔺
‎އެކައުންޓް ނަމްބަރ (ޑޮލަރު) : 7730000256391🔺

‎ގުޅޭނެ ނަމްބަރ: 7795796 ޔާސިރު އަޙުމަދު (އަސްރާގެ ފިރިމީހާ)

✍️ މުހައްމަދު މާހިދު
ލިޔުން ކަމުދިޔަނަމަ ޝެއަރކޮށްލަ ދެއްވާ.!

17/02/2022

Address


Website

Alerts

Be the first to know and let us send you an email when Mives Baeh posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Address
  • Alerts
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share