ބައެއް ރަށްތަކަށް ފުޅަނގި އީދެއް. ކުދިބޮޑު އެންމެން ގޮނޑުދޮށަށް އެއްވެ ފުޅަނގި ހޮވައިގެން ގެއަކަށް 1,000-5,000 ދޭތެރޭ ގެންދާ ކަމަށް ބ. ގޮއިދޫ ކައުންސިލުން ބުނޭ.
ތަފްސީލު ކިޔާލުމަށް: https://mihaaru.com/news/142257
“ފައިނު އެއާޕޯޓް އެޅުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނަން. މި އެއާޕޯޓަކީ މި ރަށުގެ ރައްޔިތުންގެ އުއްމީދެއް. އަދި މި ދާއިރާ އާއި އަތޮޅުގެ ހުރިހާ ރައްޔިތުންގެ އިގްތިސާދީ ކުރިއެރުމަށް މުހިއްމު ދައުރެއް އަދާކުރާނެ އެއާޕޯޓެއް.”
ތަފްސީލު ކިޔާލުމަށް: https://mihaaru.com/news/142126
ރައީސް ރ. އަތޮޅުގައި: މި އަތޮޅަށް އިއްޔެ ފެއްޓެވި ދަތުރުފުޅުގައި 11 ރަށަކަށް ރައީސް ވަޑައިގަންނަވާނެ. ރަށްތަކުގެ ރައްޔިތުންނާ ބައްދަލުކުރައްވައި މުޅި ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތައް މި އަހަރު ފައްޓަވާނެ ކަމުގެ ޔަގީންކަން ދެއްވައި އެ ރަށަކަށް ބޭނުންވާ ކަންކަން ކައުންސިލްތަކާ އެކު ކުރިއަށް ގެންދަވާނެ ކަމަށް ވިދާޅުވި.
ތަފްސީލު ކިޔާލުމަށް: https://mihaaru.com/news/142040
މާލޭގެ އެންމެ ކާރޫބާރުބޮޑު މާރުކޭޓް ސަރަހައްދުގެ ޕޭވްމަންޓް މަތީގައި ސާމާނު އަތުރައިގެން ވިޔަފާރިކުރަނީ: އަންނައުނާއި ބޫޓާއި ތެއްޔާއި ތައްޓާއި ގޮދަޑި އާއި ބާލީސް ފަދަ ގިނަ ސާމާނު އެތަނުގައި ވިއްކާ. ހެނދުން ފެށިގެން ރޭގަނޑާ ހަމައަށް އެ ވިޔަފާރި އެތަނުގައި ހިންގާ އިރު ބައެއް މީހުން ވިޔަފާރިކުރާ މަންޒަރު ވެސް ފެނޭ.
މިހާރު ވީޑިއޯ | މުހައްމަދު އައުސަފް
ހެެނދުނުގެ ސަޔަށް ތެޔޮ ހެދިކާ ކެއުން ބައެއް މީހުންގެ ބިޒީ ދިރިއުޅުމުގެ ޓްރެންޑަކަށް ވެފައި. އެކަމަކު މިއީ ސިއްހަތަށް ވަރަށް ގެއްލުން ހުރި ވިސްނާލަން ޖެހިފައި އޮތް އާދައެއް.
މިހާރު ވީޑިއޯ | މުހައްމަދު އައުސަފް
ތަފްސީލު: https://mihaaru.com/lifestyle/141519
ޕާކުކުރުމުގައި ހަމައެއްލަމައެއް ނެތް: ހުޅުމާލެ 2 ގައި ހިނގާ މީހުންނާއި ދުއްވާ އެއްޗިއްސަށް ވެސް ދަތިވާ ގޮތަށް ގަވާއިދާ ޚިލާފަށް ޕާކުކުރުމުގެ މައްސަލަ ވަނީ ބޮޑުވެފައި. ޕާކުކުރަން ކަނޑައަޅާފައިވާ ޒޯނުތަކަށް ނުބަލައި މަގުގެ ދެ ފަރާތުގައި ޕޭވްމަންޓާ އެކު ކާރާއި ޕިކަޕްތަކަށް އަމިއްލަ ޕާކިން ޒޯނުތަކެއް ވަނީ ހަދާފައި. ވެހިކަލްތައް މިގޮތަށް ތޮއްޖެއްސުމުން ހުޅުމާލެ 2 ސިފަވަނީ ޕާކިން ޒޯނެއްގެ ގޮތަށް.
މިހާރު ވީޑިއޯ | މުހައްމަދު އައުސަފް
ފްލެޓަށް ކުރިމަތިލީ 20,000 މީހުންގެ ލިސްޓްގެ ބަދަލުގައި ފްލެޓް ލބުނު ކަމަށް އިއުލާންކުރި 4,000 މީހުންގެ ލިސްޓް ވެރިފައިކުރަނީ. މިނިސްޓަރު ވިދާޅުވީ ރޯދައިގެ ކުރިން ލިސްޓް އާއްމުކުރަން މަސައްކަތް ކުރަމުން އަންނައިރު އުއްމީދަކީ ލިސްޓުގައި ހިމެނުނު ވީހާވެސް ގިނަ ބަޔަކަށް ފްލެޓް ލިބުން ކަމަށް.
ތަފްސީލު: https://mihaaru.com/news/141818
އެސްޓޯނިއާގެ ރައީސްގެ ދައުވަތަކަށް ރައީސް ޑރ. މުއިއްޒު އެ ގައުމަށް ކުރައްވާ ރަސްމީ ދަތުރުފުޅު: ދެ ރައީސުންގެ ބައްދަލުކުރެއްވުމުގައި އިހްތިރާމްކުރުމާއި އެއްބައިވަންތަކަމުގެ އަސާސްތަކުގެ މައްޗަށް ގުޅުން ބަދަހިކޮށް ދެ ގައުމު އެކުގައި މަސައްކަތް ކުރެވޭނެ ދާއިރާތަކާ ގުޅޭ ގޮތުން މަޝްވަރާތައް ކުރިއަށް ގެންދެވި. ޑިޖިޓަލް ޓްރާންސްފޯމޭޝަންގައި ބޮޑެތި ކާމިޔާބީތަކެއް ހޯދާފައިވާ އެސްޓޯނިއާ އަކީ އެ ދާއިރާ އިން ރާއްޖެ ކުރިއަރަން ނަމޫނާއެއް ކަން ރައީސް ފާހަގަކުރެއްވި.
ތަފްސީލު: https://mihaaru.com/news/141800
"އަޅުގަނޑު އުންމީދު ކުރަނީ ވީހާ ވެސް އަވަހަކަށް އެ 4،000 ފްލެޓްގެ ކަންތައް ނިންމައި ހަވާލު ކުރެވޭނެ ކަމަށް. ރޯދައިގެ ކުރިއަށް [ފްލެޓް ލިސްޓް] އިރާދަކުރެއްވިއްޔާ އިއުލާން ކުރުމަށް ހަމަ މި މަސައްކަތް ކުރަމުންދަނީ.”
ތަފްސީލް:https://mihaaru.com/news/141652
"ކެމްޕޭންގައި ރަށްރަށަށް އަޅުގަނޑު ވީ ހައުސިން މަޝްރޫއުތައް ކުރިއަށް ގެންދަން ޖެނުއަރީ މަސް ނިމުމުގެ ކުރިން ބިޑަށް ހުޅުވާލާނަން. ރާއްޖޭގެ ރައްޔިތުންނަށް ވީ ވައުދުތަކަކީ އަޅުގަނޑު ސަމާލުކަންދޭ, ފުއްދަން ވި ވައުދުތަކެއް. މި އަހަރުގެ ބަޖެޓުން މަޝްރޫއުތަކަށް އަމަލީ ސިފަ އަންނާނެ."
ތަފްސީލް:https://mihaaru.com/news/141561
“މިއީ ފެށުމެއް. ދެވަނަ ބޯޓު އަންނަ އޮކްޓޯބަރު މަހު އުދުހެން ފަށާނެ ކަމުގެ ޔަގީންކަން އރުވަން. މި އަހަރަކީ ތަރައްގީގެ އަހަރު، އަމަލީގޮތުން ރައްޔިތުންނަށް އެކަން ފެންނާނެ”
ތަފްސީލް: https://mihaaru.com/news/141537